އެމެރިކާގެ ރައީސްގެ ސިއްޙީ ހާލުކޮޅު، އޭނާ ފަލަ ނަމަވެސް، ރަނގަޅު ކަމަށް ވައިޓް ހައުސްގެ ރަސްމީ ޑޮކްޓަރު ޝޯން ކޮންލޭ ވިދާޅުވެއްޖެ އެވެ.

އިއްޔެ ކުރިޔަށް ދިޔަ 4 ގަޑިއިރުގެ ޗެކްއަޕް އަކަށްފަހު ޑރ ޝޯން ވިދާޅުވީ، ޓްރަންޕްގެ ސިއްޙީ ހާލުކޮޅު ރަނގަޅު ކަމަށާއި ސިއްޙީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. މި ޗެކްއަޕްގައި 11 ސްޕެޝަލިސްޓަކުވަނީ ބައިވެރިވެފައެވެ.

އުމުރުން މިހާރު 72 އަހަރުގެ ޓްރަންޕްގެ މިހާރުގެ ބަރުދަނަކީ 110 ކިލޯއެވެ. މިއީ މިދިޔަ އަހަރުގެ މިދުވަހާ އަޅާ ބަލާއިރު، 2 ކިލޯގެ ބަރުވުމަމެކެވެ. ޓްރަންޕް ބެއްލެވި ޑޮކްޓަރުން ވިދާޅުވެފައިވަނީ ޓްރަންޕްގެ އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން ބަރު ކަމަށެވެ. ޓްރަންޕްގެ އިސްކޮޅުގައި ހުންނަނީ 6 ފޫޓް ތިން އިންޗިއެވެ. މިހެންކަމުން ޓްރަމްޕުގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އަކީ 30.4 ކެވެ. މިއީ ކްލިނިކަލީ ބަލާއިރު ފަލަމީހުންގެ ބީއެމްއައި އެެވެ.

ރައީސް ކަމަށް އިންތިޚާބުވުމުގެ ކުރިން ޓްރަންޕްވަނީ އޭނާއަކީ ސިއްޙީ ގޮތުން އެންމެ ރަނގަޅު ރައީސް ކަމަށްވާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެކި ފަހަރު މަތިން ވައިޓް ހައުސްގެ ޑަކްޓަރުންވަނީ ޓްރަންޕް 4.5 ކިލޯ ލުއި ކުރުމަށް ނަސޭހަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު