ދުނިޔެއިން ބޭރަށް ބާރުގަދަ ކުރަން އެމެރިކާއިން "ސްޕޭސް ފޯސް" އަސްކަރީ ގޮތްޕެއް ޖައްވުގައި ގާއިމު ކުރުމަށް ކުރަން ޖެހޭ ފުރަތަމަ މަރުހަލާގެ ކަންކަން ކުރުމަށް އެމެރިކާގެ ރައީސް އަމުރެއްގައި ސޮއިކުރައްވައިފިއެވެ.
ޓްރަންޕް މި ސޮއިކުރި އަމުރުގެ ދަށުން "ސްޕޭސް ފޯސް" އުފެއްދުމަށް ހަދަން ޖެހޭ ގާނޫންތަށް ހެދުމުގެ މަސައްކަތްތަށް ކުރިއަށް ދާނެއެވެ. "ސްޕޭސް ފޯސް" އުފައްދަން އެމެރިކާގެ ކޮންގުރެސްގެ ހުއްދަ ބޭނުން ވާނެއެވެ.
ޖައްވުގައި ގަދަބާރަކަށް އެމެރިކާ ވާންޖެހޭ ކަމަށް ބުނެ ޓްރަންޕް ވަނީ އެމެރިކާ އަސްކަރިޔާގެ ހަވަނަ ގޮތްޕެއްގެ ގޮތުގައި "ސްޕޭސް ފޯސް" އުފައްދަން އެމެރިކާގެ އަސްކަރީޔާއަށް އަމުރު ކޮށްފައެވެ.
އެމެރިކާގައި އެއާ ފޯސް އަދި ސްޕޭސް ފޯސް ވެސް އޮންނައިރު ޓްރަމްޕް ބުނީ އެ ދެ ގޮފި ހިނގަން ޖެހޭނީ ވަކިވަކިން ކަމަށެވެ. އުފައްދާތާ ފުރަތަމަ ފަސް އަހަރު ތެރޭ ވެސް ޖައްވީ އަސްކަރީޔާއަށް 13 ބިލިއަން ޑޮލަރު ހަރަދު ކުރާނެއެވެ. ޓްރަންޕްގެ އަމާޒަކީ 2020 ވަނަ އަހަރު އަންނަން ވާއިރަށް "ސްޕޭސް ފޯސް" ގާއިމު ކުރުމެވެ.
ބައިނަލްއަގުވާމީ ގާނޫނުތަށް ބުނާގޮތުން ޖައްވުގައި އަސްކަރީ ބޭސް ހެދުމާއި ސުންނާފަތިކުރުވާ ފަދަ ބަރު ހަތިޔާރު ޖައްވުގައި ގުދަންކުރުން، ގެންގުޅުން އަދި ބޭނުންކުރުމަކީ އެއްވެސް ގައުމަކަށް ހުއްދަ ކަމެއް ނޫނެވެ.
ޖައްވުގައި ގަދަބާރަކަށް ވުމަށް ރަޝިޔާ އަދި ޗައިނާ ވެސް ގަދަ ހިފުމެއްގައި ތިބިއިރު، ޓްރަމްޕް ވަނީ މީގެ ކުރިން ހަނދުގައި އެމެރިކާ ސިފައިން ގާއިމް ކުރާނެ ކަަމަށް ބުނެ އެކަމުގެ ތައްޔާރީތަށް ފެށުމުގެ ގޮތުން ނާސާ އާއެކު މަޝްވަރާ ވެސް ކޮށްފަ އެވެ.
ތިޔަކަމަށް މިހާރުވެސް ތަމްރީނު ލިބިފަތިބި ބަޔަކު މިގައުމު ގައި އެބަތިބި އެއީ ރީނދޫ ލާދީނީ ފިކުރުގެ ގުންޑާއިން. އަވަހަށް ގެންދޭ.
ސާބަސް. މިކަންވެސް ސިޔާސީ ކަމަކަށް ހަދާ. ޔާގުންޑާގެ ސަޕޯޓަރުން.
މީއީ ފާޑުފާޑުގެ ފިލްމުތައް ބެލީމަ އަންނަ މޮޔަ ހިޔާލު... ދުނިޔޭގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ތިޔަ ފައިސާ ޚަރަދުކުރާނެނަމަ