އިސްރާއީލް ސިފައިން މިއަދު އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުން ޝަހީދުކޮށްލާފައި ވަނީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރ ބަހާ އަބޫ އަލް-އަތާ އެވެ. އޭނާ ޝަހީދުވީ އިސްރާއީލުން މިއަދު ހެނދުނު ޣައްޒާ އަށް ދިން ވައިގެ ހަމަލާއެއްގައެވެ. އޭނާގެ އިތުރުން އިތުރު އެހެން މީހަކު ވެސް މިއަދު އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވެފައި ވެއެވެ.

އިސްރާއީލް ސިފައިން ދިން ހަމަލާއެއްގައި އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރަކު ޝަހީދު ވުމާއި ގުޅިގެން މަސްރަހު ވަނީ ހީނުވެފައެވެ. އިސްރާއީލް ސިފައިންގެ ހަމަލާ އާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ފަލަަސްތީންގެ މުޖާހިދުން ގެންދަނީ އިސްރާއީލަށް ރޮކެޓް ހަމަލާތައް ދެމުންނެވެ.

މިގޮތުން ފުރަތަމަ ހަމަލާ ދީފައި ވަނީ އިސްރާއީލްގެ ވެރިރަށް ތެލްއަވީވަށެވެ.

ކިޔުންތެރިންގެ ހިޔާލު