އިސްރާއިލް އަސްކަރިއްޔާގެ 2 ޑްރޯން ލުބުނާން އަށް ވެއްޓުމުން ހިޒްބުﷲގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ސީރިއާ އަށް ހަމަލާ ދިނުމަށްޓަކައި އިސްރާއީލުން ފޮނުވި މި ދެ ޑްރޯންގެ ތެރެއިން އެކަތީގައި ގިނަ އަދަދެއްގެ ގޮވާ ތަކެތިވެސް ހަރުކޮށްފައި ވާއިރު، އެތަނުން އެއް ޑްރޯން ވަނީ ހިޒްބުﷲގެ މީޑިއާ ސެންޓަރު އޮފީހުގެ ފުރާޅުމައްޗައް ވެއްޓިވެފައެވެ.

މި ހާދިޘާ އާއި ގުޅިގެން މީގެ ކުރިން ހިޒްބުﷲގެ އޮފިޝަލަކު ބުނެފައި ވަނީ އެ ގްރޫޕުން އެތަނުން އެއް ޑްރޯން ވައްޓާލީ ކަމަށެވެ. ނަމަވެސް، ފަހުން އެ މީހުން ނެރުނު ބަޔާނުގައި ވަނީ އެތަނުން އެކަތި ވެއްޓުމަށް ފަހު ގޮވާފައި ވާ ކަމަށާއި، އެ ޑްރޯން އަކީ ސީދާ ގޮއްވާލުމަށް ފޮނުވި އެއްޗެއް ކަމަށެވެ. އަދި ދެވަނަ ޑްރޯން އެއްވެސް މައްސަލަ އަކާއި ނުލައި ވެއްޓިފައި ވާއިރު، އެ މީހުން އެ ޑްރޯންގެ އަސްލު މަންޒަލި ހޯދުމަށްޓަކައި ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް އެ ރިޕޯޓްގައި ވެއެވެ.

އިސްރާއީލް ޑްރޯން ވެއްޓުނު ހިސާބުގައި ލުބްނާން ސިފައިން ހަރަކާތްތެރި ވަނީ

ހިޒްބުﷲގެ މީޑިއާ ސެންޓަރަށް ޑްރޯން ވެއްޓުމުގެ ސަބަބުން 3 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައި ވާއިރު، އެ ގައުމުން ދެކޭ ގޮތުގައި މިއީ އިސްރާއީލުން ގަސްތުގައި އެ ގައުމަށް ދިން ހަމަލާ އެކެވެ. 2006ވަނަ އަހަރު ތެރޭގައި އިސްރާއިލް އާއި ލުބްނާނުން 33 ދުވަހުގެ ހަނގުރާމަ އެއްވެސް ކޮށްފައި ވާއިރު، އެ ދެ ގައުމުގެ ގުޅުން އަދިވެސް ރަނގަޅެއް ނޫނެވެ.

ލުބްބާނުގެ ޕްރައިމް މިނިސްޓާ ސާދް ހަރިރީ މިކަމާއި ބެހޭ ގޮތުން ބުނެފައި ވަނީ މިއީ އިސްރާއީލުން ހަމަނުޖެހުން އުފެއްދުމުގެ ގޮތުން ކުރި ކަމެއް ކަމަށާއި އެ ގައުމުގެ ފައިޓާ ޖެޓުތައް ލުބްނާނުގެ އެއާސްޕޭސް އަށް ހުއްދަވެސް ނުނަގައި ވަންނަ ކަމަށެވެ. އަދި އޭނާ ވަނީ އިސްރާއިލްގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ދީމް

  ٱلْـحَـمْـدُ للهِ‎

  16
 2. އަހަރެން

  ٱلْـحَـمْـدُ للهِ

  11
 3. ދޮން ބަބުރު ސޮރު

  ކަލޭމެންގެ ނާގާބިލް ކަން ތިގޮތަށް އިސްރާއީލް
  ން ދަސްކޮއްގެން ހިންދުސްތާނުން ވެސް ޕާކިސްތާނަށް ބޮން އަޅަން ފެށި 2ވަނަ ފަހަރު ސަހަދަށް ވަނުމާއި އެކު ފަޓާސް ބަރިއެހެން ގޮއްވާލީމަ ނުކެރުނު.