ފަލަސްތީނާއި ދެކޮޅަށް އެންމެ ގަދައަށް ވާހަކަ ދައްކަމުން އައި، އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ، އިޓަމާ ބެން-ވީރު އަށް ކުރިމަތިވި އެކްސިޑެންޓްގައި އޭނާގެ މޭކަށިގަނޑުން ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އޭނާ އެކްސިޑެންޓް ވެފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި އިސްރާއީލުގެ ސިޓީއެއްގައި އުމުރުން 18 އަހަރުގެ އަންހެނަކަށް ވަޅިން ހަމަލާދިން މައްސަލައިގައި އޭނާ އެސަރަހައްދަށް ދަތުރު ކުރަމުން ދަނިކޮށް، އޭނާ ދުއްވާފައި ދިޔަ ކާރެއްގައި އެހެން ކާރަކުން ޖެހިގެންނެވެ.

މި ހާދިސާގައި އޭނާގެ ކާރު ފުރޮޅާލާފައިވާއިރު، އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އޭރު ހާމަކޮށްފައެއް ނުވެއެވެ.

ގުދުސްގެ އެއިން ކެރީމްގައި ހުންނަ ހަޑަސާ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ހަވާލާދީ މީޑީއާތަކުން ބުނެފައިވަނީ މި އެކްސިޑެންޓްގައި އޭނާގެ މޭކަށިގަނޑުން ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް ހަށިގަނޑުގެ ބޭރުން ވެސް ކުދިކުދި އަނިޔާވެފައިވާ ކަމަށާއި އެހެން ކަމުން ދުވަސްކޮޅަކަށް އޭނާ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެވޭނެ ކަމަށެވެ.

މި އެކްސިޑެންޓްގައި އޭނާއާއި އެކީ ދަތުރު ކުރަމުން ދިޔައީ ހަމައެކަނި އޭނާގެ ހަށިފާރަވެރިންނެއް ނޫނެވެ. އޭނާގެ އަންހެން ދަރިންގެ ތެރެއިން އެއް ކުއްޖަކު ވެސް އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި ހުރި ކަމަށާއި އޭނާއަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ނަމަވެސް ފަރުވާ ދިނުމަށްފަހު އޭނާ ގެއަށް ފޮނުވާލާފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ބެން-ވީރަކީ ފަލަސްތީނުގެ ކުށެއް އެތަކެއް ބަޔަކާއި ދެކޮޅަށް އިސްރާއީލުން ހިންގަމުން އަންނަ ޖަރީމާތަކަށް ތާއިދުކޮށް، އެކަންކަން ކުރިއަށް ގެންދިއުމަށް ހިތްވަރުދެމުން އަންނަ، ފަލަސްތީނުގެ ރައްޔިތުން ނެތިކޮށްލަން ވާހަކަ ދައްކަވަމުން އަންނަ މިނިސްޓަރުންގެ ތެރެއިން ކުރީ ސަފުގައި އުޅޭ އެއް މިނިސްޓަރެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޚަލީލް

    އެ ލުއްޗާ މަރެއް ނުވިދޯ؟ ބިންދައިގެން ދިޔަ ކަށިގަނޑު ރަނގަޅުނުވެ އެގޮތަށް ވޭނުގައި އުމުރު ހޭދަކުރަން ޖެހިއްޖެއްޔާ ރަނގަޅުވާނެ.

    33
  2. 2222

    ކުއްތާ ފުނޑުންނަމަ ކިހާ ރަނގަޅު

    22
  3. އާން

    ހާދަ ހިންހަމަޖެހޭހަބަރެއް އަނިޔާވެރިގޮތުގައި ނިންމަވާށި އަލްޙަމްދުލިއްލާހި

    25
  4. ޢަބު

    ޢެންމެ ކަށިގަނޑެއްބާ!

    10
  5. ދަނބިދޫ މީހާ

    ހަމަހެޔޮ

  6. Anonymous

    الحمدالله. އެވަރުވެސް ކުޑަ އެވޭނުގައި އެކަލޭގެ ހަލާކު ކުރައްވާށި. އާމީން.

    32
  7. ލަތީފު

    ބޭޑް ކަރްމާ

  8. ހުސޭނުބޭ

    ޔާﷲ! އެ ނުލަފާ މީހާއަށް އެ ކަމުގެ ވޭން މަތިމައްޗަށް އިތުރުކުރައްވާންދޭވެ!

  9. ހިލްމު

    އަލްހަމްދުﷲ. އަވަހަށް މަރުވެ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ގަދަފަދަ ޢަޒާބަށް ހުށައޮޅިދިއުމަށް އެދި ދުޢާކުރަން

  10. މުޙައްމަދު

    ކުއްތާއަށް ހުރިހާ ބައްޔެއް އެއްފަހަރާ ޖައްސަވާށި

  11. ގުދުގުދާބެއްޔާ

    އިޒްރޭލުމީހުންނަކީ އީސާގެ ފާނު ރަސޫލެއްކަމަށް ގަބޫލު ކުރާބައެއްނޫން! މިނުލަފާ ކަލޭގެ އެވޭނުގަ އޮވެ މަރުވެއްޖެނަމަ ހާދަ ރަގަޅުވާނެ!