ފިލިޕީންސްގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 1.8 ޓަނުގެ ޑްރަގްސް އަތުލައިގެންފިއެވެ.

މި ތަކެތި އަތުލައިގަތީ ފިލިޕީންސްގެ ވެރިރަށް މެނީލާގެ ބަޓަންގަސް އިންނެވެ. ފުލުހުންގެ މި އޮޕަރޭޝަނުގައި ދުއްވަމުންދިޔަ ވޭނެއް ހުއްޓުވައި ފާސްކުރުމުން ޑްރަގްސް ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަތުލައިގަނެވުނު ޑްރަގްސްގެ މަގުމަތީ އަގު 230 މިލިއަން ޑޮލަރަށް އަރާ ކަމަށް ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

މިކަމާ ގުޅިގެން އެ ގައުމުގެ ރައީސް ފާޑިނަންޑް މާކޯސް ވިދާޅުވީ ފުލުހުން އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކްރިސްޓަލް މެތް ކަމަށާއި މިއީ ފިލިޕީންސްގެ ފުލުހުންނަށް މި ބާވަތުގެ މަސްތުވާތަކެތި އެންމެ ގިނަ އަދަދަކަށް އަތުލައިގަނެވުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ މިހާތަނަށް އެ ގައުމުގައި އެންމެ އަމާންކޮށް ހިންގި އޮޕަރޭޝަން ކަމަށް ވިދާޅުވެ މާކޯސް ވަނީ ފުލުހުންނަށް ތައުރީފްކޮށްފައެވެ.

މި އޮޕަރޭޝަނުގައި އެއްވެސް މީހަކަށް އަނިޔާނުވެއެވެ. އަދި އެއްވެސް މީހަކު މަރެއްވެސް ނުވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނީ އެ ވޭން ދުއްވަން އިން މީހާއެވެ.

ކުރީ ސަރުކާރުންވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން މެރުންފަދަ ކަންތައް ކުރިޔަށް ގެންދިޔަ ނަމަވެސް އެފަދަ އަމަލުތަކާއި ދެކޮޅަށް އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ވަނި އަޑު އުފުލާފައެވެ.

ފުލުހުން ބުނާ ގޮތުގައި މާކޯސްގެ ވެރިކަމުގައި މަސްތުވާތަކެތީގެ ޝައްކު ކުރެވޭ މީހުން މަރާލުން ވަރަށް މަދެވެ. އެހެންނަމަވެސް މާކޯސް ވެރިކަމާއި ހަވާލުވި ފަހުން މަސްތުވާތަކެއްޗާއި ގުޅުން އޮންނަ 600 އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    މިޚަބަރުކިޔާލީމާ ފާހަގަކުރެވުނުކަމެއްއެބައޮތް.. އެއީ ކުރީގެސަރުކާރުންވެސް މަސްތުވާސަކެއްޗާދެކޮޅަށް އަމަލުކުރަމުންދިޔައީ ރަނގަޅަށޭބުނެފަވާތީ