އިންޑޮނީޝިއާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން މި ބިންހެލުން އައިސްފައި ވަނީ، އިންޑޮނީޝިއާގެ ބޯނިއޯގެ އިރުމަތީ ފަޅީގައި އޮންނަ ޖަޒީރާ ރަށެއް ކަމަށްވާ ސުލަވެސީއަށެވެ. މި ބިންހެލުން އައީ އެ ސަރަޙައްދުގެ ބިމުގެ 17 ކިލޯމީޓަރު އަޑިންނެވެ.

ޔުނައިޓެޑް ސްޓޭޓް ޖިއޮލޮޖިކަލް ސާވޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބިންހެލުން އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 7.0 ގެ ބާރުމިނުގައެވެ. ނަމަވެސް ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމިލޮޖިކަލް ސެންޓަރުން ބުނެފައިވަނީ ބިންހެލުން އައީ ރެކްޓަރ މިންގަނޑުން 6.7 ގެ ބާރުމިނުގައި ކަމަށެވެ.

މި ބިންހެލުމާއި ގުޅިގެން ސުލަވެސީއަށް ލިބުނު ގެއްލުމެއް އަދި އެނގިފައެއް ނުވެއެވެ.

މިދިޔަ ހަފްތާގައިވެސް މި ސަރަޙައްދަށް ބާރުގަދަ ބިންހެލުމެއް އައިސްފައި ވެއެވެ. ރެކްޓަރ މިންގަނޑުން 5.0 ގެ ބާރުމިނުގައި އައި އެ ބިންހެލުމުގެ ލޮޅުންތައް ގިނަ ބަޔަކަށް އިހުސާސް ކުރެވިގެން ރިޕޯޓް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު