ޔޫކުރޭނުން ރަޝިއާގެ ބިރަށް އެ ގައުމަށް އެމެރިކާ އިން ދީފައިވާ އަގުބޮޑު އެބްރަމްސް ޓޭންކުތައް ހަނގުރާމައިގެ ކުރީ ސަފުން އަބުރާ ގެނެސްފިއެވެ.

ޔޫކުރޭނުގެ އަސްކަރިއްޔާގެ އޮފިޝަލެއް ބުނެފައިވަނީ ރަޝިއާ އާއި ދެކޮޅަށް މިހާރު ޔޫކުރޭނުން ކުރަނީ ދިފާއީ ހަނގުރާމައެއް ކަމަށާއި އަބްރަމްސް ޓޭންކަރު ތަކަކީ ހަނގުރާމައިގައި ކުރިއަށް ދިޔުމަށް އެޓޭކިން ސުޓްރެޓެޖީ ތަކުގައި ބޭނުން ކުރާ ޓޭންކެއް ކަމަށެވެ. މި ސަބަބު ތަކަށް ޓަކައި މި ވަގުތު އެބްރަމް ޓޭންކުތައް ފަހަތައް ޖައްސާފައިވާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

ނަމަވެސް ޔޫކުރޭނުން އެބްރަމްސް ޓޭންކުތައް މި ފަހަތައް ޖެއްސީ ރަޝިއާ އިން ދެމުންދާ ޑުރޯން ހަމަލާތަކުން ހަލާކުވަމުންދާ އަބްރަމްސް މަރުކާގެ މޮޅު ޓޭންކުތައް ގިނަ ވުމުން ކަމަށް އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެއެވެ. ރަޝިއާ އިން އަމިއްލަ އަށް އުފައްދާފައިވާ ކަމިކާޒީ ޑުރޯންތަކުން ފާއިތުވި ދުވަސްތަކުގައި ވަނީ އެމެރިކާގެ މޮޅު ކަމަށް މަޝްހޫރު އަބްރަމްސް މަރުކާގެ ވަރަށް ގިނަ ޓޭންކުތައް މުޅިން ސުންނާފަތިކޮށްލާފައެވެ.

ރަޝިއާ ގެ ޑުރޯން ޓެކްނޮލޮޖީ ހީކުރި ވަރަށް ވުރެ މާ މޮޅު ކަމަށާއި ޔޫކުރޭނުގެ އަސްކަރިއްޔާ އަށް ރަޝިއާގެ ޑުރޯންތައް ހިފަހައްޓާނުލެވޭ ކަމަށާއި އަދި މިހާރު ޔޫކުރޭނުގައި ހުރި ރާޑަރު ތަކަށް ރަޝިއާގެ ކަމިކާޒީ ޑުރޯންތައް ދެނަނުގަނެވޭ ކަމަށާއި މިކަމުގެ ސަބަބުން ރަޝިއާގެ ހަމަލާއެއް އަންނާނެ ވަގުތު ނޭގި ޓޭންކުތައް އޮޕަރޭޓް ކުރާ ޔޫކުރޭނުގެ އަސްކަރިއްޔާގެ ސިފައިން ތިބެނޭ ބޮޑު ބިރުވެރިކަމެއްގައި ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ ދެ އޮފިޝަލުން ދަ އެސޯސިއޭޓް ޕުރެސް އަށް ވަނީ ނަން ހާމަނުކުރާ މަތިން ދިން އިންޓަވިއު އެއްގައި ބުނެފައެވެ.

އެމެރިކާ އިން ޔޫކުރޭނަށް އަބްރަމްސް މަރުކާގެ މޮޅު ޓޭންކުތައް ދީފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އޭރު ޔޫކުރޭނުގެ އަސްކަރިއްޔާ އިން ބުނަމުން ދިޔައީ އަބްރަމްސް ފަދަ މޮޅު ޓޭންކުތައް ލިބިއްޖެ ނަމަ ރަޝިއާގެ ދިފާއީ ލައިންތައް ފޫއަޅުވާލެވޭނެ ކަމަށެވެ. ނަމަވެސް އެމެރިކާގެ 31 ޓޭންކާއި އެކީ އެއް އަހަރު ދުވަހު ހަނގުރާމަ ކުރި އިރުވެސް ޔޫކުރޭނުގެ އަސްކަރިއްޔާ ވަނީ ރަޝިއާގެ އަސްކަރީ ލައިންތައް ފޫއަޅުވާލަން ނުކުޅެދިފައެވެ. އަދި ޔޫކުރޭނުގެ އަސްކަރިއްޔާ ބަލިކޮށް ރަޝިއާ އިން ވަނީ ޔޫކުރޭނުގެ އެތައް އަވަށެއް އެ ގައުމުގެ ބާރުގެ ދަށަށް ގެނެސްފައެވެ.

އަބްރަމްސް ޓޭންކުގެ އަގަކީ 10 މިލިއަން ޑޮލަރެވެ. އަދި ރަޝިއާ އިން އެ ޓޭންކުތައް ހަލާކު ކުރަނީ 40،000 ޑޮލަރަށް ހެދޭ ކަމިކާޒީ ޑުރޯންތައް ބޭނުން ކޮށްގެން ކަމަށް އަސްކަރީ ތަޖުރިބާ ކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އޭނާ

    ތިކިތަންމެވަރަކަށް ފޮރުވިޔަސް ރަޝިޔާއިންގޮއްވާނެ. ކޮބާދިންޕެޓްރިއޮޓް މިސައިލްސިސްޓަމްތައް، ލެޕާޑްޓޭންކްތައް، ބްރޭޑްލީތައް ހޯވިޒަރތައް ގޮއްވާހުސްކުރީމަ މިހާރު އެމެރިކާއިން ގްރީކްއައް ޕްރެޝަރކުރަނީ ގްރީކްގަހުރި ޕެޓްރިއޮޓް ސިސްޓަމް އާ އެސް 300 ސިސްޓަ ޔުކްރޭންއައް ދިނުމައް. އެކަމަކު ގްރީކުންއެތަކެތިނުދެވޭނެ ކަމައްބުނެފި. މާމޮޅު ޕެޓްރިއޮޓްސިސްޓަމެއްކަމައް އެމެރިކާއިން އަޑުއެރުވި. އެފް16މަރުކާގެ ޖެޓްތަކައްވެސްވާނީހަމައެހެނ32ްައުމުނުކުމެގެންވެސް ރަޝިޔާ ބަލިނުކުރެވިގެން ތިއުޅެނީ. ނުކުރެވޭނެ. ރަޝިއާއަކީ އެހެންބަލިކުރެވޭވަރައްވުރެ ރިސޯސްފުލް ގައުމެއް. ކަލޭމެންއެތަކެއްދަތިކުރުމުގެ ފިޔަވަޅުއަޅާފަހުރިއިރުވެސް އައިއެމްއެފްއިން ބުނަނީ ދުނިޔޭގެ އެންމެރަނގަޅު ގްރޯތްރަނގަޅު އެއްއިްޤްތިސާދުކަމައް. ޗައިނާއިންއެއަނަނީ އަހަރަކު އެތައްބިލިއަން އެމެރިކާގެ ޓްރެޝަރީބޮންޑް ޑަންޕްކުރަމުން. އެހެންވެ އެމެރިކާގެ ޓްރެޝަރީސެކްރެޓަރީ ބޭރައްހިންގާގެރިއެއްހެން އިރުކޮޅަކާ ޗައިނާއައްއެދަނީ. ކަލޭމެންއަތުންދުނިޔޭގެ ކޮންޓްރޯލްތިދަނީ. ޔަހޫދީންގެކަންތައްކޮޅުންލަނީ

    36
  2. އިންޓަލް

    ތި ކަމިކާޒޭ ޑްރޯންގެ ޓެކްނޮލޮޖީ ދިނީ އީރާނުން

    26
    1
  3. އޭނާ

    އިރާނުންދިނީ ޝާހިދު 136މަރުކާގެ ކަމިކާޒިޑްރޯން. އެޑްރޯންތައްބޭނުންކުރަނީ ޔުކްރެއިންގެ އެއަރޑިފެންސް ސިސްޓަމްތައް މޮޔަކޮއްލަން. އެމެރިކާއާބައިވެރިންގެ ޒަމާނީހަތިޔާރުތައް ރަޝިއާއިންގޮއްވަންބޭނުންކުރަނީ އެމީހުންގެ އަމިއްލައުފެއްދުމެއްކަމައްވާ ލެންސެޓް 3 މަރުކާގެ ޑްރޯން. މީރަޝިއާއިން ސީރީއާގަވެސް ބޭނުންކޮއް ކާމިޔާބުހޯދާފައިވާ ޒަމާނީހަތިޔާރެއްގެ އަޕްގްރޭޑް މޮޑެލްއެއް.