ރަޝިޔާގެ ޖަޒީރާ ރަށްތައް ހިމެނޭ ސަރަޙައްދަކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މި ބިންހެލުން އައިސްފައިވަނީ އަލިފާން ފަރުބަދަތައް ގިނަ، ކުރިލް އައިލޭންޑްސްގެ އުތުރުގެ ސަރަޙައްދަކަށް، މެގްނިޓިއުޑް މިންގަނޑުން 6.7 ގެ ބާރުމިނުގައެއެވެ.
މި ބިންހެލުން އައީ، އެ ސަރަޙައްދުން ބިމުގެ 469 ކިލޯމީޓަރު އަޑިންނެވެ. ބިންހެލުން އައި ވަގުތު ގިނަ ބަޔަކަށް ބިންހެލުމުގެ ލޮޅުންތައް އިހުސާސް ކުރެވިގެން ރިޕޯޓްކޮށްފައިވާ ކަމަށް ނޫސްތަކުން ބުނެއެވެ. ނަމަވެސް ބިންހެލުމާއި ގުޅިގެން މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބުނު ކަމެއް އެފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މިއަދު ރަޝިޔާއަށް ބިންހެލުން އައި ސަރަޙައްދަށް، މެގްނިޓިއުޑް މިންގަނޑުން 5.0 އަށްވުރެ ބާރުގަދަ ބިންހެލުންތަކެއް އިއްޔެވެސް އައިސްފައި ވެއެވެ.
ޕެސިފިކް ސުނާމީ ވާނިންގ ސެންޓަރުން ބުނެފައިވަނީ، މިއަދު ރަޝިޔާއަށް އައި ބާރުގަދަ ބިންހެލުން އައި ފުން މިނާއި އޭގެ ބާރުމިނަށް ބަލާއިރު، ސުނާމީއެއް އުފެދުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.
-އިތުރު ތަފްސީލު އަންނަނީ-
الحمد لله
މުޅި ޝާމްކަރަ ތަޅާ ސުންނާފަތިކޮށްފަ ތިބިބަޔެއް، ކިތައް ކިތައް މައުސޫމް މުސްލިމުން ޝަހީދުކޮށްފަ ތިޔަތިބީ؟ الله އަކްބަރް...... އަދި ޕުޓިން މިވަގުތު ހުރިތަނަށް ޔާ ﷲ ޒަލްޒަލާއެއް ފޮނުވާންދޭވޭ......