ސޯޅަ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމުގެ ކުށް ސާބިތުވުމާއި ގުޅިގެން، އިންޑިއާގެ ފާދިރީއެއް 20 އަހަރަށް ޖަލަށް ލުމަށް އެގައުމުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ރޮބިން ވަޑައްކުމްޗަރީ ހައްޔަރު ކޮށްފައިވަނީ ކެނެޑާއަށް ފުރަން ވެގެން، ކޮޗިން އެއަރޕޯޓުގައި ހުއްޓައެވެ. ވަޑައްކުމްޗަރީ އޭނާ ހައްޔަރު ކުރި ހިސާބުން މައްސަލައިގެ ހެކިބަސް ދޭން ތިބި ފަރާތްތަކުން ވަނީ ހެކިބަސް ދޭން ދެކޮޅު ހަދާފައެވެ.

އިންޑިއާގެ ކެރެލާގެ އަންހެން ކުއްޖާ ރޭޕްކުރިކަން އެނގުނީ އެ ކުއްޖާ ބަނޑު ބޮޑުވެ، ވިހެއިވެސް ފަހުންނެވެ. ވަރުގަދަ ފާދިރީ ސަލާމަތް ކުރުމަށްޓަކައި އަންހެން ކުއްޖާގެ ބައްޕަ ވެސް ވަނީ އެ ކުއްޖާ ރޭޕް ކުރީ ތިމަންނާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ފާދިރީ ބުނެފައި ވަނީ އެކަން ހިންގީ އަންހެން ކުއްޖާވެސް ރުހުމުގައި ކަމަށް ކޯޓުގައި ބުނެފައެވެ.

މި ހާދިސާ ހިންގަން މެދުވެރިވީ މަންމަ ދަރިފުޅު މި ތިން ފާދިރީނާއި އެކު ފޮނުވާލުމާއި ގުޅިގެނެވެ. މި ތިން ފާދިރީން ވަނީ ބަދަލެއްގެ ގޮތުން 1 ލައްކަ ރުފިޔާ އެމީހުންގެ ގެ މަރާމާތު ކުރަން ދޭނެ ކަމަށް ބުނެފައެވެ.

މި ހާދިސާ ހިންގާފައިވާއިރު ދާދި ފަހުން އިންޑިޔާގެ ހަރިޔާނާގައި 120 އަންހެނަކު ރޭޕްކޮށް އަދި ރޭޕް ކުރި މަންޒަރު ވީޑިއޯ ކުރި ފާދިރީއަކު ޖަލުން ވަނީ މިނިވަންކޮށްފައެވެ.

ފާއިތުވި ހައެއްކަ އަހަރު ތެރޭގައި އިންޑިއާގައި ޖިންސީ ގޯނާ ކުރާ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވުމުން ޤާނޫނުތައް ހަރުކަށިކޮށް ރޭޕް ކުރާ މީހުންގެ އަދަބު ބޮޑުކުރި ނަމަވެސް މައްސަލައަށް އެއްވެސް ހައްލެއް ނާންނަކަމަށް ދިރާސާތަކުން ދައްކައެވެ. ސަބަބަކީ އަދަބު ދެވެނީ ކުށް ކުރާ މީހުންގެ ތެރެއިން ވަރަށް މަދު އަދަދެއްގެ މީހުންނަށް ކަމަށް ވާތީ ކަމުގައި ވެސް އިންޑިއާގެ ހާލަތު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަޢިސާ

    ނޫސްތަކުގައި މިހާރު ކުށް ގިނަކަމުން ލިޔެފަ ހުންނަ ޢަދަދުތައް އެއީ ތެދެއްކަމަށް ގަބޫލުކުރަން އުނދަގޫ

    3
    6
  2. ވަދީހު

    އިންޑިޔާގައި ތިގޮތައް ރޭޕް ކުރާ ކިތައް ފާރިދީ އުލޫނެ ތަ އަހަންނަށް ހީ ވަނީ އިންޑިޔާގައި އުޅޭ ހުރިހާ ފާރިދީން ނަކީ ހުސް ރޭޕް ކުރާ މީހުންހެން..

  3. ބޮޑުފާދިރީ

    ފާދިރީން ވެއްޖެއްޔާ އެކުރަނީ ރޭޕެއްނޫން އެއީ އެމީހުންގެ ދީނީކަމެކޭކިޔައިގެން މީހުންގެ ބޮލަށް ވައްދާދީފަ ހުންނަނީ. އިންޑިޔާގަ ވެއްޖެއްޔާ ފާދިރީއަކުވިޔަސް ހާމުދުރަކުވިޔަސް ޕަންޑިތުޖީ ވިޔަސް ތިކަން ނުކޮށެއް ނުހުންނާނެ ކޮބާތަ ހީރޯ ސަލްމާންޚާން މެން