އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމި މައްސަލާގައި ޕާކިސްތާނާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ ހަގުރާމައެއްގެ ކޮޅުމަތި ފެންނަން ފަށައިފައި ވަނިކޮށް ޕާކިސްތާނުން ބަރު ހަތިޔާރު އިންޑިއާގެ ބޯޑަރު ކައިރިއަށް ޖަމާކުރަން ފަށައިފި ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.
އިންޑިއާގެ ސަރުކާރުގެ ބައެއް މަސްދަރުތަކާއި ހަވާދީ އޭޝިއަން ނިއުސް އިންޓަނޭޝަނަލް އިން ރިޕޯޓް ކުރާ ގޮތުގައި ޕާކިސްތާނުގެ ވައިގެ އަސްކަރިޔާގެ ތިން މަތިންދާ ބޯޓަކުން ދަނީ އިންޑިއާގެ ޔޫނިއަން ޓެރެޓަރީ "ލަޑަކް" އާއި އިންވެގެން އޮންނަ ޕާކިސްތާނުގެ އަސްކަރީ މަރުކަޗަކަށް ހަތިޔާރު ޖަމާ ކުރަމުން ކަމަށެވެ.
އެ ނޫހުން ރިޕޯޓް ކުރާ ގޮތުގައި ޕާކިސްތާނުން ފައިޓާ ޖެޓްތަށް ވެސް އެ ސަރަހައްދަށް ޖަމާކުރާނެ ކަމަށް ބެލެވެއެވެ.
ކަޝްމީރުގެ މިލްކުވެރިކަމަށް އިންޑިއާ އަދި ޕާކިސްތާނުންވެސް ދައުވާ ކުރެއެވެ. ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ ގުޅިގެން ހަމަނުޖެހުން ހިނގަމުންދާތީ އިންޑިއާ ސިފައިން ކަޝްމީރުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
ކަޝްމީރުގެ ބޮޑު ބައެއް މިހާރުވެސް ކޮންޓްރޯލް ކުރަނީ އިންޑިއާއިންއެވެ.
ކަޝްމީރުގެ މައްސަލަގައި އިންޑިއާގެ ނިންމުންތަކާއި ދެކޮޅު ހެދުމުގެ ގޮތުން އިންޑިއާ އާއި ވިޔަފާރީގެ ގުޅުން ޕާކިސްތާނުން ކަނޑާލައި، ހާރިޖީ ގުޅުން ދަށްކޮށްލާފައި ވާއިރު ކަޝްމީރުގެ މައްސަލަ އަކީ އެގައުމުގެ ދާޚިލީ މައްސަލައެއް ކަމަށް އިންޑިއާއިން ދަނީ ގަދަ ބަސް ބުނަމުންނެވެ. ނަމަވެސް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވީ، ޕާކިސްތާން ސިފައިން ތިބީ ކަޝްމީރުގެ ރައްޔިތުންނާއެކު ކަމަށާއި، ހުރިހާ އިންތަކެއް ހުރަސްކުރައްވަން ޖެހުނަސް އެކަން ކުރައްވާނެ ކަމަށެވެ.
ޣަޒްވާއޭ ހިންދް ފެށެނީ ކަމަށް ބެލެވޭ !
އަދި މީ އެވަގުތެއްނޫން
މުސްލިމުންނައް އަނިޔާ ލިބޭ ކޮންމެ ގައުމަކީ ކޮންމެ ސަރަހައްދަކީ ދާޙިލީ އޭ މިކިޔަނީ. އެކމަކު ކާފަރުންނައް ގައިގެ ފީހަން ދިޔަ ކަމުގައި ވިޔަސް އެނުވާނެ ދާޙިލީ ކަމަކައް. ގެރީގެ ހުރިހާ އަޅުންތައް ނައްތާލައި މުޅި ރޭޕިސްތާން އިސްލާމީ ގައުމަކައް ހަދަންވީ
މުސްލިމުން މިހާ ބައިބައިވެފަ އޮއްވާ ޣަޒްވާއޭ ހިންދު ފެށިދާނެބާ؟ ކޮންމެއަކަސް ކޮންމެކަމަކަށްމެ ﷲ ކުޅަދުންވަންތަ.