މި އަހަރު ފަލަަަސްތީނުގެ "އިތުރު އެތައް ހާސް" ރައްޔިތުން ހައްޔަރު ކުރުމަށް ތައްޔާރުވުމުގެ ގޮތުން އިސްރާއީލުގެ ޖަލު ތަކުގައި ޖާގަ ހެދުމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އޭނާގެ ޑިފެންސް މިނިސްޓަރާއި، ގައުމީ ސަލާމަތާއި ބެހޭ މިނިސްޓަރާއި ފިނޭންސް މިނިސްޓަރަށް އަމުރު ކޮށްފިއެވެ.

ނަތަންޔާހޫ ގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޣައްޒާއިން އިތުރު ވަރަށް ގިނަ "ނިރުބަވެރިން" ހައްޔަރު ކުރެވޭނެ ކަމަށާއި، މިހާރު ފިޔަވަޅެއް ނާޅައިފި ނަމަ އިސްރާއީލުގެ ޖަލުތައް ފުރި އެމީހުން ބައިތިއްބާނެ ޖާގަ އެއް ނޯންނާނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ އާއި އެތެރޭގެ ސެކިއުރިޓީ އެޖެންސީ ޝިން ބެޓް އިން ބުނެފައިވާ ކަމަށެވެ.

ޣައްޒާގައި އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއީލުން ހަނގުރާމަ ކުރަން ފެށި ފަހުން މިހާތަނަށް 4000 އެއްހާ ފަލަސްތީނުގެ ރައްޔިތުން ވަނީ ހައްޔަރު ކޮށްފައި ކަމަށާއި، އޭގެ ތެރޭގައި ގިނައީ ޣައްޒާއިން ހައްޔަރު ކުރެވުނު މީހުން ކަމަށާއި، އެހެންކަމުން މި ތައްޔާރީތައް ވުމުގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ޣައްޒާގެ އިތުރުން އިސްރާއީލުން ދަނީ އެމީހުން ހިފައިގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައިވެސް ކޮންމެ ދުވަހަކު ރެއިޑްތައް ހިންގާ އެތައް ބަޔަކު ހައްޔަރު ކުރަމުންނެވެ.

ޝަރީއަތް ހިންގުމަކާއި ނުލާ "އިދާރީ ހައްޔަރުގައި" ފަލަސްތީނުގެ އެތައް ހާސް ބަޔަކު އިސްރާއީލުގެ ޖަލުތަކުގައި ބައިތިއްބައެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންވެސް ހިމެނެއެވެ.

އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ ރައްޔިތުންނާއި މެދު ކަންތައް ކުރަނީ ވަރަށް އިހާނެތި ކޮށް ކަމާއި، އެމީހުންނަށް އަނިޔާ ކުރާ ކަން އދ އާއި އިންސާނީ ހައްގުތަކާއި ބެހޭ އެހެނިހެން ޖަމިއްޔާ ތަކުން ހޯދާފައިވާ ހޯދުންތަކުން ވަނީ ހާމަ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބްރާހިމް

    ނަތަންޔާހޫ. ކަލެއަށް ހަލާކުހުރި.
    އިންޝާﷲ ފަލަސްތީނުގެ މުޖާހިދުން ކަލޭމެންމަރާ ބަލިކޮށް ޒަޔަނިސްޓް ޔަހޫދީންގެ އަތްދަށުން ފަލަސްތީނު މިނިވަންކުރާނެ.
    ޔާﷲ. ޔަހޫދީން ނިކަމެތިކޮށް ބަލިކުރަށްވާ ފަލަސްތީނުގެ މުޖާހިދުންނަށް ނަޞްރާއި ކާމިޔާބު ދެއްވާންދޭވެ. އާމީން

    25
  2. ދުންތަރި

    ނަތަންޔާހޫ. ކަލެއަށް ހަލާކުހުރި.
    އިންޝާﷲ ފަލަސްތީނުގެ މުޖާހިދުން ކަލޭމެންމަރާ ބަލިކޮށް ޒަޔަނިސްޓް ޔަހޫދީންގެ އަތްދަށުން ފަލަސްތީނު މިނިވަންކުރާނެ.
    ޔާﷲ. ޔަހޫދީން ނިކަމެތިކޮށް ބަލިކުރަށްވާ ފަލަސްތީނުގެ މުޖާހިދުންނަށް ނަޞްރާއި ކާމިޔާބު ދެއްވާންދޭވެ. އާމީން

    13
  3. ތަންފީޒު

    އޭއި، ނަތަންޔާހޫ ކަލެއަށްހަލާކުހުރި
    އަދުވު الله
    ކަލެއަށްމިހާރުވެސް ޖަހައްނަމައިގެހޫނު
    އިހުސާސްވާހެން އެބަހީވޭ

    10