ޕާކިސްތާނުގައި އިންފްލޭޝަން ރޭޓް މަތިވެ ޒުވާނުން ކުށްތަކަށް އަރައިގަންނަ މިންވަރު އިތުރުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޕަންޖާބުގައި ދާދި ފަހުން ހިނގި ބޮޑު ފޭރުމުގެ ހާދިސާތަކުން މިކަން ފާހަނގަކުރެވޭ ކަމަށް އެގައުމުގެ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ދާދި ފަހުންވެސް ޕަންޖާބުގައި އޮތް ކައިވެނި ޕާޓީއަކަށް ދިޔަ ޒުވާން ދެ ކުދިން މުޅި ސަރަހައްދުން ކަރަންޓުން ކަނޑާލުމަށްފަހު މީހުންގެ މޮބައިލް ފޯންތަކާއި ފައިސާތަކުގެ އިތުރުން ބޭނުން ހިފޭނެ އެހެނިހެން ތަކެތި ވަނީ ވަގަށް ނަގާފައެވެ. ކައިވެނިކުރި އަންހެން ކުއްޖާގެ އަތް ދަބަސްވެސް އެމީހުން ގެންދިޔައެވެ. އޭރު އެ އަތްދަބަހުގައި އަގު ބޮޑު ފޯނަކާއި 2 މިލިޔަން ރުފިޔާ ހުންނާނެ ކަމަށް ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ޕާކިސްތާނުގެ ކަރާޗީއަކީ ކުށްގިނަ ސަރަހައްދެއްކަން ފާހަގަކުރެވެއެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން 2022 އާއި 28 މާރޗް 2024 އާ ދެމެދު ކަރާޗީއިން ކުށްތަކަށް އަރައިގަތް 250 މީހުން ބަޑިޖަހައި މަރާލާފައިވާއިރު 1،052 މީހުން ވަނީ ކުށުގެ ވެށިން ޒަޚަމްވެފައެވެ. ފުލުހުންނާއި ހަވާލާދީ ރިޕޯތްތައް ބުނާގޮތުން 2022 ވަނަ އަހަރު ކުރިންވެސް ވައްކަން ކޮށްގެން 30 މީހުން މަރާލާފައިވީ ނަމަވެސް އެ އަހަރު ނިމުނު އިރު މި އަދަދު 111 އަށް ވަނީ އަރާފައެވެ.

ޕާކިސްތާނުގައި ފާއިތުވީ ތިން އަހަރަށް ބަލާއިރު އިންފްލޭޝަން މަތިވެ އިޤްތިސާދީ ގޮތުން ގައުމުގެ ހާލަތު ދަށްވެފައިވާއިރު މަގުމަތީގައި ހިންގާ ކުށްތައް ގިނަވެއްޖެ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. ކުށްތައް ގިނަވުމުގެ ސަބަބުން ފުލުހުންނާއި ކަމާއި ބެހޭ އެހެން އިދާރާތަކަށް އާންމުން ކުރަމުން އަންނަ އިތުބާރުވެސް ގެއްލިފައިވާ ކަމަށް ސީޕީއެލްސީގެ ކުރީގެ ވެރިޔާ ޝަރަފުއްދީން މެމޮން ވަނީ ވިދާޅުވެފައެވެ.

ޕަންޖާބުގެ އެކި ސަރަހައްދުތަކުގައި ފާއިތުވީ 5 އަހަރުތެރޭ ވައްކަމާއި ފޭރުން، މޯބައިލް ފޭރުމާއި، މީހުން ރަހީނުކޮށްގެން ފައިސާގެ ޑިމާންޑު ކުރުން، ޖިންސީ އަނިޔާ ފަދަ ކުށްތަކުގެ 15 އާއި 30 ޕަސެންޓާ ދެމެދުގެ މިންވަރަކަށް އިތުރުވެފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން ލާހޯރު ވަނީ ކުށްކުރުމުގައި ހައްދު ފަހަނައަޅާފައިވާ ސަރަހައްދެއްކަން ފުލުހުން ފާހަގަކުރެއެވެ.

ކަމާއިބެހޭ މާހިރުން ބުނާގޮތުން ޕާކިސްތާނުގައި އިންފްލޭޝަން ރޭޓް އިތުރުވަމުން އަންނަނީ އާބާދީ އިތުރުވެ ތައުލީމީ ފެންވަރު ދަށްވެ، ވަޒީފާގެ ފުރުސަތު ނުލިބި އާމްދަނީ ލިބޭނޭ ވަސީލަތްތައް މަދުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޭނާ

    ކަލޭމެންއަޅެ ރިޝްވަތާ ކޮރަޕްޝަންގެކަންތައްތަންކޮޅެއް މަދުކޮއްޤައުމާދޭތެޜޭވިސްނަބަލަ. ކަލޭމެންނަކީކުރީގަ އިންޑިއާއައްވުރެވެސް ޓެކްނޮލޮގީގެގޮތުންކުރީގައޮތް ޤައުމެއް ކޮރަޕްޝަނާ ސިޔާސީކޯޅުންތަކާހެދި ޤައުމުގަތިބި މޮޅެތިމީހުންތައް އެހެންޤައިމުތަކައް ހިޖްރަކޮއްހުސްވަމުންތިދަނީ. ސިޔާސީހަމަޖެހުންތިޤައުމައް އަންނާނީ ތިޤައުމުގެ އަސްކަރިއްޔާ ސީޔާސީކަންކަމުގެތެރެއައް އަތްބޭނުންހުއްޓާލިދުވަހަކުން. ތިޤައުމައްސިޔާސީހަމަޖެހުންއަޔަނުދޭން އެންމެބޮޑައްމަސައްކަތްކުރަނީ އެމެރިކާއާއިއެމީހުންގެބައިވެރިން. އެއީތީއިސްލާމީޤައުމަކްވެ އަދިނިއުކުލިއަރ ހަތޮޔާހުރިހަމައެކަނި އިސްލާމީޤައުމުކަމައްވާތީއާ އިންޑިއާރުއްސަންވެގެން. އިންޑިއާ ރުއްސަންއެމެރިކާބޭނުންވަނީ ޗައިނާއާއި ރަޝިއާދެކޮޅައް އިންޑިއާބޭނުންކުރަންވެގެން. ރަޝިއާގެ ފޮރިންމިނިސްޓަރ ދާދިފަހުންބުނެފައޮންނާނެ އެމެރިކާއައް އިންޑިއާގެމަޗައްނުފޫޒު ނުފޯރުވޭނެކަމައް. އެއީވަރައްބޮޑުތެދެއް. އެމެރިކާގެނުބައިރޭވުމުގެ ޝިކާރައަކައްއަބަދުވެސް ޕާކިސްތާންއޮންނަނީވެފަ. އެއީކޮރަޕްޝަންގެ ސަބަބުން. ކަލޭމެންވިސްނާތީތިބަދަލުކުރޭ.