ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟާއި، ރިޔާޟްގެ ކައިރީގައިވާ ބައެއް ސިޓީތަކަށް ވެލީގެ ތޫފާނެއް އަރައިފިއެވެ. ނަމަވެސް މައްކާ އާއި މަދީނާ އަށް މިތޫފާނުގެ އަސަރު ކޮށްފައެއް ނުވެއެވެ.
ސައުދީ އަރަބިއްޔާގެ ނޫސްތަކުން ބުނާ ގޮތުގައި މައްކާ އާއި މަދީނާއަށް ވެލީގެ ތޫފާނުގެ އަސަރު ނުކުރި ނަމަވެސް މައްކާ އަށް މިއަދު ވެސް ވާރޭ ވެހިފައިވެއެވެ. މިއަދާއި މާދަމާ ވެސް މައްކާ އާއި މަދީނާއަށް ވާރޭ ވެހޭނެ ކަމަށް ސައުދީ އަރަބިއްޔާގެ މޫސުމާއި ބެހޭ އިދާރާ އިން ލަފާ ކުރެވެއެވެ.
ރިޔާޟަށް ވެލީގެ ތޫފާނެއް އަރާފައި ވާތީ ރިޔާޟް ހިމެނޭ ސަރަހައްދުގައި އެއްގަމު ދަތުރުފަތުރު ކުރާއިރު ޑްރައިވަރުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ. އެއީ ވެލީގެ ތޫފާނުގެ ސަބަބުން ޖައްވު ނުސާފުވެ މަގުމަތިން ދަތުރުކުރާ އެއްޗެހި ފެނުމުގައި ދަތިތަކެއް ދިމާވަމުން ދާތީއެވެ.
ހޫނު ގަދަ ދުވަސްވަރު ސައުދީ އަރަބިއްޔާ އާއި މެދުއިރުމަތީގެ އެހެން ގައުމުތަކަށް ވެސް ވެލީގެ ތޫފާންތައް އެރުމަކީ އާއްމު ކަމެކެވެ. މިދުވަސްވަރު ރިޔާޟްގެ ހޫނުމިން 43 ޑިގްރީއަށް މައްޗަށް ދެއެވެ.
ވެލީގެ ތޫފާނުގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައި ނެތް ކަމަށް ސައުދީ އަރަބިއްޔާގެ މީޑިއާތަކުން ބުނެއެވެ.
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވެލީގެ ތޫފާނެއް އަރާފައި ވާއިރު މިދުވަސްވަރަކީ ހައްޖުގެ އަޅުކަން އަދާކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ސައުދީ އަރަބިއްޔާގައި ތިބި ދުވަސްވަރެކެވެ.
ތިވާނީ ދާން ނުވާ ގައުމެއްގެ މީހަކު ގޮސް ހުރީކަމަށް
މޭބީ އިމްރާނު
މާޝާﷲ.