މެއި މަހުގެ ނުވަ ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޕާކިސްތާނުގެ ކޯޓަކުން އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ 51 ސަޕޯޓަރުން ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

މިއީ އިމްރާން ޚާންގެ ސަޕޯޓަރުންގެ ތެރެއިން 51 މީހެއްގެ މައްޗަށް މިދިޔަ އަހަރު އަސްކަރިއްޔާގެ މުހިންމު މަރުކަޒުތަކަކަށް ހަމަލާދިނުމުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވެ ދެ ދައުވާއެއް ސާބިތުވެގެން ކުރި ހުކުމެކެވެ.

އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފްގެ ސަޕޯޓަރުން މިދިޔަ އަހަރުގެ މެއި މަހު ވަނީ ރާވަލްޕިންޑީގައި ހުންނަ އަސްކަރިއްޔާގެ މައި މަރުކަޒާއި ފައިސަލްއާބާދުގައި ހުންނަ އައިއެސްއައި އިމާރާތް ފަދަ އަސްކަރީ ބައެއް ތަންތަނަށް ހަމަލާދީ އެ ޕާޓީގެ ބާނީ ކޮރަޕްޝަންގެ މައްސަލައެއްގައި ހައްޔަރުކުރުމާ ދެކޮޅަށް ރުޅިވެރިކަން ފާޅުކޮށްފައެވެ.

މިއީ ޕާކިސްތާނުގެ ޕަންޖާބާއި ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގައި މެއި މަހުގެ ނުވަވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އެ ޕާޓީގެ ލީޑަރުންނާއި މަސައްކަތްތެރިންނާއި ސަޕޯޓަރުންގެ މައްޗަށް އުފުލާފައިވާ މައްސަލަތަކުގައި ކުށް ސާބިތުވި ފުރަތަމަ ފަހަރެވެ.

މި މައްސަލައިގައި ހިމެނޭ ކުށްވެރިންގެ ތެރޭގައި ޕާކިސްތާން ތަހްރީކޭ އިންސާފް ދާއިރާގެ މެމްބަރު ކަލީމުالله ޚާން ވެސް ހިމެނެއެވެ.

ޕާކިސްތާނުގެ ތަހްރީކޭ އިންސާފަށް ތާއީދުކުރާ 51 މީހަކަށް އެންޓި ޓެރަރިޒަމް ކޯޓް (އޭޓީސީ) ގުޖްރަންވާލާ އިން އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ގުޖްރަންވާލާ ކޮންޓޯންމަންޓް (ލާހޯރާ ގާތްގަނޑަކަށް 80 ކިލޯމީޓަރު ދުރުގައި) އަށް ހަމަލާ ދިނުމާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުންގެ އިތުރުން ފުލުހުންގެ ވެހިކަލްތަކުގައި ރޯކޮށްލި ކަމުގެ ތުހުމަތުގަ އެވެ.

ކޯޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ އިން ކޮންމެ މީހަކު 10،000 ރުޕީސް އިން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އޭޓީސީގެ ފަނޑިޔާރު ނަތާޝާ ނަސީމް ވަނީ ސެންޓްރަލް ޖަލު، ގުޖްރާންވާލާގައި ޖަލުގެ ބޭރުގައި ވަރުގަދަ ސެކިއުރިޓީއެއްގެ ތެރޭގައި ޝަރީއަތް ކުރިއަށް ގެންގޮސް ހުކުމް އިއްވާފައެވެ.

ކުށްވެރިޔާގެ މައްޗަށް އުފުލާފައިވާ މައްސަލަތަކުގެ އަޑުއެހުންތައް އޮތީ ކެމެރާތަކުގެ ކުރިމަތީގައެވެ.

މިދިޔަ މެއި މަހުގެ ނުވަ ވަނަ ދުވަހު ގުޖްރަންވާލާގައި ހިނގި ހަމަނުޖެހުންތަކުގައި ޕާކިސްތާން ތަހްރީކޭ އިންސާފްގެ އެކަކު މަރުވެ، ޕާކިސްތާނު ތަހްރީކޭ އިންސާފްގެ ގިނަ އަދަދެއްގެ މަސައްކަތްތެރިންނާއި ފުލުހުންނަށް ވަނީ އަނިޔާވެފައެވެ.

ޕާކިސްތާން ތަހްރީކޭ އިންސާފް އިން ބުނަނީ މިދިޔަ މެއި މަހުން ފެށިގެން ޕާކިސްތާނުގެ 10،000 އަށް ވުރެ ގިނަ ލީޑަރުންނާއި މަސައްކަތްތެރިންނާއި އިމްރާން ޚާނަށް ތާއީދުކުރާ މީހުން ޕަންޖާބާއި ކޭޕީ ޕްރޮވިންސްގެ އެކި ޖަލުތަކުގައި ތާށިވެފައި ކަމަަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އިމްރާން ޚާން ޖަލުގައި ހުންނެވި އިރު، ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ބޭއްވި އިންތިހާބާ ދިމާކޮށް އިމްރާން ޚާން ވަނީ ތަފާތު ތިން މައްސަލައެއްގައި 31 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.