ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި އިނގިރޭސިވިލާތުގެ ކުންފުންޏެއްގެ ތެޔޮ ޓޭންކަރަކަށް އީރާން ސިފައިން ހުރަސް އަޅާ، ތެޔޮ ޓޭންކަރު އީރާން ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

އީރާންގެ ދައުލަތުގެ ޓީވީ އިން ވަނީ އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް ހިފަހައްޓާފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ވެސް ވަނީ އީރާނުން ތެޔޮ ޓޭންކަރަށް ހުރަސް އެޅިކަމާއި، މިހާރު ތެޔޮ ޓޭންކަރާއި ގުޅުން ކެނޑިފައިވާކަން ކަށަވަރު ކޮށްދީފައެވެ.

އިނގިރޭސިވިލާތުގެ ސްޓެނާ ބަލްކް ނަމަކަށް ކިޔާ ކުންފުނީގެ ތެޔޮ ޓޭންކަރު ހިފަހައްޓާފައި ވަނީ ސައުދީ އަރަބިއްޔާގެ އަލް ޖުބައިލް ބަނދަރުން ތެޔޮ ބަރުކޮށްގެން ދަތުރު ކުރަމުން ދަނިކޮށެވެ. އެއީ 30000 ޓަނުގެ ތެޔޮ ބަރުކުރެވޭ ޓޭންކަރެކެވެ.

އީރާންގެ ދައުލަތުގެ މީޑިއާ އިން ބުނީ ތެޔޮ ޓޭންކަރު ސިފައިންގެ ބާރުގެ ދަށަށް ގެންދިޔައީ ބައިނަލްއަޤުވާމީ ކަނޑުގެ ޤަވައިދުތަކަށް އަމަލު ނުކުރާތީ ކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އީރާން ސަރުކާރުން އަދި ދީފައެއް ނުވެއެވެ.

ތެޔޮ ޓޭންކަރުގެ ވެރިފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ސްޓެނާ އިމްޕެރޯ ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަށް ކުޑަ އުޅަނދަކާއި ހެލިކޮޕްޓަރަކުން ހުރަސް އެޅިކަމުގެ ރިޕޯޓް ތެޔޮ ޓޭންކަރުން ފޯރުކޮށްދީފައިވާ ކަމަށާއި އޭގެ ފަހުން ތެޔޮ ޓޭންކަރުގެ ޚަބަރެއް ނުވާ ކަމަށެވެ.

"މިހާރު އުޅަނދާއި ގުޅަން ކުރަމުންދާ މަސައްކަތް އަދި ކާމިޔާބެއް ނުވެއެވެ. އުޅަނދަށް ހުރަސް އެޅިއިރު ދަތުރު ކުރަމުން ދިޔައީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުންނެވެ." ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ ތެޔޮ ޓޭންކަރުގައި 23 ފަޅުވެރިން ތިބޭނެ ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓް މިހާތަނަށް ލިބިފައި ނުވާކަމަށެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން އިނގިރޭސިވިލާތުން ވެސް ވަނީ އީރާންގެ ތެޔޮ ޓޭންކަރެއް ހިފަހައްޓާފައެވެ.

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރާ ތެޔޮ ޓޭންކަރުތަކަށް އީރާނުން ހުރަސް އެޅުމަކީ ހާލަތު އިތުރަށް ގޯސްވެ ކުރިމަތިލުމެއް ވެސް ފެށިދާނެ ސަބަބެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސަން ޒަރީރު

    އީރާނުގެ ތެޔޮޓޭންކަރު ހިފެއްޓީމަ ކަމަކަށް ނުވިއަސް މިފަހަރު ވާނެ ކަމަކަށް ދެން މިކަން ގޯސްވާނެހިސާބަށް އެމީހުން ބޭނުންވާ ކަންތަށް މިވީ

    15
    1
  2. އީރާން

    އީރާނަށް އެނގޭ ހުޅަނގުގެ ގައުމުތައް އީރާނާ ކުރިމަތިލައި ހަނގުރާމަކުރާކަށް މިވަގުތު ބޭނުން ނުވާކަން. އީރާނަށް އެނގޭ ހަނގުރާމައެއް ފަށައިފިއްޔާ ރަޝިޔާއިންނާއި ޗައިނާއިން ހަތިޔާރާއި ޓެންކޯލޮޖީގެ އެހީ ލިބޭނެކަން. ހުޅަނގަށްވެސް މިކަން އެނގޭ. ޔޫރަޕްގެ ބާރުތަކާއި އެމެރިކާއިން ސީރިޔާއަށް ސްކޮޑް މިސައިލުން ދިން ހަމަލާތައް ނާކާމިޔާބުވުމަކީ މިއަދު ހުޅަނގުގެ ގައުމުތަކުން ހަނގުރާމަކުރަން ޖެހިލުންވާ ސަބަބު. އެމީހުންނަށް އެނގޭ ރަޝިޔާގެ އެންޓި މިސައިލް ސިސްޓަމްތަކުގެ ކުރިމަތީގައި އެމީހުންނަށް މާބޮޑު ބާރެއް ނުދެއްކޭނެކަން.

  3. ދެކޮޅު

    އިނގިރޭސިން ކުރީމަ މައްސަލަހަތު އޮވޭ އީރާނުން ކުރީމާ އަނެއްކޮޅު އެމެރިކާއިން އީރާގު ސުއްނާފަތިކޮއް އެތައްހާސް މީހުންމަރާ ކުޑަކުދިން ރޭޕްކުރީމާ ހަންގުރާމާގެ ޖަރީމާ އޫއެންއިން ބަލާނެ މުސްލިމު ގައުމުތައް އަތްޖަހަން.