އިންޑިއާގެ އެންމެބޮޑު ވައިގެ ޝޯވ "އޭރޯ އިންޑިއާ" ޝޯވ ކުރިއަށްދިޔަ ޔެލަހަންކާ އެއާބޭސް ސަރަހައްދުގައި ރޯވެ 300 ކާރު އަނދައި ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުން އިންޑިއާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ބެންގަލޫރުގައި ޝޯވ ކުރިއަށް ދިޔަ ސަރަހައްދުގައި އަލިފާން ރޯވުމުގެ ސަބަބުން ގާތްގަނޑަށް ތިންސަތޭކަ ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.
މި ހާދިސާގައި އެތަނުގައި ރޯވި އަލިފާންގަނޑު އިންޑިއާގެ އަލިފާން ނިއްވާ ފަރާތްތަކުން ބުރަ މަސައްކަތަކަކަށް ފަހު ވަނީ ނިންވާލާފައެވެ. އަލިފާންގަނޑު އެހާ ބާރަށް ފެތުރިގެންދިޔައީ ޖެހެމުންދިޔަ ގަދަ ވައިގެ ސަބަބުންނެވެ.
އަލިފާން ރޯވުމުގެ ސަބަބުން މުޅި ހިސާބަށް ކަޅު ބޯ ދުންގަނޑު ފެތުރިގެންދިޔަ މަންޒަރު އިންޑިއާގެ ހަބަރު ފަތުރާ ޓީވީ ޗެނެލްތަކުން ދައްކާފައި ވެއެވެ. މިހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ނުވެއެވެ.
މި ހާދިސާ އިންޑިއާގެ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ. ކާރު ޕާކު ކުރާ ސަރަހައްދުގައި އަލިފާން ރޯވީ މީހަކު އެއްލި ސިނގިރޭޓެއްގެ
ސަބަބުން ވިނަގަނޑުގައި އަލިފާން ހިފުމުން ކަމަށް މިހާތަނަށް ބެލި ބެލުމުން އެންގޭ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.
މި ހާދިސާ ހިންގާފައިވާއިރު މިދިޔަ އަންގާރަ ދުވަހު ވަނީ ވައިގެ ދަތުރުފަތުރުގެ ހާއްސަ ޝޯއަށް ޕްރެކްޓިސް ކުރަމުން ދަނިކޮށް އިންޑިއާގެ ވައިގެ ސިފައިންގެ ލަޝްކަރުގައި ބޭނުން ކުރާ ދެ ޖެޓް ވައިގެ ތެރޭގައި އެކްސިޑެންޓްވެ، ދެ ޖެޓް ވެސް ގޮވައިފައެވެ.
ވެއްޓުނު ދެ ޖެޓްގައި ތިން ޕައިލެޓުން ތިއްބެވެ. ތިން މީހުން ވެސް ވަނީ ރައްކާތެރި ކަމާއި އެކު ވައިކުޑައިގައި ސަލާމަތް ވެފައެވެ. އެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އިންޑިޔާގެ މުސްލިމުންނަށް ކުރާ އަނިޔާތަކުގެ ހިތި ބަދަލު ތިޔަ ދަނީ ފެންނަމުން
މުސްލިމުންނައް ގޯނާކުރާ ބައިގަނޑަށް ހުންނާނެ ހިތިރަހަލާފަ. އަލްޙަމްދުލި ﷲ.
ތިކަންވެސް އަޅުވާ ޕާކިސްތާން ބޮލުގަ.
الحمد لله އަސްލާމުންނަށް އަނިޔާކުރާ މިބައިގަނޑަށް މުސީބާތްތަށް ޖައްސަވާފާންދޭވެ
امين
އަލްހަމްދުﷲ