އިއްޔެ އައި ބާރުގަދަ ބިންހެލުމެއްގައި 11 މީހުން މަރުވެ ބައެއް އިމާރަތްތަކަށް ގެއްލުން ލިބިފައިވަނިކޮށް މީގެ ކުޑަ އިރުކޮޅެއް ކުރިން ފިލިޕީންސަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާގޮތުގައި މިއަދު ބިންހެލުން އައީ ފިލިޕީންސްގެ އިރުމަތީ ސަމަރުގެ ސެން ޖޫލިއަން ސަރަހައްދަށެވެ. މިބިންހެލުން އައިސްފައި ވަނީ 6.6 މެގްނެޓިއުޑްގެ ބާރުމިނުގައި ބިމުގެ 17 ކިލޯ މީޓަރު އަޑިއަށެވެ. ބިންހެލުން އައި ސަރަހައްދަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލް ސަރަހައްދެކެވެ.
ބިންހެލުން އައި ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނި ގޮތުގައި ބިންހެލުމުގެ ސަބަބުން އެމީހުން ދިރުއުޅޭ ގެތަށް ވަރަށް ބޮޑަށް ހެލުނެވެ.
ބިމްހެލުމާއި ގުޅިގެން ސުނާމީ އިންޒާރެއް ދީފައެއް ނުވެއެވެ. އަދި އެއްވެސް އިމާރާތެއް ވެއްޓި މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި ބިންހެލުން އައުމާއި އެކު އެސަރަހައްދުގެ އިމާރާތްތަކުން ވަނީ މީހުން ހުސްކޮށްފައެވެ.
This skyscraper's rooftop pool spilled everywhere while today's earthquake hit Manila https://t.co/lXWl8VwSZX pic.twitter.com/cNeMHXaxDl
— Gizmodo (@Gizmodo) April 22, 2019
އިއްޔެ މެގްނެޓިއުޓް 6.4 ގެ ބާރުމިނުގައި ފިލިޕީންސްގެ ވެރިރަށް މަނީލާ އައި ބިންހެލުމުގައި އެކަނިވެސް 100 މީހުން ޒަހަމުވިއިރު މިހާރުވެސް ދަނީ އިމާރަތްތަކުގެ ދަށުގައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މިއަދު ބިންހެލުން އައި ސަރަޙައްދަކި "ޕެސިފިކް ރިންގްސް އޮފް ފަޔަރ" ނަމަކަށްކިޔުނު ކަނޑުއަޑީގެ އަލިފާން ފަރުބަދަތަކުގެ މައްޗަށް އެކުލެވޭ ބިމުއަޑީގެ ދެ ޕްލޭޓެއް ގުޅޭ ސަރަޙައްދެކެވެ. މި ސަރަޙައްދަކީ އާދަޔާއި ޚިލާފަށް ބާރުގަދަ ބިންހެލުންތައް އައުމުގެ ފުރުސަތު ވަރަށް ބޮޑު ސަރަޙައްދެއް ކަމަށް ތަޖުރިބާކާރުން ވަނީ ބުނެއެވެ.