އިރާނުން ޔަހޫދީ އިސްރާއީލަށް ހަމަލާދިނުމުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަން އިން އީރާނަށް އެޅި އާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ޔަހޫދީ އިސްރާއީލްގެ ހަރުކަށި ޚާރިޖީ ވަޒީރު ކާޓްޒް އެސްރެއެލް އީޔޫގެ ގައުމުތަކަށް ޝުކުރު އަދާކޮށްފިއެވެ.
ޔަހޫދީ އަނިޔާވެރި އިސްރާއީލުގެ ހަރުކަށި ހާރިޖީ ވަޒީރު ބުނީ އިރާނަކީ މެދުއިރުމަތީގެ ހަރުފަ ކަމަށާއި މި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަރުފަގެ ދަތްތައް ނެގުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އޭނާ ބުނީ އިރާނުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ގެއްލެމުންދާ ކަމަށެވެ.
ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ ހަރުކަށި ޚާރިޖީ ވަޒީރު އެސްރެއެލް ކާޓްޒް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އީރާނަށް އިތުރު ބާރުތައް ލިބި މެދުއިރުމަތި ފަސާދަކުރުމުގެ ކުރިން މިހާރު އެ ގައުމު ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އިރާނަށް އިތުރު ހަތިޔާރު ލިބުން ވާނީ ހަމަ އެކަނި އިސްރާއީލަށް އޮތް ބިރަކަށް ނޫން ކަމަށާއި އެކަމުގެ ސަބަބުން މެދުއިރުމަތީގެ އެހެން ގައުމުތަކަށް ވެސް ނުރައްކާ ބޮޑު ވާނެ ކަމަށެވެ. އަދި އޭރުން މެދުއިރުމަތީގެ މަޝްރަހު މިހާރަށް ވުރެ ގޯސްވާނެ ކަމަށެވެ.
ޔޫރަޕިއަން ކައުންސިލްގެ ޗީފް ޗާލްސް މިޝޭލް ވިދާޅުވީ އީރާނުގެ ޑްރޯން އަދި މިސައިލް އުފައްދާ ފަރާތްތަކަށާއި އެކަމަށް ހާއްސަ ކޮމްޕޯނެންޓްސް ފޯރުކޮށްދޭ ކުންފުނިތަކަށް އަމާޒުކޮށް އާ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ޔޫރަޕިއަން ޔޫނިއަންގެ ލީޑަރުން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެ ފިޔަވަޅުތައް ތައްފީޒުކުރަން ފަށާނެ ދުވަހެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.
ޔަހޫދީ އިސްރާއީލުން ވަނީ އެމެރިކާ އާއި އިނގިރޭސިވިލާތުން ވެސް އިރާނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައި އިރާނު އިޤްތިޞާދީ ގޮތުން ބަލިކަށި ކޮށްލުމަށް ގޮވާލާފައެވެ. އަދި އިރާނުގެ އެކި އެކި އަސްކަރީ ޕުރޮގްރާމްތަކަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅައިދިނުމަށް ޔަހޫދީ އިސްރާއީލުން ވަނީ އެދިފައެވެ.
އިސްރާއިލުގައޮތީ ރުއިން ނޫން ދެކަމެއްނޫން އީރާނުން ވީއްލާލި ކުޑައތިފަހަރެއްގެސަބަބުން ފުފިފަ ހަމަލާދޭން ވެސް ނުކެރިފަ މިހާރު ވައްވައްޖަހަނީ
ޔި ޔޫއެން މިގައުމުން ބޭރުކުރޭ މިހާރުން މިހާރަށް، ފާސިގު މުނާފިގު ބައެއްތީ، ގާޒާ ސުންނާފަތި ކުރި އިތުވެސް ޒައިނިސްޓުންނަށް ދަތި ކުރުމުގެ ފިޔަވަޅު ނޭޅުނު
ރާއްޖެ އީޔޫއިން ވަކިވާން ގޮވާލަން
ތިޔައީ އާކަމެއްނޫން. ތިޔައީ ބާވެ ވީދިފަވާކަމެއް.. އީޔޫއަކީ ޔަހޫދީން އަދި އަރަބި އިސްލާމީ ވެރިންނަކީވެސް ޔަހޫދީން.. އަރަބި ކަރައިގެ އިސްލާމީވެރިން ބޮޑުޖުއްބާލަނީވެސް އެޖުއްބާތަކުގަހުންނަ ބޮޑުޖީބުތަކަށް ރާފުޅުލައިގެން ޔަހޫދީ އަންހެންކުދިންކައިރިއަށްދާންވެގެން.. ވީމާ އެފަދަލީޑަރުންވެސް އެތިބެނީ ބުލެކްމެއިލްވެފަ އެހެންވެ އެމީހުންވެސް އެތިބެނީ ޔަހޫދީންނަށް ބައިއަތުހިފައިގެން.
ކިހާރީތި ފަލަސްތީނުގެ ރައްޔަތުންގެ ބޮލަށްބޮލަށް ބޮމާއި އަލިފާނުގެ ވާރޭއަޅާއިރު ފެންނަ އީއީޔޫއެއް ނެއް ކާފަރު ޖައްބާރު ކަލޭގެއަށް ކުރާއިރަށް މިބައިގަޑް ހީވަނީ އުތުރިއަރާހެން
ރާއްޖެއަކީ އީޔޫގެ މެމްބަރެއް ނޫން.
ފިޔަވަޅުއެޅިއަކަސް އެއްކަމެއްވެސްނުވާނެ ކަލޯމެންގެކަންތައް ތިނިމެނީ ދުނިޔޭގަ ހިތުހުރިހާގޮތެއްހަދަމުންއައިދުވަސް ދެންނިމުނީ ދެންމާގިނަދުވަހެއްނުވެ ބްރިކްސްގެ މިލިޓަރީ ބްރާންޗެއްއުފެދޭނެ އޭރުން ނޭޓޯއަކައް ބާރުދެރަޤައުމުތަކައްއަރާ އެޤައުމުތައް ހަލާކެއްނުކުރެވޭނެ. މިކަމުގެހެއްކެތް އެފްރިކާގެޤައުމުތައް ފްރާންސް އަދި އެމެރިކާއާ ވަތްކަނޑަމުންދާކަން. އީރާންއަސްކަރީގޮތުން އެއދުވަހުންއަނެއްދުވަހައް ވަރުގަދަވާނީ. ނިކަންވިސްނާލަބަލަ މީގެ 10ވަރަކައްއަހަރުފަހަތައް. އެދުވަސްވަރު ކާކުޤަބޫލްކުރާނީ އިރާނުން އެޤައުމުގެބިމުން ސީދާ އިޒްރެއިލް އަށް ހަމަލާދޭވޭނެދުވަހެއް އަންނާނެކަން.