އިންޑިއާ އިން ބޫޓާން އާ ދެމެދު އަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބޫޓާން އާއި އިންޑިއާ އާ ދެމެދު ސޮއިކުރި އެއްބަސްވުންތަކުގެ ތަފްސީލްތައް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވައިފައެވެ. އެތަނުން އެއް އެއްބަސްވުމަކީ ޕެޓްރޯލިއަމާއި ތެޔޮ ފަދަ ތަކެތި ނޭޕާލަށް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެކެވެ.

ދެވަނަ އަށް ސޮއިކުރި އެއްބަސްވުމަކީ ބޫޓާންގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ބީއެފްޑީއޭ) ފުޑް ސޭފްޓީ އެންޑް ސްޓޭންޑާޑް އޮތޯރިރީ އޮފް އިންޑިއާ (އެފްއެފްއެސްއޭއައި) އާ ދެމެދު ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމު ކުރުމާ ގުޅޭ އެއްބަސްވުމެކެވެ.

އޭގެ އިތުރުން ހަކަތައާ ގުޅޭ އެއްބަސްވުމަކާއި ކުޅިވަރާއި ޒުވާނުންނާ ގުޅޭ އެއްބަސްވުމަކާއި ބޭހާއި ސްޕޭސް ކޯޕަރޭޝަނާ ގުޅޭ އެއްބަސްވުމަކާއި ތައުލީމީ ދާއިރާއާ ގުޅޭ އެއްބަސްވުމަކާއި ބޫޓާން އާއި އިންޑިއާއާ ދެމެދު ރޭލުގެ ހިދުމަތުން ގުޅާލުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ސޮއިކުރިއެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުކުރު ދުވަހު ބޫޓާންގެ ލީޑަޝިޕަށް ޔަގީންކަން ދެއްވީ އިންޑިއާ އިން ތަރައްގީގެ މަސައްކަތުގައި އެއްބާރުލުން ދޭނެ ކަމަށާއި ދެގައުމުގެ ގުޅުންތަކުގެ ސަބަބުން ކަނެކްޓިވިޓީ، އިންފްރާސްޓްރަކްޗާ، ވިޔަފާރި އަދި ހަކަތަ ދާއިރާގައި އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ. އަދި އިންޑިއާ އާއި ނޭޕާލް އާ ދެމެދު ގާއިމު ކުރެވުނު އެއްބަސްވުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ އެއްބަސްވުމެއް ކަމުގައި މޯދީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު