އިންޑިޔާގެ ބިހާރް ސްޓޭޓްގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއްގެ ސަބަބުން ހަލުވި ކަމާއެކު ކުޑަކުދިން މަރުވަމުން އަންނަ ކަމަށް އެޤައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިބަލި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކަމަށާއި މިއަހަރު މިހާތަނަށް 100 ކުއްޖަކު މިބަލި ޖެހިގެން މަރުވެފައިވާ ކަމަށެވެ، އިންޑިޔާގައި މިބަލި އެންމެ އާއްމު ކަމާއެކު ފެތުރެމުންދަނީ ގަދަ ހޫނާއިއެކު އެންމެ ގިނައިން މަރުވާ އަވަށުން ކަމަށެވެ. އަދި މިކަން މިގޮތަށް ދިމާވަނީ އިންޑިޔާގެ މި ސްޓޭޓްގައި ސިއްޙީ ޚިދުމަތްތައް ދޯދިޔާ ކަމުން ކަމަށް ބެލެވޭ ކަމަށްވެސް އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓްކުރެއެވެ.

މަރުވި 100 ކުދިންގެ ތެރެއިން 80 ކުދިން މަރުވެފައިވަނީ ސަރުކާރުގެ ހޮސްޕިޓަލެއްގައެވެ. މީގެ ކުރިންވެސް މި ހޮސްޕިޓަލުގައި ފަރުވާ ނުދެވިގެން ބައެއް ކުދިންނާއި މީހުން މަރުވަމުން އަންނަ ޝަކުވާތަށް މިހޮސްޕިޓަލުން ފަރުވާ ކުރާ ފަރާތްތަކުންދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު