ލުބުނާނުން ފޮނުވާލި މިސައިލް އަދި ޑްރޯން ހަމަލާއެއް ލުބުނާނު ބޯޑަރު ކައިރީ އިސްރާއީލުން ވެރިވެގެން ދިރިއުޅެމުން އަންނަ ކުޑަ އަވަށެއް ކަމަށްވާ އަރަބި އަލް އަރަމްޝޭގެ އިމާރާތަކަށާއި އަދި އަސްކަރީ އުޅަނދަކަށް އަމާޒުވެ ނިރުބަވެރިންގެ 8 މީހަކު ޒަހަމްވެފައިވާކަމަށް އިސްރާއީލު މީޑިއާ ތަކުން ރިޕޯޓްކޮށްފިއެވެ.

ލުބުނާނުން ޖެހި ޖެހިގެން ފޮނުވާލި ދެ ހަމަލާ ހުއްޓުވަން އެހިސާބުގައި އިން އަޔަންޑޯމް އެކްޓިވޭޓް ނުވާކަމަށް ރިޕޯޓްތައް ލިބެއެެވެ. އަދީ ހަމަލާ އެރި ގަޑީގައި ނިރުބަވެރިންގެ މިސައިލް ސައިރެންވެސް ނާޅާކަން ދައުރުވަމުންދާ ވީޑިއޯ ފޫޓޭޖުން އެނގެއެވެ.

އަލްމަޔަދީން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުރަތަމަ ހަމަލާ އަމާޒުވީ އެ އިިމާރާތް ކައިރީގައި އޮތް ނިރުބަވެރިންގެ އަސްކަރީ އުޅަނދަކަށެެވެ. އަދި އެ ހަމަލާދޭން ބޭނުންކޮށްފައި ވަނީ ޑްރޯންއެކެވެ.

ދެވަނަ ހަމަލާ އަމާޒުވެފައިވަނީ ނިރުބަވެރިންގެ އަސްކަރީ ސިފައިން ސްޓޭޝަން ވެގެން ތިބި އިމާރާތަކަށެވެ. މި ހަމަލާ ދީފައިވަނީ ބަރު ކެލިބާރގެ ގައިޑެޑް މިސައިލް ބޭނުންކޮށްގެންނެވެ.

މި ހަމަލާގެ ޒިންމާ ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ވަނީ ނަގާފައެވެ.

ހިޒްބުﷲ އިން ބުނީ އިޒްރޭލުގެ އުތުރުގެ ބެޑޮއިން އަވަށެއް ކަމަށްވާ އަރަބި އަލް އަރަމްޝޭއަށް މިސައިލާއި ޑްރޯން ފޮނުވާލީ އެތަނުގައި ހުރި "އިސްރާއީލުގެ އަސްކަރީ މަރުކަޒަކަށް" އަމާޒުކޮށްގެން ކަމަށެވެ.

އެ ޖަމާއަތުން ބުނީ މި ހަމަލާތައް ދީފައި ވަނީ އަންގާރަ ދުވަހު "އައިން ބާލާއި ޝެހާބިޔާގައި ގިނަ އަދަދެއްގެ ހަނގުރާމަވެރިން ޝަހީދުކޮށްލުމާއި ގުޅިގެން" ކަމަށެވެ.

ހިބްރޫ މީޑިޔާތަކުން މިކަން ސިފަ ކުރަނީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އުތުރުގައި ހިނގި އެންމެ ސީރިއަސް އެއް ހާދިސާގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިބްނު ނާސިރު ބިން ކޫލާ މާސްޓާރ

    އަޔަން ޑޯމް ނިދާފަ އިން ގަޑިއަކާ ތިޔަ ދިމާވީ.

    108
    0
    • ސަންސަރުސާރު

      އިރާނުން ދިފާއީ ހަމަލާދީފައި ބުނެފައިވޭ

      "ތެހެރާންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީރާނުގެ ވައިގެ ސިފައިންގެ ވެރިޔާ މޭޖާ ޖެނެރަލް ހައިދަރީ ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު އީރާނުން ދިން ހަމަލާތަކުގެ އެއް ބޭނުމަކީ ހަމަލާދީފައި ފިލައިގެން ނޯވެވޭނެކަމުގެ މެސެޖް އިސްރާއީލަށްދީ ބަދަލުހިފާނެކަން އިސްރާއީލަށް އެންގުމެވެ.

      އަނެއް ބޭނުމަކީ އީރާނުގެ ހަމަލާތައް މައިތިރި ކުރުމުގެ ގާބިލުކަން އިސްރާއީލުގެ ކިބާގައި ހުރިވަރު ދެނެގަތުމެވެ. ތިންވަނަ ބޭނުމަކީ އިސްރާއީލު ފަދަ އީރާނާ ދުރުގައިވާ ގައުމަކަށް އީރާނުގެ ހަތިޔާރު ފޯރާމިންވަރާއި އީރާނުގެ މިސައިލްތަކުގެ އެކިއުރޭޝަން ހުރި މިންވަރު ދެނެގަތުމާއި ހަތިޔާރުތަކުގެ އަޖުމަ އަމަލީ މައިދާނުގައި ބަލާލުމެވެ. މި ހުރިހާ ކަމެއް ވެސް އެ ހަމަލާތަކުން ވަނީ ހާސިލުކުރެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ."

      25
  2. ކަށިކެޔޮ އާދަނު

    ސާބަހޭދަރިންނޭ

    15
  3. ހުސްނާ

    އަލްޙަމްދު ﷲ
    ﷲއަކްބަރު

    19
    0
  4. މޮހޮނު

    ޔަހޫދީން ނާއި ނަސާރައިން އަޑުއަރުވާ މޮޅު ޑިފެންސް ސިސްޓަމަށްވީވަރު. ..ހަމަލާ އަންނަކަންވެސް ނޭނގެ. ޙިޒްބް މީހުން ދިންހަމަލާތައް މަދީ. 100 އެއްހާ މިސައިލް ފޮނުވާލިނަމަ ދޯ.

    19