އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ ދިނުމުގައި ބައިވެރިވި ނިރުބުވެރިޔާ ބޮން ހަރުކޮށްގެން ޗާޗެއްގެ ތެރެއަށް ވަންނަ ވީޑިއޯއެއް ލަންކާގެ ޓީވީ ޗެނަލްތަކުން އާއްމު ކޮށްފިއެވެ.
ވީޑިއޯ އިން ފެންނަނީ އެންމެ ވަރުގަދަ ބޮމުގެ ހަމަލާ ދިން ނިގަންބޯގެ ޗާޗަށް ނިރުބުވެރިޔާ ވަންނަ މަންޒަރެވެ. ޗާޗްގެ ބޭރުގައި ހަރުކޮށްފައި ހުރި ކެމެރާ އަކުން ރެކޯޑް ކުރެވިފައިވާ ވީޑިއޯ އަކުން ފެންނަނީ އޭނާ ދަބަހެއް އަޅުވައިގެން ހިނގާފައި އައިސް ޗާޗަށް ވަންނަ މަންޒަރެވެ.
ޗާޗްގެ އެތެރޭގައި ހުރި ކެމެރާ އަކުން ވެސް ވަނީ އޭނާގެ މަންޒަރުތައް ރެކޯޑް ކުރެވިފައެވެ. އޭނާ ޗާޗްގެ ތެރެއަށް ވަންނަ އިރު މުޅި ޗާޗްގެ އެތެރެ އޮތީ ފުރިފައެވެ. ޗާޗްގެ ބޭރުގައި ވެސް މީހުން ތިއްބެވެ. އޭނާ ވަންނަނީ ޗާޗްގެ މެދުތެރޭގައި ހުރި ދޮރަކުންނެވެ.
ޗާޗްގެ މެދު ތެރޭގައި ހުރި ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއް ކައިރީ އޭނާ އިށީންނަށް އުޅޭ ހިސާބަށް ވީޑިއޯ އިން މަންޒަރުތައް ފެނެއެވެ. ބެލެވޭ ގޮތުގައި ވީޑިއޯ އިން ފެންނަނީ ބޮން ގޮއްވާލުމުގެ ސިކުންތު ކޮޅެއް ކުރިން އޭނާގެ ހަރަކާތްތައް ހުރި ގޮތެވެ.
ބޮމުގެ ހަމަލާ އަކީ އަނިޔާވެރި މަންޒަރަކަށް ވާތީ ބޮން ގޮއްވާލި މަންޒަރު ވީޑިއޯ އަކުން ނުދައްކައެވެ.
https://www.youtube.com/watch?v=KQsMSGiqFQk
ބޮން ހަރުކޮށްގެން ޗާޗްގެ ތެރެއަށް ވަދެފައި ވަނީ ޒުވާން އުމުރުގެ މީހެކެވެ. އޭނާ ދަބަސް އަޅުވައިގެން ހިނގާފައި ދިޔަ މަންޒަރު ބެލުމުން އެނގޭ ގޮތުގައި އޭނާ އުފުލާފައި ވަނީ ފުދޭވަރަކަށް ބަރު ދަބަހެކެވެ.
ލަންކާގެ އަށް ސަރަހައްދެއްގައި ބޮމުގެ ހަމަލާތައް ދީފައި ވަނީ ޖާނުންފިދާވެގެންނެވެ.
ބޮމުގެ ހަމަލާތަކުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 310 އަށް އަރާފައެވެ.
ބިރުވެރި އޭ ބުނެ މަންޒަރު އެއްކޮށް ނުދައްކަނީ ު ނުބަައެއް އުޅޭތީ. މުސްލިމުންގެ ބޮލުގައި އެޅުވުމަށް.
ޢަނެއްކާ ބަލާ ...އެ ވީޑިއޯ މުޅި ޢޭނަ އަށް ފޯކަސް ކޮށްފަ........ސޯ ފޭކް
މުޅި ދުނިޔެއަށް '' އައި އެސް '' ބަލިނުކުރެވެންވީ ކީއްވެބާ
އައިއެސް ބަލި ނުކުރެވެނީ އެމީހުންނަށް އެމެރިކާއިން ސިއްރުން ހަތިޔާރު ވިއްކާތީ! އެމެެރިކާ ހަތިޔާރު ވިކކަނީ މުސްލިމުން މަރާތީ!
ދެ ޕާޓީގައި ހިތްހަމަނުޖެހުންތަކެއް ނެތް، ތިބީ ޔާމީނާ އެކު ކަމަށް ޕީޕީއެމް ޕީއެންސީން ބުނުން އެއީ މަމެން އުފާ ކުރާ ކަމެކޭ އެކަމަކު ރައީސް ޔާމީން އެބަޖެހޭ ދެން ރާއްޖޭގެ ވެރިކަމާއި ދުރުގައި ހުންނަން ދިހަ އަހަރު ދުވަހުގެ މުއްދަތަށް މިހިނގާ މަޖްލީހުގެ އިންތިޚާބުގައި އެމްޑީޕީގެ މެމްބަރުންގެ ގޮނޑި ތަކެއް ގެއްލޭނެއޭ އެމެން ތްރީ ލައިން ވިޕާއި ޚިލާފުވުމުން ދެން އެއިން ގޮނޑިއަކަށް ރައީސް ޔާމީން ހޮވާނީއޭ ރައްޔިތު އެންމެން ނިކުމެ ޕީޕީއެމް ހިންގަން އުމަރާއި ހަވާލު ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ...