ލުބްބާންގެ ވައިގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އިސްރާއިލް އަސްކަރިއްޔާގެ ޑްރޯން އެއް ހިޒްބުﷲ އިން ވައްޓާލައިފިއެވެ.

ލުބްނާންގެ ދެކުނަށް އޮންނަ ރަމްޔާ އަވަށުގެ މަތިން ޕައިލެޓަކާއި ނުލައި ހަރަކާތްތެރިވަމުން ދިޔަ ޑްރޯން ވައްޓާލާފައިވާކަން ލުބްނާންގެ ހިޒްބުﷲ ގްރޫޕުން ވަނީ ކަށަވަރު ކޮށްދީފައެވެ.

މި ހާދިޘާ އާއި ގުޅިގެން އިސްރާއީލް އަސްކަރިއްޔާ އިން ބުނެފައި ވަނީ އެ ގައުމުގެ ޑްރޯން އަކަށް މައްސަލަ އެއް ކުރިމަތިވެގެން ލުބްނާން އަށް ވެއްޓިފައިވާ ކަމަށެވެ. ނަމަވެސް، މިއީ ހިޒްބުﷲ ގްރޫޕުން އެ ގައުމުގެ ޑްރޯނެއް ވައްޓާލި ކަމަށް އެއްބަސް ނުވާން އެ ގައުމުން އަބަދުވެސް ހަދަމުން އަންނަ ދޮގުތަކުގެ ތެރެއިން ދޮގެއްކަން ވަނީ ފަޅާ އަރާފައެވެ.

ހިޒްބުﷲ އިން އިސްރާއީލްގެ ޑްރޯން ވައްޓާލި ސަރަހައްދު

20 އަހަރަށް ފަހު މި ދެ ގައުމުގެ ދެމެދުގައި މިދިޔަ ހަފްތާގެ ތެރޭގައި ބަޑީގެ ހަމަލާތަކެއް ބަދަލު ކޮށްފައި ވާއިރު، އިސްރާއީލް އިން ވަނީ ހިޒްބުﷲގެ މަރުކަޒަކަށް ޑްރޯން ހަމަލާ އެއް ދިނުމުން އޭގެ ބަދަލުގައި، އެންޓި ޓޭންކް މިސައިލެއް އިސްރާއީލް އަށް ފޮނުވާލައި، އެ ގައުމުގެ އަސްކަރިއްޔާގެ ވެހިކަލެއް ގޮއްވާލާފައިކަން ފާހަގަކޮށްލެވެއެވެ.

އިސްރާއީލުން ލުބްނާނުގައި ޑްރޯން ބޭނުން ކުރަމުން ގެންދަނީ އެ ގައުމުގައި ކުރަމުން އަންނަ ކަންކަމަށް ޖާސޫސް ކުރުމުގެ ބޭނުމުގައެވެ. އީރާނުން ލުބްނާނުގެ ހިޒްބުﷲ ގްރޫޕަށް ވާގިވެރި ވާކަމުން އިސްރާއީލުން ދަނީ ކުރިއަށް ވުރެން ބޮޑަށް ލުބްނާނަށް ޖާސޫސް ކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހިޒްބުﷲ ގްރޫޕުން ހުރީ އިސްރާއީލް އަސްކަރިއްޔާގެ ހުރިހާ ކަމަކަށް ހުޝިޔާރުވެ، ހަމަލާ އެއް ދޭން ޖެހިއްޖެނަމަ އެކަންވެސް ކުރަން ތައްޔާރަށް ކަމަށް އަލް ޖަޒީރާ އިން ރިޕޯޓް ކުރެއެވެ.