ލަންކާގެ ހަމަލާތަކުގައި ބައިވެރި މީހުންގެ ފޮޓޯ އައިސިސް އާއްމުކޮށްފި އެވެ.

ލަންކާގައި މީގެ ދެ ދުވަސް ކުރިން ދިން ހަމަލާގެ ޒިންމާ އައިސިސް ޖަމާއަތުން މީގެ ކުރިން ނަގާފައިވާއިރު، އެޖަމާޢަތުންވަނީ އެ ހަމަލާދިން ކަމަށް ބުނާ 7 މީހުންގެ ފޮޓޯ އާއްމުކޮށްފައެވެ.

އައިއެސް ޖަމާޢަތަކީ މީގެ ކުރިންވެސް ހަމަލާތަކުގެ ޒިންމާ ނަގަމުން އަންނަ ޖަމާއަތެކެވެ. ނަމަވެސް ހަމަލާތަކުގެ ޒިންމާ ނެގި ނަމަވެސް އެކަމުގެ ހެއްކެއް އައިސިސް އަކަށް ނުދެއްކެއެވެ.

އައިއެސް އިން މި ހަމަލާތަކުގެ ޒިންމާ ނެގިއިރު، އެ މީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ޖަމާއަތުން ހަމަލާތައް ދެނީ އެޖަމާއަތުގެ މީހުންނަށް ހަމަލާދޭ ގައުމުތަކުގެ މީހުންނަށް ކަމަށެވެ. އޭގެ އިތުރުން ދެން އެޖަމާއަތުން ހަމަލާ ދެނީ ކްރިސްޓިއަނުންނަށް ކަމަށެވެ.

އައިސް ޖަމާއަތަކީ އިސްލާމުންގެ ނަމުގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާއަތެކެވެ. އެ ޖަމާއަތުން ވަނީ ދީނުގެ ނަން ބޭނުންކޮށް، ބޮޑެތި ގަތުލް އާންމުތަކަށް ހިތްވަރު ދީފައެވެ.

މިދިޔަ އާދީއްގަ ދުވަހު ލަންކާގެ އަށް ތަނަކަށް ވަނީ ހަމަލާދީފައެވެ. އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 300އަށްވުރެ މައްޗަށް ވަނީ އަރާފައެެވެ. އަދި 500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކިނބޫ

    އެއީ މުސްލިމުންގެ އަދާވާތްތެރި ޔަހޫދީންގެ ޖަމާއަތެއް. މުސްލިމުންގެ ނަން ބޭނުން ކުރަނީ މުސްލިމުންނަށް ދުނިޔެ ދަތި ކުރަން ވެގެން

    23
    1
    • ގަމާރުމޯލްޑިވިއަންމ

      ގަޅިވިޔަސް ފުދޭ ވަރަކައް ބޮޑު

      2
      9
  2. Samaaira

    ކީއްވެ ޔަހޫދީންނަށް ނުދެނީ ތި ކަމުގަ އިސްކޮށް އުޅެނީ ޔަހޫދީން ނޫންބާ އިސް ލާމިކް ސްޓޭޓޭ ކިޔައިގެން އިސްލާމުންގެ ނަން ޚަރާބުކުރަން މިބައިގަނޑު ދުވަހަކު ވެސް ޔަހޫދީންނަކަށް ހަމަލާއެއް ނުދޭ އެމީހުން މުސްލިމުންނަށް އެހާ އަނިޔާ ކުރާއިރުވެސް

    23
    1
  3. ކުސުމް

    ހުސް ފޭކު. ތިހާ ކެރޭ ބަޔަކު ނަމަ ކީއްވެ މޫނު ފޮރުވައިގެން ތިތިބެނީ. ޙުޅަނގުގެ ޕަޕެޓުން ހަމަ. އެމީހުން ކުޅެން ގެންގުޅޭ ބުދު ކޮއްކޮ. އިސްލާމުންނާ އެންމެ ދެކޮޅު އެއް ގައުމު އެމެެރިކާ! ކިއްވެ އެތަނަށް އެއްކަމެއްވެސް ނުވަނީ ތިހެންވިއްޔާ؟ އިސްލާމް ދީނަށް ހުތުރު އަރުވާ މުސްލިމުންނަށް ތުރާ ކުރަން ކާފަރު ބައިގަޑަކު ކުޅޭ ގޭމް ހަމަ.

    20
  4. ވިސްނާ

    ރޭވުމެއް.... އެންމެ މީހަކުފިޔަވާ ދެންތިބި މީހުން ކާކުކަން ނޭގޭގޮތަށް މޫނުނިވާކުރުން.
    ރުފިޔާ ދިނީމަ ޖާނުންފިދާވުން....

    15
  5. ވިސްނުން

    އަލެފަހެ ލަންކާއިން އައިއެސް އާއި ހަގުރާމަ ކުރަނީ.....
    އިޒްރާއިލް.އެމެރިކާއަށް ހަމަލާއެއް ނުދެވެނީ ކީއްވެބާ

    19
  6. ޢަބްދުﷲ

    ތިޔައީ އިސްލާމުންގެ ނަން ހުތުރުކުރުމަށް ހުޅަގުން ވާގިވެރިވާ ބައެއްކަމަށް ބޮޑަށްބެލެވެނީ.

    18
    1
  7. ޕްރައިވެޓް

    މި މީހުން ދެން މާ ވަރުގަދަ ބައެއް މީ، މި މީހުން އެއްވެސް ބައެއް ލަންކާ ގެ ބޮމުގެ ކަންތަކުގެ ޒިންމާ ނުނެގީމަ، މިމީހުން ޗާންސްގެ ބޭނުން ހިފާފަ މިއޮތީ ، އަސްލު މީ ފޭކް ފޮޓޯއެއް ، މި މީީހުންގެ މިހާރަކު މާބާރެއްނެތް ، އައިއެސް އޭ ކިޔައިގެން މީހުން ބިރުގަންނަވަން މިއުޅެނީ،

    5
    1
  8. ކިެބެ

    މިތާ ހުންނަ ކޮންމެންޓުތަކުން އެނގޭ އަހަރެމެންގެ ރާއްޖޭގެ ހާލަތު. މިއޮތީ މުޅި ރާއްޖެ އައިސިސް ވެފަ. ވަގުތުވެސް.

    10