އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޯނު ކޯލްތައް ޗައިނާއިން އަޑު އަހާކަމަށް ނިއު ޔޯކް ޓައިމްސްއިން ތުހުމަތުކޮށްފިއެވެ.

ނިއު ޔޯކް ޓައިމްސްއިން އާންމު ކުރި ރިޕޯޓްގައި ބުނެފައިވަނީ، ބޭރުގެ އެހެން ސަރުކާރުތަކާއި، ބޭރުގެ އޮފިޝަލުންގެ މެދުގައި ކުރެވޭ މުއާމަލާތްތައް އަޑުއެހި އެހުމުން، ޗައިނާއާއި ރަޝިޔާއިން ވެސް ޓްރަމްޕްގެ ފޯނު ކޯލުތައް އަޑުއަހާކަން ކަށަވަރު ކުރެވިފައިވާކަމަށެވެ.

" ޗައިނާއިން މިފަދަ ގޮތަކަށް އެއްކުރާ މައުލޫމާތު ދެން ބޭނުން ކުރަނީ އެމެރިކާގެ ސިޔާސަތުތައް އެކި ގޮތްގޮތުން ނުފޫޒު ފޯރުވުމަށް. ޓްރަމްޕްގެ ފޯނު ކޯލުތައް ރަޝިޔާއިން އަޑު އަހަމުންދާކަމުގެ އިންޒާރު ޓްރަމްޕްގެ އަރިސް އޮފިޝަލުން ވަނީ ދީފައި ނަމަވެސް އެ ފޯނު ދޫކޮށްލެއްވުމަށް ޓްރަމްޕް އިންކާރު ކުރޭ" ނިއު ޔޯކް ޓައިމްސްގެ ރިޕޯޓްގައިވެއެވެ.

ޓްރަމްޕުވަނީ އެ ތުހުމަތުތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު ރަޝިޔާ އަކީ އެކުވެރިޔެއްގެ ގޮތުގައި ސިފަކޮށްފައެވެ. މިކަމާ މެދު އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީއާއި އެމެރިކާގެ އެތައް ރައްޔިތުންނެއް ނުރުހުން ފާޅުކުރިނަމަވެސް އެމީހުންގެ ގޮވުންތަކަށް ޓްރަމްޕުގެ ސަރުކާރުން އިޖާބައެއް ނުދިނެވެ.

އެމެރިކާއަށް ހެޔޮ އެދޭ އެކުވެރި ގައުމުތަކާ އޮތް ގުޅުން ބީރައްޓެހި ކުރަމުންދާ އެމެރިކާގެ 45 ވަނަ ރައީސް ޑޮނަލްޑް ޓްރަމްޕު އަންނަނީ އެމެރިކާގެ ޒަމާނީ ހަތުރުންނާއި އެކު އެކުވެރިކަމާ ގާތް ގުޅުންތައް އުފައްދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު