ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ޖަލުގައި އަވަހާރަވެއްޖެއެވެ.

ރަޝިއާގެ ފެޑެރަލް ޕެނިޓެންޝަރީ ސާވިސް އިން ބުނީ، އެލެކްސީ ނަވަލްނީ އަވަހާރަވީ 19 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އާކްޓިކް ޖަލު ކޮލޮނީގައި ކަމަށެވެ.

ޕްރިޒަން ސާވިސް އިން ބުނެފައިވާގޮތުގައި ނަވަލްނީ ހިނގަން ނުކުމެ އުޅުއްވަނިކޮށް ހޭނެތުނީއެވެ. އަދި ޑޮކްޓަރުން އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރި ކަމަށްވެސް ބުނެފައި ވެއެވެ.

"ނަވަލްނީ ހިނގަން ނުކުމެ އުޅުއްވަނިކޮށް އުނދަގޫވީ، ގާތްގަނޑަކަށް ވަގުތުން ހޭނެތުނު. ވަގުތުން މެޑިކަލް ސްޓާފުން އައިސް އެމްބިއުލާންސް ޓީމަކަށް ގުޅައިފި،" އެ ބަޔާނުގައި ވެއެވެ.

ރަޝިއާގެ ތަހުގީގީ ކޮމެޓީން ބުނީ އޭނާގެ މަރުގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

ނަވަލްނީގެ ޕްރެސް ސެކްރެޓަރީ ކީރާ ޔަރްމީޝް ވިދާޅުވީ ނަވަލްނީ އަވަހާރަވި އޭނާގެ ޓީމަށް އަންގާފައި ނުވާ ކަމަށެވެ.

އޭނާގެ ތަރުޖަމާނާ ހަވާލާދީ ރަޝިއާގެ ނޫސް އެޖެންސީތަކުން ބުނީ ނަވަލްނީ އަވަހާރަވިކަން ރައީސް ވްލަޑިމިއާ ޕޫޓިންއަށް އަންގާފައިވާ ކަމަށެވެ.

ރަޝިއާގެ އެންމެ މަޝްހޫރު އިދިކޮޅު ލީޑަރު ނަވަލްނީ، 47އ، ވަނީ ލަޑިމިއާ ޕޫޓިންގެ ރަޝިއާގައި ހިންގަމުންދާ ކޮރަޕްޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމުން ގިނަ ބައެއްގެ ތަރުހީބު ހޯއްދަވާފައެވެ.

އޭނާގެ ޔޫޓިއުބް ޗެނަލްގައި ޕޯސްޓްކޮށްފައިވާ "އެކްސްޕޯސް" ވީޑިއޯތަކަށް އެތައް މިލިއަން ވިއުސްއެއް ލިބިފައި ވެއެވެ. މީގެ ސަބަބުން ރަޝިއާގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުތެެވެ.

2021 ވަނަ އަހަރުގެ ކުރީކޮޅު އޭނާ ޖަލަށް ލާފައިވަނީ، ނާވް އެޖެންޓެއް ބޭނުންކޮށްގެން ދިން ނުރައްކާތެރި ވިހަ ހަމަލާއަކުން ރަނގަޅުވަމުން ދަނިކޮށެވެ.

އޭނާ ހައްޔަރުކޮށް 19 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ހައްދުފަހަނަ އެޅި ހަރުކަށި އަމަލުތައް ހިންގި ކަމުގެ ކުށް ސާބިތު ވެެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕުޓީ ޓައްޕު

    ޔޫކްރޭން އަޑިގަ އޮވޭ ޖާސުސަކު ލައްވާކުރުވިކަމަކަށްވާނީ

    1
    2
  2. ފިރުޒް

    މިރާއްޖޭގެ ޙާލަތުވެސް ރައީސް މައުމޫންގެ ޒަމާނުގައި އޮތީ މިކަހަލަ ބިރުވެރި ގޮތަކަށް. ސަރުކާރުގެ ބޮޑެތި މަޤާމްތަކުގައި ތިއްބަވާ ބޭފުޅުން ހިންގަވާ ނުރަނގަޅު ޢަމަލަކާާާއި ބެހޭގޮތުން ވާހަކައެއް ދައްކައިފި މީހެއް ވިއްޔާ؛ އެއީ ނޫސްވެރިއެއްު ކަމަށްވިއަސް އަދި އެހެންމީހެއް ކަމަށްވިއަސް އެމީހަކު އޮންނަން ޖެހޭނީ ޖަލުގައެވެ.
    އަންނިގެ ހާދަބޮޑު ޤުރުބާނީއަކާއި މަސައްކަތަކުންނޭ މިއަދު މިދެކޭ ދުވަސް މާތްﷲގެ ވާގިފުޅާއެކު މިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިގެން ދިޔައީ.

    7
    14
    • ހެހެ

      މިހާރުވެސް ތިހެން އޮތީ ، ވިޔަފާރިވެރިން ، ޑީލަރުން ބޭނުން ނުވާ މީހަކަށް ވެރިކަމެއް ނުކުރެވޭ ، މަޖިލިސް ގޮނޑިތައްވެސް ހަމަ އެހެން އޮތީ ، ތައުލީމެއް ޚިލްމެއް ނުބަލާ ހޮވާއިރު ، ބަލަނީ ކަންކަން ފަސޭވާނެ މީހެއް

      6
      1
  3. އަވަށުމީހުން

    ދެން ޒެލެންސްކީ ވެސް އަމާންދީފާނެ ޕުޓިންއަކީ ނުބައި ގޮލައެއް ވެގްނާ ގޮލާވެސް ވަގަށް ދަތުރުކުރި ބޯޓްވެސް ވެއްޓުނީއޯ