ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މި ހަފުތާގެ ކުރީކޮޅު ކުރި ވިއްސާރައިގައި މަރުވި މީހުންގެ އަދަދު ހަތަރު އަށް އަރާ، މަގުތަކުގައި ފެންބޮޑުވެ ދުބާއީގެ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

މިދިޔަ ހަފުތާ ބަންދުގައި އޮމާނަށް އެންމެ ފުރަތަމަ ތޫފާން އެރިއިރު، 20 މީހުން މަރުވިއެވެ.

މިދިޔަ އަންގާރަ ދުވަހު ޔޫއޭއީއަށް ވަނީ 75 އަހަރު ފަހު ރެކޯޑް މިންވަަރަކަށް ބޯކޮށް ވާރޭ ވެހިފައެވެ.

މިޑީއާ ރިޕޯޓްތައް ބުނާގޮތުގައި އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ފިލިޕީންސްގެ ދެ އަންހެނަކާއި ފިރިހެނަކު ހިމެނެއެވެ. އެ މީހުން މަރުވެފައި ވަނީ ފެންބޮޑުވުމުގެ ސަބަބުން ވެހިކަލްތަކުގައި ތާށިވެގެންނެވެ. އޭގެ އިތުރުން ރަސް އަލް ޚައިމާ އެމިރޭޓްސްގެ އުތުރުގައި ފެންބޮޑުވުމުގެ ސަބަބުން ވެހިކަލެއް ގެނބިގެން އުމުރުން 70 އަހަރުގެ އެމިރާތީ ފިރިހެނަކު ވެސް ވަނީ މަރުވެފައެވެ.

ޔޫއޭއީ އާއި އޮމާންއަށް ކުރަމުންދާ ވިއްސާރަ ފަދަ މޫސުން ގޯސްވުމުގެ ހާދިސާތައް އާންމުވަމުން ދިއުމަކީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ސައިންސްވެރިން ތުހުމަތު ކުރެއެވެ.

ތޫފާނުގެ ތިން ދުވަސް ފަހުން ވެސް ދުނިޔޭގެ އެންމެ އެންމެ ބާރުބޮޑު އެއް އަދި މެދުއިރުމަތީގެ އެކި ހިސާބުތަކުގައި ދަތުރުފަތުރު ކުރާ ހަބެއް ކަމަށްވާ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ފްލައިޓްތަކުގެ ބެކްލޮގް ކްލިއާ ކުރަން ދަތިތަކާއި ކުރިމަތިވެފައެވެ.

އަދި އާދީއްތަ ދުވަހާ ހަމައަށް ދެ ދުވަހަށް މީހުން އައުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    ތަރައްގީވެގެންގޮސް ހުރިހާކަމެއްފުރިހަމަވެއްޖެކަމަށްހީކޮށް ކިބުރުވެރިގެންތިއްބާވެސް ވާރޭވެހި ފެންވެސްބޮޑުވީދޯ ؟؟ މިނަށްވުރެން ޔަހޫދީވީމަ ކޯފާއެއްކަމަށް ގަބޫލުކުރަން

    10
    1
  2. ސިމާ

    އޫއޭއީ އަށް މިވަރުވީއިރުގަވަސް ދިވެހިސަރުކާރުން ތައުޒިޔާގެ މެސެޖުގަޑެއްހާ ހިސާބުވެސް ނުފޮޮނުވި.