ސައުދީ އަރަބިއްޔާގެ ވަލީ އަޙްދް މުޙައްމަދު ބިން ސަލްމާން އާއި އޭނާގެ ބައްްޕަ ސައުދީގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް އާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދިގެން އުޅޭ ކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.

ބޭރުގެ މީޑިޔާތަކުން ބުނެފައިވަނީ ސައުދީގެ ވަލީ އަޙްދާއި ސައިދީގެ ރަސްގެފާނާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވަނީ ޔަމަނުގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައިގައި ނިންމި ނިންމުންތަކުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުުން ވަލީ އަޙްދުގެ ލަފައާ ޚިލާފަށް ސަލްމާން ރަސްގެފާނު މިޞްރަށް ވަޑައިގަތުމާއި އިތުރު ބައެއް ކަންކަމުގައިވެސް ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް ބުނެއެވެ.

މީގެ އިތުރުން ތުރުކީގައި މަރާލާފައިވާ ސައުދީގެ ނޫސްވެރިޔާގެ މައްސަލައިގައިވެސް ވަލީ އަޙްދާއި ރަސްގެފާނާ ދެމެދު ޚިޔާލުތަފާތުވުންތަކެއްވަނީ އުފެދިފައެވެ.

ދަ ގާޑިއަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަލީ އަޙްދު ކަންތައް ކުރައްވާ ގޮތެއް ސަލްމާން ރަސްގެފާނަކަށް ކަމަކު ނުދެއެވެ. މީގެ ތެރޭގައި ޤައުމުތަކާ ބަހައްޓަވާ ގުޅުންތައްވެސް ހިމެނެއެވެ. ދާދިފަހުން ސައުދީގެ ވަލީ އަޙްދު އިންޑިޔާއަށް ދަތުރުފުޅެއް ކުރައްވާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. moޮosa

    Thivaanި dhogakah