ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ޖަޕާނުގެ ދެކުނުގެ ސަރަހައްދަށް 6.4 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.

ބިންހެލުމުގެ މައި މަރުކަޒަކީ ޖަޕާނުގެ ރަށްތައް ކަމަށްވާ ކިއުޝޫ އާއި ޝިކޯކޫ ވަކިކުރާ ކަނޑުއޮޅިއެއް ކަމަށްވާ ބުންގޯ ޗެނަލްްއެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު އަދި ނެރެފައި ނުވާ ކަމަށް އެ އެޖެންސީން ބުނެފައި ވެއެވެ.

މި ބިންހެލުމުގެ ސަބަބުން މާބޮޑު ގެއްލުމެއް ނުވަތަ އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމުން ވަކި އެލާޓެއް ވެސް ނެރެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު