ދުނިޔޭގައި ފުރަތަމަ ފަހަރަށް އޫރެއްގެ ކިޑްނީ އިންސާނެއްގެ ގަޔަށް ލައްވައިފިއެވެ.

ބޭރުގެ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އޫރެއްގެ ކިޑްނީ އިންސާނަކަށް ލައްވާފައިވަނީ އެމެރިކާގެ މެސުޗުސެޓްސް ޖެނެރަލް ހޮސްޕިޓަލް (އެމްޖީއެޗް)ގައެވެ. އެ އޮޕަރޭޝަން ކޮށްފައިވަނީ މިދިޔަ ހޮނިހިިރު ހުވަހު 62 އަހަރުގެ ރިޗާޓް ސްލޭމެންގެ ކަމަށެވެ.

ރިޗާޓްއަކީ ކިޑްނީ ފެއިލް ވެގެން ޑައިލެސިސް ހަދަމުންދާތ ވަރަށް ގިނަ ދުވަސްވެފައިވާ މީހެއް ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ. އޮޕަރޭޝަން ކުރިއިރު ރިޗާޓް އޮތީ ކިޑްނީ ފެއިލްގެ އެންމެ ފަހު ސްޓޭޖްގައެވެ.

މެސުޗުސެޓްސް ހޮސްޕިޓަލަށް ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އޮޕަރޭޝަން ކުރުމުގެ ކުރިން އޫރުގެ ކިޑްނީގައި ހުންނަ އިންސާނުންނަށް ގެއްލުންދޭ މާއްދާ ނެގުމަށް ފަހު އިންސާނުންގެ ގައިގައި ހުންނަ ބައެއް މާއްދާތައް އެއަށް އިތުރު ކުރިއެެވެ.

ކިޑްނީ ޓްރާންސްޕްލާޓް ކުރުމުގެ އޮޕަރޭޝަން ކުރިއަށް ދިޔައީ ހަތަރު ގަޑިއިރަށް ކަމަށާއި އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ރިޗާޓްގެ ހާލު ވެސް ރަނގަޅު ކަމަށް ބުނެފައި ވެެއެވެ.

ހަށިގަނޑުގެ އެކި ގުނަވަންތައް ބަލިވެ ހަލާކުވުމުގެ ސަބަބުން ޓްރާންސްޕްލާޓް ލިސްޓުގައި ވަރަށް ގިނަ މީހުން ތިބެއެވެ. އާ ގުނަވަނެެއް ނުލެބީސް ގިނަ ބަޔަކު މަރު ވެސް ވެއެވެ.

އެ އޮޕަރޭޝަނަކީ ބޭސްވެރިއަކުގެ ދާއިރާގައި ހޯދިފައިވާ ވަރަށް ބޮޑު ކުރިއެރުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު