އިސްރާއިލްގެ ޔަހޫދީން ދިރިއުޅޭ އަވަށެއް ކަމަށްވާ ލޮޓެމްގެ ބިޔަ ޖަންގައްޔެއްގައި އަލިފާން ރޯވެ ފެތުރެން ފަށައިފިއެވެ.

މިއަދުގެ ވަގުތެއްގައި އެ ޖަންގަލީގައި ރޯވެ އަނދަމުންދާއިރު، ރޯވެފައިވާ އަލިފާންގަނޑު ދަނީ ކޮންޓްރޯލް ނުވެ އިތުރަށް ފެތުރެމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި، މި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރެމުން ދިއުމާއި ގުޅިގެން އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ވަނީ ނުރައްކަލާއި ކުރިމަތިވެފައެވެ.

ލޮޓަމްގައި އޮންނަ ޖަންގައްޔެއްގައި އަލިފާން ރޯވެ އާންމުން ދިރިއުޅޭ ސަރަޙައްދުތަކާއި ހަމައަށްވެސް އަލިފާނުގެ އަސަރު ކޮށްފާނެ ކަމަށް ބެލެވިގެން މިހާރު އެ އަވަށުން ބައެއް މީހުން ވަނީ ރައްކާތެރި ސަރަޙައްދުތަކަށްވެސް ބަދަލު ކޮށްފައެވެ. އަދި އެ އަވަށުގައި ދިރިއުޅޭ އެނޫން ފަރާތްތަކަށް ދުމުގެ ސަބަބުން ނުރައްކަލަކާއި ކުރިމަތިވެދާނެ ކަމަށްޓަކައި ގެތަކުގެ ދޮރުތައް ބަންދުކޮށްގެން ތިބުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު ލޮޓަމް ހިމެނޭ ސަރަޙައްދުގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި އިސްރާއިލްގެ ކަމާއި ބެހޭ އިދާރާތަކުގެ އޮފިޝަލުން މިހާރު ހަރަކާތްތެރިވަމުންދާއިރު، އަލިފާންގަނޑު އަދި ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. މި އަލިފާނުގެ ސަބަބުން މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބިފައިވާކަމެއް އިސްރާއިލްގެ މީޑިއާތަކުން އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ.

މިއަދު އިސްރާއިލްގެ އަވަށެއްގައި އަލިފާން ރޯވެ ފެތުރެމުންދާއިރު، މީގެ ދެމަހެއްހާ ދުވަސް ކުރިން އިސްރާއިލްގެ މެދުތެރޭގެ ގިނަ އަދަދެއްގެ އަވަށްތަކުގައި ކޮންޓްރޯލް ނުވެ އަލިފާން ރޯވުމުގެ ހާދިސާތައް ހިނގައި ޔަހޫދީންގެ އެތައް ގެއެއް އަނދައި އަޅިޔަށް ވެގެން ދިޔައެވެ. އެފަހަރު އަލިފާން ރޯވާން ދިމާވީ، އިސްރާއިލްގެ ޔަހޫދީން އަތްގަދަކޮށްގެން އުޅޭ ފަލަސްތީނުގެ ބިމުގައި ހުރި މުސްލިމުންގެ ދަނޑުބިންތަކުގައި ރޯކޮށް އަންދާލުމަށް މަސައްކަތް ކުރަނިކޮށް ކަމަށް އަޑު ފެތުރިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އައްޑޫ މީހާ

    އިބަރަތެއް ލިބުނަސް ގަބޫލެއް ނުކުރާނެ ޔަހޫދީން

    47
    1
  2. ނަބާ

    الله اكبر ، الله اكبر
    މި އަލިފާންގަނޑަކީ އިޒްރޭލްގެ ޔަހޫދިންނަށް ހުރި ޢިބްރަތަކަށް ލަހައްޓަވާށި ! އާމީން

    46
  3. Anonymous

    މާތްﷲގެ ކޯފާ

    37
    1
    • ގަމާރުމޯލްޑިވިއަންއަ

      ކަލެޔަށް ޔަގީން ތަ؟

      2
      8
      • Anonymous

        ކަލެއަށް ކޮން ބާރެއް ތިކުރަނީ މީހަަކު އެއްޗެކޭ ބުނާއިރަށް

      • ނ

        ކަލެއަށް ކޮން ބާރެއް ތިކުރަނީ މީހަކު އެއްޗެކޭ ބުނާއިރަށް؟

        2
        1
  4. Anonymous

    ޔަހޫދީ އަވަށް އަލިފާނުން އަނދާ އެރަށް ނެތިކުރައްވާންދޭވެ.!

    49
    1
    • މޮޔައެނޮނިމަސް

      ބަލަ ގަމާރާ އެވެސް ކަލޭ ހެއްދެވި ފަރާތުން ހެއްދެވި ބައެއް

      1
      7
      • Anonymous

        ކަލޭގެ ގަމާރުކަން މާ ބޮޑު. ރީނދޫ ހުންޖެހިފައި ހުރި މުރުތައްދާ!!!!

  5. Anonymous

    الله اكبر ޔަހޫދީ ދައުލަތް ފަލަސްތީނުން ފައްސަވާލައްވާންދޭވެ.

    37
  6. ހަސަނާ

    الحمدلله، الله اكبر