ދުނިޔޭގެ އެންމެ ބޮޑު ބުދު އަންނަ ހަފްތާގައި ދައްކާލުމަށް އިންޑިއާއިން ތައްޔާރު ވެއްޖެއެވެ.
އިންޑިއާގެ މިނިވަން ކަމަށް ގިނަ މައްސަކަތްތަކެއް ކުރެއްވި ސަރުދާރް ވައްލަހްބާއި ޕަޓޭލް އަށް ނިސްބަތްކޮށް ހަދާފައިވާ އެ ބުދު އާންމުންނަށް ހުޅުވާލަން ހަމަޖެހިފައި ވަނީ މިމަހު 31 ގައެވެ.
1،850 މެޓްރިކް ޓަނުގެ ބްރޮންޒް ބޭނުން ކޮށްގެން ހަދާފައިވާ މި ބުދު ގެ އުސްމިނުގައި 597 ފޫޓް ހުރެއެވެ. މިބުދު ހަދާފައިވަނީ އިންޑިއާގެ ގުޖުރާތުގެ ނަރްމަދާ ކޯރުގެ މަތީގައިއެވެ.
މި ބުދު ހެދުމުގެ މަސްރޫއަކީ 410 މިލިއަން ޑޮލަރު ހަރަދުކޮއްގެން 2010 ވަނަ އަހަރު މޮޑީ ގުޖުރާތުގެ ޗީފް މިނިސްޓަރު ކަން ކުރި އިރު ހަވާލު ކުރެވުނު މަޝްރޫއެކެވެ. މި ބުދު އިމާރަތް ކުރަން ފަންޑު ހޯދީ ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ދިން އެހީގައެވެ.
އެހެން ނަމަވެސް އިންޑިއާގެ ގިނަ ރައްޔިތުން ދަނީ މިކަމަށް ދެކޮޅުހަދައި، މި މަޝްރޫއަށް ހަރަފު ކުރަން ހަމަޖައްސާފައިވާ ލާރިން އެގައުމުގައި ބޯހިޔާ ވަހިކަން ނުލިބިފައިތިބިފަރާތް ތަކަށް އެހީ ވުމަށާއި ގޮވާލާ އެޕްރޮޖެކްޓާއިމެދު ނުރުހުން ފާޅުކުރަމުންނެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޮޑީ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުގައި މީހުން އަބަދުވެސް ދައްކަނީ އެމެރިކާގެ ސްޓެޗޫ އޮފް ލިބާރޓީގެ މޮޅުކަމުގެ ވާހަކަ ކަމަށެވެ. މި ސްޓެޗޫ ވެގެންދާނީ މިހާރު އެމެރިކާގަވެސް އަދި ދުނިޔޭގެ އެންމެ އުސް ސްޓެޗޫ އޮފް ލިބަރޓީ އަށް ވުރެން ތިން ގުނަ އުސް އަދި ރިއޯޑިޖެނެއިރޯގެ ކްރިސްޓް ރެޑީމަރ އަށްވުރެ ފަސް ގުނަ އުސް ސްޓެޗޫ އަކަށެވެ.
މިހާރު ދުނިޔޭގެ އެންމެ ބޮޑު ބުދަކީ ޗައިނާގެ ސްޕްރިންގ ޓެމްޕަލް ބުއްދާ.
.އަނެއްކާ މި ރަާއްޖެ އަށް ތިގޮލާގެ ގުނަވަން ތައް ނުފޮނުވާނެބާ މިހާރު މިބައިމީހުން މިބުނަނީ އަލުން ގުޅުން ބަދަހި ކުރާ ވާހަކަ ވިއްޔަ މިކަމަކީ އާގޮތެއް ތާ.
ގުނަވަންތަކޭ... ތިހާބޮޑު ސޮރެއްގެ އެސޮރު ހާދަބޮޑުވާނެއޭދޯ..
ހެހެހެ1 ބަނޑައް ޖެހިފަ ތިބި ރައްޔިތުންނަށް ބަނޑުފުރާނަމުއްތި ކޮއްދިނިޔާ މާރަގަޅެއްނު؟
ދެން އެއްމެ އަވަހަށް ފެންނާނީ ދިވެހިރާއްޖޭގައި ތިފަދަ ބުދެއް ހުޓާ. މޮނިޔުމަންޓެއްގެ ނަމުގައި. އެއީ އިލްޔާސާ އިއާޒްގެ އަޤީދާ ވަރުގަދަ ކުރުމަށްޓަކައި ކުރާ ކަމެއް
ދެން ތިޔަށް އަޅުކަން ކުރަން ދިވެހިންނަށް މަޖުބޫރުކުރުވާ!
ތި އަވަހަށް މުގުުރާލާ
މޯދީ ބޭނުންވަނީ މަހާތުމާ ގާނދީގެ މަތިން މީހުން ހަނދާން ނައްތާލާ މި ސަރުދާރު ޕަޓޭލަކީ ގާނދީ އަށްވުރެ މުހިއްމު މީހެއް ކަމަށް ދައްކަން އެގައުމުގެ ގިނަ މީހުން ގަބޫލުކުރާގޮތް ބަދަލު ކުރުވުން ބޭނުމަކީ އެހެން ނޫންނަމަ ގާނދީގެ ބުދެއް ހަދާފަ ބަހައްޓަންވީނު
ގައުމުގެ 60 ޕަސެންޓަކީ ފަގީރުންނޭ ލަދެއްނުގަނޭތަ ގެރިމޯދީ މާމޮޅު ކަމެއް ކަމައް ދައްކަން
ބަލާތި ތިބުދު އާމުކުރާތާ 5 ގަޑިއިރު ތެރޭ ބިމާހަމަ ކޮށްލާނަން ވ ވާހަކަ މީ