00:04

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އެތެރޭގައި ހިންގަމުންދާ ކުރިމަތިލުންތަކުގައި އިތުރު ތިން ނިރުބަވެރި ސިފައިން މަރާލައިފި

23:52

އިސްރާއީލުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ބީރްޝޭބާ ކައިރީގައި އޮންނަ ހަޓްޒެރިމް ނަމަކަށް ކިޔާ ކިބްބުޓްޒްގައި ސައިރަންގެ އަޑު އިވިއްޖެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޣައްޒާއިން ދުރު ރާސްތާގެ ހަތަރު ރޮކެޓް ފޮނުވާލާފައިވާއިރު، އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ރޮކެޓްތަކުގެ ސަބަބުން ވަށާލާފައިވާ އެންކްލޭވްގެ ބޯޑަރުގައި އޮންނަ ބީރީ ކިބުޓްޒްގައި ވެސް ސައިރަންތަކުގެ އަޑު ގަދަވި ކަމަށް.

23:50

އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓް މިނިސްޓަރު ބެނީ ގަންޓްޒް ވޮޝިންޓަނާއި ލަންޑަނަށް ދިއުމަށް ނިންމައިފި.

23:49

ޣައްޒާ ސިޓީގެ މެދުތެރޭގެ ޒީތޫން ޑިސްޓްރިކްޓްގައި އިސްރާއީލުގެ ޓޭންކްތަކަށާއި ޑްރޯންއަކަށް ކާމިޔާބު އެތައް ހަމަލާތަކެއް ދީފައިވާ ކަމަށް ހަމާސް އިން ބުނެފި

ފަލަސްތީނުގެ ހަނގުރާމަވެރިން ވަނީ ޔާސީން-105 ރޮކެޓް ޕްރޮޕެލްޑް ގްރެނޭޑުން މެރްކާވާގެ ދެ ޓޭންކަށް ހަމަލާދީ، އެކްސްޕްލޯސިވް ބޭނުންކޮށްގެން އިތުރު ދެ ޓޭންކް ގޮއްވާލާފައިވާ ކަމަށް ބުނެފައި.

23:48

އިސްރާއީލުން ހަ ހަފުތާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން "އަސްލު ބަލައިގެންފައިވާ" ކަމަށް ކޮންފަރެންސް ކޯލެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމެރިކާގެ އޮފިޝަލް ވިދާޅުވެއްޖެ.

"ހަ ހަފުތާގެ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުން އެއްބަސްވި، މިހާރު އޮތީ ހަމާސް އަށް އެއްބަސްވުން،" އޮފިޝަލް ވިދާޅުވި.

އެއަށްފަހު "އިތުރު ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރުމަށް" "ދެވަނަ މަރުހަލާއެއް" އޮންނާނެ.

22:59

އިސްރާއީލުގައި ބަންދުކޮށްފައި ތިބި މީހުންގެ އާއިލާތައް ކަންބޮޑުވުން އިތުރުވެއްޖެ

22:06

22:00

އެމެރިކާގެ އެހީތައް
އެމެރިކާގެ އެހީތައް
އެމެރިކާގެ އެހީތައް
އެމެރިކާގެ އެހީތައް

21:55

މިދިޔަ ބުރާސްފަތި ދުވަހު ޣައްޒާގައި އެހީ ހޯދަން އެއްވި މީހުންނަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 118 އަށް އަރާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި.

އެ މިނިސްޓްރީން ބުނީ އަލްޝިފާ މެޑިކަލް ކޮމްޕްލެކްސްގައި ފަރުވާ ދެމުން ދަނިކޮށް އިތުރު ދެ މީހަކު ޝަހީދުވައިވާ ކަމަށް.

21:54

"އެމެރިކާގެ ސެންޓްރަލް ކޮމާންޑާއި ރޯޔަލް ޖޯޑަންގެ އެއާފޯސް ގުޅިގެން 2 މާޗް 2024 ގައި ޣައްޒާއަށް އިންސާނީ އެހީގެ ވައިގެ މަގުން ކާބޯތަކެތި ފޯރުކޮށްދީފައި ވަނީ ޣައްޒާ ގަޑިން މެންދުރު ފަހު 3:00 އިން ހަވީރު 5:00 އާ ދެމެދު، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާންމުންނަށް ޒަރޫރީ ލުޔެއް ހޯދައިދިނުމުގެ ގޮތުން،". އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވޭ.

މި އޮޕަރޭޝަންގައި އެމެރިކާގެ ވައިގެ ސިފައިންނާއި އާރްޖޭއޭއެފްގެ ސީ-130 މަރުކާގެ މަތިންދާ ބޯޓުތަކާއި، އޭރިއަލް ޑެލިވަރީގެ ދާއިރާގައި ހަރަކާތްތެރިވާ އަސްކަރިއްޔާގެ ސިފައިންގެ ބަންޑަލްތައް ހަދައި، ކާބޯތަކެތީގެ އެހީ ރައްކާތެރިކަމާއެކު ފޯރުކޮށްދިފައިވޭ،

އެމެރިކާގެ ސީ-130 މަރުކާގެ މަތިންދާ ބޯޓުތަކުން ޣައްޒާގެ އައްސޭރިފަށުން 38،000 އަށް ވުރެ ގިނަ ކެއުން ތިރިކޮށްފައިވާއިރު، މި މުހިންމު އެހީއަށް އާންމުންނަށް ވަނުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައި.

21:05

އިސްރާއީލާއި ނުސީދާ މަޝްވަރާތަކަށް އެގައުމު އޮތީ ތައްޔާރަށް ކަމަށާއި، އެއީ މިހާރު ހިނގަމުންދާ ބަޑީގެ ހަމަލާތައް ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވިޔަ ނުދިނުމަށް ކަމަށް ލުބުނާނުގެ ޚާރިޖީ ވަޒީރު އަބުދުالله ބޫ ހަބީބު ވިދާޅުވެއްޖެ

21:02

އެމެރިކާގެ އަސްކަރިއްޔާއިން ފުރަތަމަ ފަހަރަށް ޣައްޒާއަށް އިންސާނީ އެހީ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީގެ ދެ އޮފިޝަލަކު ވިދާޅުވެއްޖެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އޮފިޝަލުން ވިދާޅުވީ އެއާޑްރޮޕް ކޮށްފައިވަނީ ސީ-130 މަރުކާގެ ތިން މަތިންދާ ބޯޓެއް ބޭނުންކޮށްގެން ކަމަށް.

އޭގެ ތެރެއިން އޮފިޝަލަކު ވިދާޅުވީ 35،000 އަށް ވުރެ ގިނަ ކެއުން އެއާޑްރޮޕް ކޮށްފައިވާ ކަމަށް.

20:31

ޓެންޓުތަކަށް އިސްރާއީލުން ދިން ހަމަލާގައި ޒަހަމްވި މީހުންނަށް ރަފާގެ އަލް އެމިރާޓީ ހޮސްޕިޓަލުގައި ފަރުވާ ދެނީ - އަނަޑޮލް އެޖެންސީ
ޓެންޓުތަކަށް އިސްރާއީލުން ދިން ހަމަލާގައި ޒަހަމްވި މީހުންނަށް ރަފާގެ އަލް އެމިރާޓީ ހޮސްޕިޓަލުގައި ފަރުވާ ދެނީ - އަނަޑޮލް އެޖެންސީ
ޓެންޓުތަކަށް އިސްރާއީލުން ދިން ހަމަލާގައި ޒަހަމްވި މީހުންނަށް ރަފާގެ އަލް އެމިރާޓީ ހޮސްޕިޓަލުގައި ފަރުވާ ދެނީ - އަނަޑޮލް އެޖެންސީ

20:06

އިސްރާއީލުން ޣައްޒާއާއި ހުޅަނގު އައްސޭރީގައި ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އިސްރާއީލުގެ އުތުރުގެ އަރަބި އަވަށެއް ކަމަށްވާ ކަފްރް ކާނާގައި އެތައް ހާސް ބަޔަކާއެކު ހިނގާލަމެއް ބާއްވައިފި.

މި މުޒާހަރާ ކުރިއަށް ގެންގޮސްފައިވާއިރު އިސްރާއީލު ފުލުހުން ކުރި ގިނަ މަސައްކަތްތަކެއް ނާކާމިޔާބުވެފައިވޭ.

20:04

ހަމާސްގެ ބަންދުގައި ތިބި މީހުން އަނބުރާ ގައުމަށް ގެނައުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް އިސްރާއީލުގެ އިދިކޮޅު ލީޑަރު ބުނެފި

ޣައްޒާގައި އަދިވެސް ބަންދުކޮށްފައި ތިބި މީހުން އަނބުރާ ގައުމަށް ގެނައުމަށް ގޮވާލާ އިޒްރޭލުގެ އެތައް ހާސް ބަޔަކާ އެކު އިދިކޮޅު ލީޑަރު ޔައިރު ލަޕިޑް ވަނީ ބައިވެރިވެފައި.

 

20:01

ޣައްޒާ ސިޓީ ކައިރީގައި އެހީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލުމާ ގުޅިގެން މި ހިތާމަވެރި ހާދިސާގެ އިންސާފުވެރި ބައިނަލްއަގުވާމީ ތަހުގީގެއް ހިންގުމަށް އީޔޫގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލްގެ އޮފީހުން އެދިއްޖެ

19:51

ޔަމަނުގެ ހޫތީން ހަމަލާދިން އިނގިރޭސިވިލާތުގެ ރޫބީމާރު އާގުބޯޓު އަޑިއަށް ގޮސްފި

18:52

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ "މީހުން" ޝަހީދު ކުރުމާއި ދެކޮޅަށް އަޑު އުފުލުމަށް ބައިނަލްއަގުވާމީ މުއައްސަސާތަކުގައި ފަލަސްތީނުގެ ޗާޗް އެފެއާޒް ކޮމިޓީގެ އިސްވެރިޔާ ރަމްޒީ ޚުރީ އެދިއްޖެ.

ޣައްޒާގައި ދާދި ފަހުން އެހީ އަށް އެދޭ ފަރާތްތަކަށް ދިން ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާތަކުގެ ތާރީހުގައި ވެސް ނުފެންނަ ފަދަ ހަމަލާއެއް ކަމަށާއި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ބާރު އެޅުމަށް ބައިނަލްއަގުވާމީ މުއައްސަސާތަކަށް މަޖުބޫރު ކުރަން ޖެހޭ ކަމަށް ޚުރީ ބުނެފައިވޭ.

18:50

ރަފަހަކީ ސޭފް ޒޯނެއް ކަމަށް ދެކެވޭ ވާހަކައަކީ އަނެއްކާވެސް ދޮގެއްކަން ސާބިތުވެފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފި.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ބޮން އެޅުމުގެ ސަބަބުން ސަލާމަތް ވުމަށް ރަފަހްގެ މި ހާއްސަ ސަރަހައްދު ކަމަށްވާ ތަލް އަލް ސުލްތާން ދިއުމަށް މީހުންނަށް އަންގާފައިވޭ.

"އެކަމަކު މިހާރު މުޅި އާއިލާއެއް ހިމެނޭ ގޮތަށް އެ ސަރަހައްދުން ގެދޮރު ގެއްލިފައިވާ މީހުން ފުރިފައިވާ ޓެންޓަކަށް ވަނީ ސީދާ ޑްރޯން ހަމަލާއެއް ދީފައި. މި ހާދިސާގައި ޝަހީދުވިއިރު، މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާއިރު އޭގެ ތެރޭގައި ޕެރަމެޑިކް ވެސް ހިމެނޭ.". އެ ސަރަހައްދުގައި ހަރަކާތެރިވާ އަލްޖަޒީރާގެ ނޫސްވެރިއަކު ބުނެފައިވޭ،

މިއީ ތަލް އަލް ސުލްތާން ސަރަހައްދަށް އަމާޒުވި ފުރަތަމަ ފަހަރެއް ނޫން ނަމަވެސް މިއީ އެންމެ ގޯސް ސަރަހައްދަށް ވެދާނެ ކަަމަށްވެސް ބުނެފައިވޭ.

18:35

ފަލަސްތީނުގެ ދީރް އަލް ބަލާހްގެ ގެއަކަށް ދިން ހަމަލާއެއްގައި 15 މީހުން ޝަހީދުވިތާ ގަޑިއިރުތަކެއް ފަހުން އިސްރާއީލު ސިފައިން ފަލަސްތީނުގެ ރަފަހްގެ ޓެންޓަކަށް ހަމަލާދީ 11 މީހުން ޝަހީދުކޮށްލައިފި

18:22

"ކުރިއަށް އޮތް ދުވަސްތަކުގައި" ޣައްޒާއަށް އެހީ ގެނައުމުގެ މަސައްކަތް ފެށުމަށް އެމެރިކާއިން ރާވާފައިވާ ޕްލޭނަށް އިނގިރޭސިވިލާތުގެ ޗެރިޓީ މެޑިކަލް އެއިޑް ފޯ ފަލަސްތީން (މެޕް) އިން ވަރަށް ބޮޑަށް ފާޑުކިޔައިފި،

17:39

އިސްރާއީލުގެ އަސްކަރިއްޔާއިން ރަފަހްގައި ގެދޮރު ގެއްލިފައިވާ އާއިލާތަކުގެ ޓެންޓުތަކަށް އަމާޒުކޮށް އާންމުންގެ ނުވަ މީހަކު ޝަހީދުވެއްޖެ.

މި ހަމަލާ އަމާޒުކޮށްފައިވަނީ ނޫސްވެރިންގެ ޓެންޓާއި އެމިރާތީ ހޮސްޕިޓަލް ކައިރީގައި ހުންނަ ގެދޮރު ގެއްލިފައިވާ އާއިލާތަކުގެ ޓެންޓުތަކަށް.

17:29

މިސްރުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރަނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް ގަތަރުގެ ޚާރިޖީ ވުޒާރާއިން ބުނެފި.

ފޮރިން މިނިސްޓަރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ޘާނީ މިސްރުގެ ޚާރިޖީ ވަޒީރު ސަމޭހް ޝައުކްރީއާ ދޯހާގައި ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން އެކްސްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވޭ.

17:27

މިދިޔަ ބުރާސްފަތި ދުވަހު ޣައްޒާ ސިޓީ ކައިރީގައި އެހީގެ ގާފިލާއަށް ދިން ހަމަލާގެ ސަބަބުން ކުރިމަތިވި ނުތަނަވަސްކަމުގެ ޒިންމާ އުފުލަން ޖެހޭނީ އިސްރާއީލުން ކަމަށް ފްރާންސްގެ ޚާރިޖީ ވަޒީރު ސްޓެފަން ސެޖޯން ވިދާޅުވެއްޖެ

17:27

މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ޔަމަނުގެ ހޫތީންގެ ހަމަލާތަކަށް ފަހު ދެކުނު ރަތް ކަނޑުގައި ދޫކޮށްލި މުދާ އުފުލާ ބޯޓު ރޫބީމާރު އަޑިއަށް ގޮސްފައިވާ ކަމަށް ޔަމަނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފި

17:04

ކެއުމަށް ފަތްޕިލާވެލި ހޮވަން އުޅުނު ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮަށްލައިފި

16:27

ދީރް އަލް ބަލާހުގައި ރޭ ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އާއިލާތައް ހިތާމަކުރަނީ - ފޮޓޯ: އޭއެފްޕީ
ދީރް އަލް ބަލާހުގައި ރޭ ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އާއިލާތައް ހިތާމަކުރަނީ - ފޮޓޯ: އޭއެފްޕީ
ދީރް އަލް ބަލާހުގައި ރޭ ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އާއިލާތައް ހިތާމަކުރަނީ - ފޮޓޯ: އޭއެފްޕީ

16:15

ރެއަކީ ދީރް އަލް ބާލާގެ ރައްޔިތުންނަށް ވަރަށް އުނދަގޫ ރެއެއް ކަމަށް އަލްޖަޒީރާއިން ބުނެފި.

މިގޮތުން ރޭ 10 ބޮމެއް ގޮއްވާލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ހުޅަނގު އަދި އިރުމަތީ ސަރަހައްދުތަކަށް އެޅޮ ބޮންތައް ކަމަށް ބުނެފައިވޭ.

ނޫސްވެރިން ބުނެފައިވާ ގޮތުގައި ނޫސްވެރިން ތިބި ތަނާ އެންމެ 20 ކިލޯމީޓަރު (12 މޭލު) ދުރުގައި ތިން މީހުން ޝަހީދުވެ، ތިން މީހަކު ޒަޚަމްވި.

16:03

އިސްރާއީލުގެ އަސްކަރިއްޔާއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހިފާފައިވާ ހުޅަނގު އައްސޭރިން ފަލަސްތީނުގެ 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ކުރީގެ ގައިދީން ވެސް ހިމެނޭ ކަމަށް ކޮމިޝަން އޮފް ޕްރިޒަނަރސް އެންޑް އެކްސް ޕްރިޒަނަރސް އެފެއާޒް އާއި ފަލަސްޠީނުގެ ޕްރިޒަނަރސް ސޮސައިޓީން ބުނެފި.

16:02

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލު ސިފައިން ޣައްޒާގައި އެތައް ހަނގުރާމަވެރިންނެއް ޝަހީދުކޮށް، ރޮކެޓް ލޯންޗަރުތައް ހަލާކުކޮށް، އެހެނިހެން ހަތިޔާރުތައް އަތުލައިގެންފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު އަވިޗޭ އަދުރައި އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ބުނެފި.

އޭގެ ތެރޭގައި ޣައްޒާގެ މެދުތެރޭގެ 20 ހަނގުރާމަވެރިންނާއި ޣައްޒާ ސިޓީގެ ރެމާލް އަވަށުގައި ތިން ހަނގުރާމަވެރިން ޝަހީދުކުރުން ހިމެނޭ ކަމަށް ތަރުޖަމާނު ބުނި.

16:01

ޣައްޒާ ސިޓީ ކައިރީގައި އެހީގެ އިންތިޒާރުގައި ތިބި ފަލަސްތީނު މީހުން ޝަހީދު ކުރުން އެފްރިކަން ޔޫނިއަން ކޮމިޝަންގެ ޗެއާޕާސަން މޫސާ ފަކީ މަހާމަތު ކުށްވެރި ކުރައްވައިފި

އެކްސްގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި އޭޔޫއިން ވަނީ "މި ހާދިސާ ހިންގި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގުވާމީ ތަހުގީގެއް ހިންގުމަށް" ގޮވާލާފައި.

15:35

15:33

ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާ އަށް އިސްރާއީލާއި ހަމާސްގެ ވަފްދެއް މިސްރުގެ ކައިރޯ އަށް ދިއުމަށް ހަމަޖެހިއްޖެ.

15:06

ރޯދަ މަސް އަންނަންވާ އިރަށް ހަނގުރާމަ ހުއްޓާލުމާ ގުޅޭ އެއްބަސްވުމެއް ގާއިމު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ފަލަސްތީނުގެ އޮތޯރިޓީން ހާމަކޮށްފި.

15:03

އިސްރާއީލުން ޣައްޒާ އަށް ދިން ހަމަލާއެއްގައި ޒަހަމްވެފައިވާ މީހަކާއި ޝަހީދުވެފައިވާ މީހެއްގެ ހަށިގަނޑު ފަލަސްތީނު ރެޑްކްރެސެންޓް ސޮސައިޓީން ދައްކާލަނީ.

14:55

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 30،320 އަށް އަރައިފި.

14:44

އިސްރާއީލުން ޣައްޒާގެ ހާން ޔޫނުސް ސިޓީ އަށް ދީފައި ހުރި ގެއްލުން ދައްކުވައިދޭ ފޮޓޯތައް.

14:43

ރަފަހުގައި އިސްރާއީލުން ކާރަކަށް އަމާޒުކޮށް މިއަދު ދިން ހަމަލާ. އެ ކާރު ވަނީ ފުނޑުފުނޑުވެފައި.

14:40

އިސްރާއީލުން ލުބުނާންގެ ކާރަކަށް ދިން ހަމަލާ.

13:46

އިސްރާއީލުން މީގެކުޑަ އިރުކޮޅެއް ކުރިން ރަފަހުގައި ދަތުރު ކުރަމުން ދިޔަ ކާރަކަށް ޑްރޯން ހަމަލާއެއް ދީފި. އެ ހަމަލާގައި ފަސް މީހަކަށް ސީރިއަސް ޒަހަމްތަކެއް ވަނީ ލިބިފައި. އޭގެ ތެރޭގައި ކާރުގައި އިން ޑްރައިވަރާއި އެ ކާރު ކައިރީގައި ތިބި މީހުން ހިމެނޭ. އެމީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި.

 

13:44

އިސްރާއީލުން ލުބުނާންގެ ދެކުނަށް ދިން ޑްރޯން ހަމަލާއެއްގައި ތިން މީހަކު ޝަހީދުކޮށްލައިފި. އެ ހަމަލާ އަމާޒުވެފައި ވަނީ ކާރަކަށް ކަމަށް ރިޕޯޓުތައް ބުނޭ. މި ހާދިސާގައި ޝަހީދުވި މީހުންގެ މައުލޫމާތެއް އަދި ސާފެއް ނުވޭ. އިސްރާއީލުން ރޭގައި ވެސް ލުބުނާނަށް ބޮން އަޅައި ހިޒްބުﷲ ގެ މުޖާހިދުންތަކެއް ޝަހީދުކޮށްލި.

13:34

ރަފަހުގައި ހުރި ގެއަކަށް ދިން ހަމަލާއެއްގައި ޒަހަމްވި ކުޑަކުދިންތަކަކަށް ފަރުވާ ދެނީ.

13:32

ޣައްޒާ ސިޓީގައި ގްރެފިޓީއެއް. އޭގައި ލިޔެފައި ވަނީ އެމީހުން އެ ބިން ދޫކޮށް ނުދާނެ ކަމަށް.

12:12

އިސްރާއީލްގެ އަސްކަރިއްޔާ އިން ޣައްޒާގެ ތިން ގެއަކަށް ދިން ވަރުގަދަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 17 އަށް އަރައިފި.

10:31

ސުންނާފަތިކޮށްލާފައިވާ މިސްކިތެއްގެ ކައިރީގައި ފަލަސްތީނުގެ ރައްޔިތުން އިއްޔެ ނަމާދު ކުރަނީ.

10:04

އިސްރާއީލުގެ އަސްކަރިއްޔާ އަކީ އަނިޔާވެރިކަމުގައި އެއްވެސް ހައްދެއް ދަންނަ ބައެއް ނޫން ކަމަށް ބްރެޒިލްގެ ސަރުކާރުން ބުނެފި.

09:15

ހޫތީ ހަނގުރާމަވެރިން ފޮނުވާލަން އުޅުނު މިސައިލަކަށް ހަމަލާދީ ވައްޓާލާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ހާމަކޮށްފި. ހޫތީ ހަނގުރާމަވެރިން ހަމަލާދޭން މަސައްކަތް ކުރީ އެމެރިކާގެ މަތިންދާ ބޯޓަކަށް ކަމަށް އެ ގައުމުން ބުނޭ.

އެ ހަމަލާގެ އިތުރުން ހޫތީ ހަނގުރާމަވެރިން ވަނީ ބެލިސްޓިކް މިސައިލެއް ރަތް ކަނޑަށް ފޮނުވާލާފައި. މި ހަމަލާ އެއްވެސް އުޅަނދަކަށް އަމާޒު ނުވާ ކަމަށް އެމެރިކާ އިން ބުނޭ.

09:08

ފަލަސްތީނުގެ ނޫހެއް ކަމަށްވާ ވަފާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއިލްގެ ޖެޓްތަކުން ތިން ގެއަކަށް ބޮން އަޅައި 17 މީހުން ވަނީ ޝަހީދުކޮށްލާފައި. ބޮން އެޅި އެއް ގެ ހުރީ ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި. އަދި ދެއިރް އަލް-ބަލަހް ދެ ސަރަހައްދަށް ވެސް ބޮން އަޅާފައިވޭ. ދެއިރް އަލް-ބަލަހް ސަރަހައްދަށް ބޮން އެޅުމުގެ ސަބަބުން 15 މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވި، އަދި ޖަބަލިއާ އަށް ބޮން އެޅުމުން ދެ މީހަކު ޝަހީދުވެފައިވޭ. އެ ތަނަކީ 70 މީހުން ހިޔާވަހިކަން ހޯދަމުން ދިޔަ ތަނެއް.

09:03

ރޯދަ މަސް އަންނަންވާ އިރަށް ހަނގުރާމަ ހުއްޓާލަން އެއްބަސްވުމުގެ އުންމީދު އެބައޮތް ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ.

"އަހަރެން އުންމީދު ކުރަނީ އެގޮތަށް. އަހަރުމެން ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރަން. އަހަރުމެންނަށް އަދި އެހިސާބަކަށް ނުދެވޭ،" ބައިޑެން ވިދާޅުވިއެވެ.

ބައިޑެން މީގެކުރިން ވިދާޅުވެފައި ވަނީ އަންނަ ހޯމަ ދުވަހާ ހަމައަށް ދާއިރު ހަނގުރާމަ ހުއްޓާލުމާ ގުޅޭ އެއްބަސްވުމެއް ގާއިމު ކުރެވޭނެ ކަމަށް.

09:00

ކުރިއަށް އޮތް ދުވަސްތަކުގައި ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދޭނީ މަތިންދާ ބޯޓު ބޭނުންކޮށްގެން ކަމަށް.

08:58

ފަލަސްތީނުގެ ޣައްޒާގައި ކާބޯތަކެތި ނުލިބި ބަނޑުހައިހޫނު ކަމުގެ ސަބަބުން ޝަހީދުވި ކުޑަކުދިންގެ އަދަދު 10 އަކަށް އަރައިފި.

08:57

ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުގެ ރަހުމްކުޑަ ހަނގުރާމައިގެ ސަބަބުން ކުޑަކުދިން ބަނޑަށް މަރުވަމުންދާތީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަންބޮޑުވުން ފާޅުކޮށްފި.

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ އުދުވާނަށް ފަސް މަސް ވާން ކައިރިވީ އިރު، އުދުވާނުގައި މިހާތަނަށް އައިއިރު ޝަހީދުވެފައިވާ މީހުންނާއި ޒަހަމްވި މީހުންނާ ބެހޭ މައުލޫމާތުތައް އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟

އިސްރާއީލްގެ ހަމަލާތައް މިދިޔަ އޮކްޓޯބަރު 7 ގައި ދޭން ފެށި ފަހުން މިހާތަނަށް އައިއިރު، ފަލަސްތީނުގެ ޣައްޒާ އިން 30،228 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 12،300 ކުޑަކުދިން ހިމެނެއެވެ. މިހާތަނަށް ހޯދުނު މައުލޫމާތުތަކުގެ އަލީގައި 8،000 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. ބެލެވޭ ގޮތުގައި އެމީހުން ވަނީ އިމާރާތްތަކުގެ ދަށުވެފައެވެ. އެމީހުންގެ ފުރާނަ ސަލާމަތް ކުރުމަކީ މިހާރު ނާދިރު ކަމެކެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުން ގެންދާ ޖަރީމާތަކުގައި މިހާތަނަށް އައިއިރު 417 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 108 ކުޑަކުދިން ހިމެނެއެވެ. އަދި 4،600 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.

ހަމާސް އިން ދިން ހަމަލާތަކުގައި 1،139 މީހުން މަރާލައި، 8،730 މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.

މި ލައިވް ބްލޮގްގައި ގެނެސް ދޭނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތާއި އެ ހަނގުރާމައާ ގުޅޭ މައުލޫމާތުތަކެވެ.