އުސާމާ ބިން ލާދީންގެ ދަރިފުޅު، ހަމްޒާ ބިން ލާދިން މަރާލިކަން އެމެރިކާއިން ކަށަވަރުކޮށްދީފިއެވެ.

ވައިޓް ހައުސިން އިއްޔެ ނެރުނު ބަޔާނެއްގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، ޕާކިސްތާނާއި އަފްޣާނިސްތާ ހިމެނޭ ސަރަހައްދުގައި އެގައުމުގެ ސިފައިން ކުރިއަށް ގެންދިޔަ އެންޓި ޓެރަރިޒަމް އޮޕަރޭޝަނެއްގައި އުސާމާ ބިންލާދީންގެ ދަރިފުޅު، ހަމްޒާ ބިން ލާދިން މަރާލާފައިވާ ކަމަށެވެ.

އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާގެ ދަރިންގެ ތެރެއިން ހަމްޒާ އަކީ އަލްގައިދާ ޖަމާޢަތުގައި އިސް މަގާމެެއް ފުރަމުން އައި މީހެކެވެ. އޭނާ މަރާލެވުމުން އެ ޖަމާއަތުގެ ލީޑަރޝިޕަށް ހީނަރުކަމެއް އައިސްފައިވާކަމަށްވެސް އެމެރިކާގެ ބަޔާނުގައިވެއެވެ.

ހަމްޒާގެ ޚަބަރެއް އެންމެ ފަހުންވީ މިދިޔަ އަހަރު އަލްގައިދާ އިން ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ހަމްޒާ ވަނީ ސައުދީ އަރަބިއްޔާގެ ރަސްކަމާއި ދެކޮޅަށް ހަމަލާ ދިނުމަށް އަލްގައިދާގެ ހަނގުރާމަވެރިންނަށް ގޮވާލަފައެވެ. އެބަޔާން ނެރުނު ފަހުން އޭނާގެ ޚަބަރެއް ނުވެއެވެ.

ހަމްޒާ އުފަންވީ 1989 ވަނަ އަހަރު އަހަރު ސައުދީ އަރަބިއްޔާގެ ޖިއްދާގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    އަލްހަމްދުލިﷲ

    12
    19
    • މުސްލިމް

      ކަލޭ މަރުވީމަވެސް ބަޔަކު ތިހެން ކިޔާފާނެ ކަމަށް ވިސްނާލާ..!

      17
      9
      • ނޮން

        އޭނާ ނުޖެހޭ ވިސްނާކަށް. ދީނުގެ ހަމަތަށް އޮޅުވާލައިން އުޅޭ ޓެރަރިސްޓެއް މަރުވީމަ ހަމްދު ކުރަންޖެހޭ މާތް ﷲއަށް. ކަލޭ ވިސްނަންވީ ވާނުވާ އުނގެނެން

        9
        3
  2. ގަމާރު

    އައިސިސް ކިޔާ ބަޔަކު ބޯ ބުރިކުރަމުން ދިއުމުން ގޯސް. އެމެރިކާނުން މީހުން ކުދިކުދިކޮށްލައި މެރީމަ އޯކޭ. އެއީ މެރުން މީ ޓެރަރިސްޓުންނާ ދެކޮޅު އަދަބު. ވިސްނާ ބަޔަކަށް އިބުރަތެއް ލިބޭނީ

    24
    10
    • ހުދުހުދު

      ވިސްނަންޔާ އެއްނު އެއްޗެއް ވިސްނޭނީ. ކާފަރުން ކިޔާ ކޮންމެ އެެއްޗެއް މިތާ އުޅޭ މީހުން ގަބޫލު ކުރާނެ. ކާފަރުން ބުނަނީ އައިއެސް އިން މީހުން ދިރިތިއްބާ އަންދާލަނީ އޭ. އެމީހުން ނުބުނެ އެމީހުން އަންދާލަން ޖެހުނު ސަބަބެއް. ސަބަބަކީ ދިރި ތިއްބާ އަންދާލާ މީހުންނަކީ މުސްލިމުންގެ ބޮލަށް ބޮން އަޅާ މުސްލިމުން އަންދާލާ މީހުން. އެމީހުންގެ މައްޗަށް ގިސާސް ހިފާ މުސްލިމުން ޝަހީދު ކުރި ގޮތަށް އެމީހުން ވެސް މަރާލުން. މި

      12
      6
      • އެހެންތަ ވަނީ

        އައިސިސް އިން އެތައް މައޫސޫމް ބައެއް ހާހުން މަރާފަ ވަޅލާފަ ހުންނަ ގަބުރުތަށް ފެންނަނާ އެހެންވެތަ؟ އަދި ދީނުގަ އޮވޭތަ ހަނގުރާމަވެރި ރަހީނުން ބަރި ބަރިއށް މެރުން؟ މަރާފަ ހުރީ އެތަށް ހާސް ރަހީނުން އެކިގޮތްގޮތަށް. ބޮޑު މުސްލިމް ގައުމެއްގެ ސިފައިންތަށް އަދި އެންމެ ގިނަވާނީ އެރަހީނުންތެރޭ. ކިތށް މައޫސޫމް މުސްލިމް އހުންނާއި އުހްތުން މަރާފަ ހުރީ. އިންޓަނެޓަކީ އިންސާނިއްޔަތުގެ ހުރިހާ މައޫލޫމާތު ހުންނަ އެއޗއް. މީގެ ބޭނުން ތިހިފަނީ ދޮގު މަލޫމާތަށް ބޭސް ކުރެވިފަ ހުރި ހިތށް ހީވާއެއްޗެއް ހަގީގތް ނޭނގި ކޮމެނޓް ކުރަން. ދިވެހިނށް ހުރި ބޮޑު ލަދަް ތީ.

        2
        1
    • ހުރެ

      ހުރެ ބަހައްޓާފަ އޭނާ ދިރި އުޅެނިކޮށް ގޮސް މަރާލީއެއް ނޫނޭ ކޮއެއްޕުޅާ. ހަނގުރާމަވެރި ހަރުކަށި ވިސްނުމުގެ ރާއްޖޭގާވެސް އުޅޭ އަލްގައިދާގެ ބޮޑެކޭ އެއީ. ހަނގުރާމައެއްގަ އުޅޭ ހަނގުރާމަވެރިއެއް އެއީ. އޭނަގެ އަމުރށް ކިތައް މީހުން މަރާފަ ހުރީ. ރަނގަޅަށް ވާނުވާ ބަލާބަލަ ހީވާގޮތަކަޒް ވާހަކަ ނުދއްކާ

  3. ޤަބުރު ނަސީ

    އަހަރެން ގެ ދުއާއެއް ޑޮނާލްޑް ޓްރަމްޕްއަށް ދުވާލު އަދި ރޭގަނޑު އަދި ދަންވަރު ހުއްޓާ ނުލާ ބޮޑުކަމުދެވިފާންދޭވެ. އާމީން

    6
    2