އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޓެންނިސީގެ ނަޝްވިލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭމަތިން ސައުތް ވެސްޓް އެއާލައިންސްގެ ދެ މަތިންދާ ބޯޓް ޖެހި ގެއްލުން ތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިންގަން މެދުވެރިވީ އެންޓްލާންޓާއަަށް ފުރަން ރަންވޭމަތިން އުދުއްސާލަން ދިޔަ ބޯޓެއް އެޕްރޯންއަށް ޕާކް ކުރަމުން ދިޔަ ބޯޓެއްގައި ޖެހިގެންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބަކީ ވިއްސާރަވެ ލޮލުގެ ކޮޅަށް ފެންނަ ހިއްސާބު (ވިޒިބިލިޓީ) ނުސާފުކޮށް އޮތުމުން ކަމަށް ރިޕޯޓްތަށް ބުނެއެވެ.

މި ހާދިސާގައި އެޓްލާންޓާއަށް ދާން ނައްޓާލި ބޯޓުގެ ފިޔަގަނޑަށް ވަނީ ގެއްލުންވެފައެވެ.

ދެ ބޯޓު ޖެހި ހިނގި މިހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވާއިރު މިދިޔަ އަހަރު އެމެރިކާގެ ނިއުޔޯކްގެ ލަގާރޑިއާ އެއަރޕޯޓުން ފުރައިގެން ޑަލަސްއަށް ދަތުރުކުރި އެމެރިކާގެ ސައުތުވެސްޓް އެއަރލައިންސްގެ މަތިންދާ ބޯޓެއްގެ އެއް އިންޖީނު ގޮވައި، އަންހެނަކު ވަނީ މަރުވެފައެވެ.

ސައުތުވެސްޓް އެއަރލައިންސްގެ ބޮއިންގ 737 ގެ ފްލައިޓް 1380 ގެ އިންޖީނު ގޮވީ ލަގާރޑިއާ އެއަރޕޯޓުން ފުރިތަނާއެވެ.

އެ ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ބައެއް މީހުންވަނީ ފޭސްބުކް ލައިވް-ސްޓްރީމް ވެސް ކޮށްފައެވެ. އެ ހާދިސާ ހިނގުމާއެކު ބޯޓް ވެއްޓިދާނެ ކަމަށް ބަލާ މަތިންދާ ބޯޓްވަނީ ކުއްލި ހާލަތުގައި ފިލަޑެންފިއާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައެވެ.