ހޮންކޮންގައި ކުރަމުން ގެންދާ މުޒާހަރާގައި މިއަދު ޗައިނާ އަށް ތާއިދުކޮށް އަޑުއުފުލަމުން ދިޔަ މީހަކަށް މުޒާހަރާގެ ބައިވެރިން ހަމަލާދީ އޭނަ އަންދާލައިފިއެވެ.

ފަސް މަސް ދުވަހަށް ދިގުދެމިގެން ގޮސްފައިވާ ހޮންކޮންގް މުޒާހަރާގައި މިއަދަކީ އެންމެ ހަމަނުޖެހުން ބޮޑު އެއް ދުވަހަވެ. މިއަދު މުޒާހަރާތައް ފެށުމާއި އެކު ފުލުހުން ވަނީ އެކި ސަރަހައްދުތަކުން މުޒާހަރާގެ ބައިވެރިންނާއި ކުރިމަތިލާ މުޒާހަރާ ރޫޅާލާފައެވެ.

މިއަދު މުޒާހަރާ ކުރާ މީހުން ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ފުލުހަކު މީހެއްގެ ގަޔަށް ބަޑި ވެސް ޖަހާފައިވެއެވެ. އޭނާ އަށް ހޮސްޕިޓަލްގައި ގެންދަނީ ފަރުވާ ދެމުންނެވެ. ފުލުހުން ބުނާ ގޮތުގައި ފުރާނައަށް ނުރައްކާ ވާވަރުގެ އަނިޔާއެއް އޭނާ އަށް ލިބިފައެއް ނުވެއެވެ. ނަމަވެސް މުޒާހަރާތައް އިންތިޒާމް ކުރުމުގައި އިސްކޮށް އުޅޭ ފަރާތްތަކުން މީޑިއާ އަށް މައުލޫމާތު ދީފައިވާ ގޮތުގައި އޭނާގެ ހާލު ސީރިއަސްއެވެ.

ހޮންކޮންގައި މުޒާހަރާތައް ފުރަތަމަ ފެށީ ޗައިނާ އާއި ކުށްވެރިން ހަވާލުކުރެވޭ ގޮތައް ބިލެއް ފާސްކުރަން އުޅުމުންނެވެ. އެބިލް މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ. ބިލް އަނބުރާ ގެންދިއުމަކީ މުޒާހަރާގެ ބައިވެރިންގެ އެންމެ ބޮޑު އެއް ޑިމާންޑެވެ.

މުޒާހަރާގެ ބައިވެރިންގެ ދެވަނަ ޑިމާންޑަކީ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކުރި ގޮތް ތަޙްޤީޤު ކުރުމެވެ. އެކަން މިހާރު ތަޙްޤީޤު ކުރަން ވަނީ ފަށާފައެވެ. ނަމަވެސް މުޒާހަރާތައް އަނެއްކާ ވެސް ހޫނުވެފައި މިވަނީ އެ ތަޙްޤީޤު ކުރިއަށް ދަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ހޮނިހިރު ދުވަހު ތަޙްޤީޤު ޓީމްގައި ހިމެނޭ މެންބަރަކު ބުނުމުންނެވެ.

މިއަދު ފުލުހުން މީހެއްގެ ގަޔަށް ބަޑި ޖަހާފައި ވާއިރު މިއީ މުޒާހަރާ ކޮންޓްރޯލް ކުރަން ފުލުހުން ލައިވް ވަޒަން ބޭނުންކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މުޒާހަރާތައް ކޮންޓްރޯލް ކުރަން ފުލުހުން ބޭނުން ކުރަމުން އައީ ލީތަލް ހަތިޔާރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އޭކޭ

    ކުރިން ބޭނުންކުރަމުން އައީ ނަން-ލީތަލް ހަތިޔާރު.ލައިވް ވަޒަނަކީ ލީތަލް ހަތިޔާރު

    11
  2. Anonymous

    "މިއަދު ފުލުހުން މީހެއްގެ ގަޔަށް ބަޑި ޖަހާފައި ވާއިރު މިއީ މުޒާހަރާ ކޮންޓްރޯލް ކުރަން ފުލުހުން ލައިވް ވަޒަން ބޭނުންކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މުޒާހަރާތައް ކޮންޓްރޯލް ކުރަން ފުލުހުން ބޭނުން ކުރަމުން އައީ ލީތަލް ހަތިޔާރެވެ." (ފަހު ޕެރެގްރާފް)

    މިތަނުން ކޮބާތަ ލީތަލް ހަތިޔާރަކީ؟

    • ޟީޒަން

      ލިޔުންތެރިޔާގެ ގަލަން.