ޖާނުން ފިދާވުމުގެ ހަމަލާއެއްދީ ފްރާންސްގެ ޕެރިހުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓް ގޮއްވާލާނެ ކަމުގެ އިންޒާދު މީހަކު ދިނުމާއެކު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދީފައި ވަނީ ފިރިހެނެކެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓް ފްރާންސްގެ ފުލުހުން މިހާރު ވަނީ ބަންދު ކޮށްފައެވެ.

ފުލުހުން ބުނީ އެމީހުން ތިބީ އެ ސަރަހައްދުގައި ކަމަށާއި އެ ސަރަހައްދުން ދުރުހެލިވުމަށް އާންމުންގެ ކިބައިން އެދިފައިވާ ކަމަށެވެ.

އާރްއޭޓީޕީ މެޓްރޯ ކުންފުނިން ބުނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކައިރީގައި ހުރި މެޓްރޯ ލައިނެއްގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

އެމްބަސީ ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މީހާ ފްރާންސްގެ ކައުންޓާ ޓެރަރިސްޓް ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ، ޕެރިހުގެ 16 ވަނަ އެރޮންޑިސްމަންޓްގައި އީރާނުގެ އެމްބަސީގެ ދަނޑަށް ވަތް މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ގެންގުޅުނީ ގޮވާ އެއްޗެއް ނޫން ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ހަމަލާއެއް ދީފައި ވެއެވެ.

އިސްރާއީލުން ދިން މިސައިލް ހަމަލާއެއްގައި ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އެގައުމުގެ ކޮންސިއުލޭޓް ހަލާކުވެ، އިސް ކޮމާންޑަރަކާއި އޭނާގެ ޑެޕިއުޓީ ބޭފުޅަކާއެކު ހަތް މީހަކު ޝަހީދުވިއެވެ.

ކިޔުންތެރިންގެ ހިޔާލު