މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގެ ކޮލަމްބޯގެ އެކި ހިސާބުތަކަށް ދިން ބޮމުގެ ހަމަލާތަކުގައި މަދުވެގެން 45 ކުދިން މަރުވެފައިވާ ކަމަށް ޔުނިއިޓެޑް ނޭޝަންސް (ޔޫއެން) އިން ބުނެފިއެވެ.

ޔޫއެން އިން ބުނީ، އެ މަހަލާތަކުގައި 320 އަށްވުރެ ގިނަ މީހުން މަރުވިއިރު، އޭގެ ތެރޭގައި 45 ވަރަކަށް ކުޑަ ކުދިން ހިމެނޭ ކަމަށެވެ.

"މިހާތަނަށް މަރުވެފައިވާ ކުޑަކުދިންގެ އަދަދު 45 އަށް އަރާ"ޔޫއެންގެ ސްޕޯކްސް ޕާސަން ކްރިސްޓޮފް ބުންޏެވެ.

ކްރިސްޓޮފް ބުނީ، މި އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެއީ މިހާރުވެސް އެ ހާދިސާގައި ޒަހަމްވި އެތައް ކުދިންނެއް މަރާ ހަނގުރާމަ ކުރަމުން އަންނަކަމަށް އޭނާ ބުންޏެެވެ.

ބޮމުގެ ހަމަލާތަކުގައި ކުދިކުދި ޒަހަމްތައް ލިބުނު ބައެއް މީހުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ މީހުންގެ ތެެރެއިން އަދިވެސް ބައެއް މީހުންގެ ހާލު ސީރިއަސްއެވެ.

ލަންކާގެ އަށް ތަނަކަށް ދިން ބޮމުގެ ހަމަލާތަކުގެ ޝިކާރައަކަށް އެތައް ކުޑަކުދިންނެއް ވެގެން ދިޔައިރު، މި ހާދިސާތަކާއި ގުޅިގެން އެ ގައުމުގައި ކުއްލި ނުރައްކާ ހާލަތު ވަނީ އިއުލާނުކޮށްފައެވެ.

ބޮމުގެ ހަމަލާތަކާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ އަދަދު މިހާރު ވަނީ 30 އަށް އަރާފައެވެ.

ލަންކާގެ އަށް ސަރަހައްދެއްގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އަދިވެސް ލަންކާ އާއްމު ހާލަތަކަށް ނާދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މި

    ޔާﷲ