އިތިއޯޕިއާއިން ކެންޔާގެ ނައިރޯބީއަށް އިއްޔެ ދަތުރު ކުރި އިތިއޯޕިއަން އެއާލައިން ބޮއެން 737ގެ ފްލައިޓް ވެއްޓުމުގެ ހާދިސާގައި ފްލައިޓުން ދަތުރުކުރި އދ ގެ 19 އޮފިޝަލަކުވެސް މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އދ ގެ ހިޖުރަވެރިންގެ ކަންކަމާއި ބެހޭ އެޖެންސީގެ ވެރިޔާއާ ހަވާލާދީ ޗެނަލް ނިއުސް އޭޝިއާއިން ރިޕޯޓް ކުރާ ގޮތުގައި އިއްޔެ ހިންގި މިހާދިސާގައި ބޯޓުން ދަތުރު ކުރި 157 މީހުން މަރުވެފައިވާއިރު، މަރުވި މީހުންގެ ތެރެއިން 19 މީހަކީ ނައިރޯބީގައި އޮތް ކޮންފަރެންސް އަކަށް ދިޔަ އެއިދާރާގެ އޮފިޝަލުންނެވެ.

މަރުވި 19 އޮފިޝަލުންގެ ތެރޭގައި އދ ގެ ދަށުން ހިންގަމުން އަންނަ ވޯލްޑް ފްޑް ބޭންކް , ވޯލްޑް ރެފުޖީ އެޖެންސީ , ވޯލްޑް ބޭންކް ގެ އޮފިޝަލުން ވެސް ހިމެނެއެވެ.

ރޮއިޓާސްއިން މައުލޫމާތު ދީފައިވާ ގޮތުގައި ފްލައިޓް ވެއްޓުނު އިރު، 149 ފަސެންޖަރުންނާއެކު ކްރޫގެ އަށް މެމްބަރުން ފްލައިޓްގައި ދަތުރުކުރިއެވެ.

މަރުވި 157 މީހުންގެ ތެރޭގައި 35 ގައުމަކަށް ނިސްބަތްވާ ރައްޔިތަކު ތިބި އިރު އޭގެ ތެރޭގައި އެމެރިކާ , އިގިރޭސި ވިލާތް , ފްރާންސް, ސައުދީ , އަވައްޓަރެއި އިންޑިއާގެ ރައްޔިތުންވެސް ހިމެނެއެވެ.

އިތިއޯޕިއަން އެއަރލައިން އިން ބުނެފައިވަނީ އެ ފްލައިޓް ފުރާފައިވަނީ އިތިއޯޕިޔާ ގަޑިން 8:38 ގައި ކަމަށާއި އަދި ފްލައިޓް ފުރިތާ މާގިނަ އިރުތަކެއް ނުވެ، ފްލައިޓް ވެއްޓިފައިވާ ކަމަށެވެ. އަދި ފްލައިޓް ފުރިތާ 6 މިނެޓް ތެރޭގައި ފްލައިޓާ ކޮންޓެކްޓް ގެއްލިފައިވާ ކަމަށް ފްލައިޓް ޓޭކް އޮފް ކުރި ބޯލް އިންޓަރނޭޝަނަލް އެއަރޕޯޓުން މަޢުލޫމާތު ދެއެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި ހަމަ މިމަރުކައިގެ ފްލައިޓެއް ވަނީ ވެއްޓިފައެވެ. އެފަހަރު ފްލައިޓް ވެއްޓިފައިވަނީ އިންޑޮނޭޝިޔާއަށެވެ.