ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޖެހިޖެހިގެން ބާރުގަދަ ބިންހެލުންތަކެއް މިއަދު އައިސްފިއެވެ.
އެގޮތުން އިންޑޮނޭޝިއާގެ ސުމަޓްރާގެ އުތުރުގެ ސަރަޙައްދަށް ރެކްޓަރ މިންގަނޑުން 4.8 ގެ ބާރުމިނުގައި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ބިންހެލުމެއް އައިއިރު، އެޤައުމަށް އޭގެ ފަހުން އެޤައުމަށް ވަނީ ރެކްޓަރ މިންގަނޑުން 5.2 ގެ ބާރުމިނުގައިވެސް ބިންހެލުމެއް އައިސްފައެވެ. އިންޑޮނޭޝިއާއަށް ދެވަނަ ބިންހެލުން އައީ ކެޕުލައުއާން ބާރަތް ދަޔާ ނަމަކަށްކިޔާ އެޤައުމުގެ ހުޅަނގުދެކުނުގެ ޖަޒީރާ ރަށްތަކެއް އެކުލެވޭ ސަރަޙައްދަކަށެވެ.
އިންޑޮނޭޝިއާއަށް ދެވަނަ ބިންހެލުން މިއަދު އައި ވަގުތު، އެޤައުމާއި 7548 ކިލޯމީޓަރު ދުރުގައި އޮންނަ ނިއުޒިލޭންޑަށްވެސް ވަނީ ހަމަ އެ ބާރުމިނުގައި (ރެކްޓަރ މިންގަނޑުން 5.2) ބިންހެލުމެއް އައިސްފައެވެ. މީގެ އިތުރުން މިއަދު މެންދުރުގެ ވަގުތެއްގައި އިންޑިއާ ކަނޑުގެ ހުޅަނގު ދެކުނުގެ ސަރަޙައްދަކަށް ވަނީ ރެކްޓަރ މިންގަނޑުން 6.0 ގެ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. މި ސަރަޙައްދަށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ރެކްޓަރ މިންގަނޑުން 4.9 ގެ ބާރުމިނުގައިވެސް ބިންހެލުމެއް އައިސްފައި ވެއެވެ.
އަދި ދާދި ދެންމެއަކު އޯޝަނިއާގެ ދެ ޤައުމެއް ކަމަށްވާ ފިޖީ އާއި ސޮލޮމަން އައިލޭންޑަށް ރެކްޓަރ މިންގަނޑުން 5.5 އަށްވުރެ ބާރުގަދަ ދެ ބިންހެލުމެއް އައިއިރު، އެމެރިކާގެ ސްޓޭޓެއްކަމަށްވާ އަލަސްކާގެ އުތުރުގެ ސަރަޙައްދަކަށް ވަނީ ރެކްޓަރ މިންގަނޑުން 5.3 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައެވެ.
ޖެހިޖެހިގެން މިފަދަ ބިންހެލުންތައް އައުމަކީ، ބޮޑު ބިންހެލުމެއް އަންނާން އުޅޭކަމުގެ ނިޝާނެއް ކަމަށް ސައިންސްވެރިން ކުރިން ބުނެފައި ވެއެވެ. އެ ބިންހެލުން އަންނާނީ ސީދާ ކޮންތަނަކަށް ކަމެއް ބުނަން އެފަރާތްތަކަށް ނޭނގުނު ނަމަވެސް، އެ ބިންހެލުމުގައި ދުނިޔެއަށް އަރައި ނުގަނެވޭވަރުގެ ގެއްލުން ލިބި، ބިންހެލުމަށްފަހު އުފެދޭ ސުނާމިއެއްގައި ދުނިޔޭގެ ޗާޓަށްވެސް ބަދަލު އަންނަހައި ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.
މިއަދު ޖެހިޖެހިގެން ބިންހެލުން އައި އިންޑޮނޭޝިއާ ސަރަޙައްދަކީ މިހާތަނަށް ދުނިޔެ ދެކެފައިވާ އެންމެ ބާރުގަދަ އަދި ގެއްލުން ބޮޑު ބިންހެލުން އައި ސަރަޙައްދެއްކަން ފާހަގަކޮށްލެވެއެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާއަށް ރެކްޓަރ މިންގަނޑުން 9.2 ގެ ބާރުމިނުގައި އައި އެ ބިންހެލުމާއި ގުޅިގެން ރާއްޖެ ހިމެނޭގޮތަށް ސަރަޙައްދީ ޤައުމުތަކަށް ސުނާމީ އަރައި، ތިންލައްކަ އާއި ގާތްކުރާ ޢަދަދަކަށް މީހުން މަރުވިއެވެ.
ސުބުހާނަﷲ
ސުބުހާނަﷲ
ސުބުހާނަﷲ
ސުބުޙާނަﷲ
ސުބުޙާނަﷲ
ސުބުޙާނަﷲ