ނިމިގެން ދިޔަ 2018 ވަނަ އަހަރު އިސްރާއީލުން މުސްލިމުން މެރި އަދަދަށް ވުރެ ގިނައިން އިންޑިއާ އިން މުސްލިމުން މަރާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
"އަލް ގުދުސް އަލް އަރަބީ" އިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު އިސްރާއީލުން ވަނީ ފަލަސްތީނުގެ 318 މީހަކު ޝަހީދުކޮށްލާފައެވެ. އިންޑިއާ އިން ވަނީ ކަޝްމީރުގައި ދިރިއުޅޭ 355 މުސްލިމަކު މިދިޔަ އަހަރު ޝަހީދުކޮށްލާފައެވެ.
އިސްރާއީލުން މިދިޔަ އަހަރު ވެސް އެންމެ ގިނަ މީހުން ޝަހީދު ކޮށްފައި ވަނީ ޣައްޒާގައެވެ. ޣައްޒާގެ 271 މުސްލިމަކު ޝަހީދުވިއިރު ހުޅަނގު އައްސޭރިން ވަނީ 42 މީހުން ޝަހީދުކޮށްލާފައެވެ. ޝަހީދުވި ފަލަސްތީން މީހުންގެ ތެރޭގައި 57 ކުޑަކުދިން ވެސް ހިމެނެއެވެ.
ކަޝްމީރުގައި މިދިޔަ އަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ގިނަ އަދަދެއްގެ މުސްލިމުން ހައްޔަރު ވެސް ކޮށްފައި ވެއެވެ.
އިސްރާއީލަށް ވުރެ ގިނައިން އިންޑިއާ އިން މުސްލިމުން މަރާފައި ވާއިރު ފަހަކަށް އައިސް އިންޑިއާ ގައި މުސްލިމުންނަށް ދެމުންދާ ހަމަލާތައް ވަނީ އިތުރުވެފައެވެ. މުސްލިމުންނާއި މެދު އިންޑިއާ ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުން އިތުރުވަމުން ދިޔަ ނަމަވެސް އިންޑިއާ ސަރުކާރުން އެކަން ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.
އިންޑިއާގެ ހާލަތު މިހާރު ބަދަލު ވަމުންދާ ގޮތައް ބަލާއިރު ކައިރި މުސްތަގުބަލެއްގައި މުސްލިމުންނާއި ހިންދޫންނާއި މެދު ބޮޑު ހަމަނުޖެހުންތަކެއް ހިންގަން ފަށާފާނެ ކަމުގެ އިންޒާރު ވެސް ބައެއް ފަރާތްތަކުން ދެއެވެ.
މިހާރު އިންޑިއާގައި ވެރިކަން ކުރަމުން އަންނަ ބީޖޭޕީ އަކީ ހަރުކަށި ހިންދޫންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއިދު ކުރާ އަދި އެސިޔާސަތުތައް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ޕާޓީއެކެވެ.
އެހެންވެ އެލެކްސް އިންޑިއާ ދެކެ އެހާ ގަޔާވަނީ !
އިންޑިއާއިން ވަރަށް އިހާނެތިކޮށް މުސްލިމުން މަރާހަދާ. ޚާއްސަކޮށް ކަޝްމީރުގައި އެތައް ބަޔަކު ގެއްލުވާލަނީ ބަޑިޖަހާ މަރައިގެން. އިންޑިއާއަކީ ހަމަ އެކަނި ހިންދޫންގެ ގައުމަކަށް ހަދަން މިހާރުގެ ސަރުކާރުން ވަރަށް މަސައްކަތްކުރޭ. ނުބައި މޯދީއެއް ވެރިކަމުގައި ހުރީ.
ދެން ހަޖަމްކޮށްލާ. އުޅެވޭ ގޮތެއް ނޭނގެންޔާ ވާނެ އެހެން