އިންޑިއާގެ ފުލުހުން މުސްލިމް ޔުނިވާސިޓީއަކަށް ވަދެ އެތަނުގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށް ހަމަލާ ދިނުމުން ގިނަ ދަރިވަރުންތަކެއް ޒަހަމްވެއްޖެއެވެ.

އިންޑިއާ ފުލުހުން ވަދެފައި ވަނީ ޖާމިއާ ޔުނިވާސިޓީ އަށެވެ.

ފުލުހުން އެ ޔުނިވާސިޓީއަށް ވަދެ ކަރުނަ ގޭސް ޖަހާ، ދަރިވަރުންގެ ގައިގާ މުގުރު ބުރިން ތަޅާ އަނިޔާކޮށްފައި ވެއެވެ.

ފުލުހުން އަނިޔާ ކުރުމުން 60 ދަރިވަރަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެ ޔުނިވާސިިޓީއަށް ވަދެ 100 އަށްވުރެ ގިނަ ދަރިވަރުން ހައްޔަރު ކުރި ނަމަވެސް، ގިނަ ބަޔަކު ފުލުހުންގެ މަރުކަޒު ކައިރިއަށް އެއްވެ، މުޒާހަރާ ކުރަން ފެށުމުން އެ މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.

މިހައި ގިނަ އަދަދެއްގެ ދަރިވަރުން ހައްޔަރުކޮށްފައި ވަނީ މަގުމަތީގައި ތިބި އެއްގަމު އުޅަނދުތަކެއްގައި ހުޅު ޖެހި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް އެ ސަރަހައްދުގައި ހަރަކާތްތެރިިވި ގިނަ ބަޔަކު ވަނީ އެ ކުދިން އެކަން ނުކުރާ ކަމަށް ބުނެ އިންޑިއާ ފުލުހުންގެ ބަސް ދޮގު ކޮށްފައެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ފުލުހުން ވަނީ އެ ސަރަހައްދުގައި ހުރި މިސްކިތެއް ތެރޭ ތިބި ބަޔަކުވެސް ހައްޔަރުކޮށްގެން ގެންގޮސްފައެވެ.

"ފުލުހުން ޔުނިވާސިޓީގެ ކެމްޕަހަށް ވަނީ އެއްވެސް ހުއްދަ އަކާއިވެސް ނުލައި ގަދަ ބާރުން. މިތަނަށް ވަދެ ފުލުހުން އަހަރެމެންގެ މުވައްޒަފުންނާއި ދަރިވަރުންނަށް އަނިޔާކޮށް މިތަނުން ގަދަކަމުން ބޭރުކޮށްލާފަ ވަނީ. އެވަރުން ނުވެގެން މުޒާހަރާގެ ބައިވެރިވެސް ނުވާ މީހުންނަށް އަނިޔާކޮށްފަ ވަނީ. އެއީ ހަމަ އަހަރެމެން މުސްލިމުންނަށް ވީމަ." އެ ކެމްޕަހުގެ އިސް ފަރާތަކުން ނޫސްތަކަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

މުސްލިމް ނޫން މީހުންނަށް ރަށް ވެހިކަން ދޭން އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުން މިދިޔަ ހަފްތާގައި ފާސްކުރި ހިސާބުން އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމް ދަރިވަރުންނާއި އާއްމު ރައްޔިތުން އަންނަނީ އެކަމާއި ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރަމުންނެވެ.

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ އިން 2021ގެ ކުރިން އެ ގައުމުން އިސްލާމް ދީން އެއްކޮށް ފޮހެލާނެ ކަމަށް ބުނެފައި ވަނިކޮށް މިފަދަ ޤާނޫނެއް ފާސް ކުރުމުގެ މަގްސަދަކީ މުސްލިމުންގެ އަޑު އެ ގައުމުން ކަނޑުވާލުން ކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.

އަލަށް ފާސްކުރި ގާނޫނާއި އެކު ބަންގްލަދޭޝް އާއި ޕާކިސްތާނުގެ އިތުރުން އަފްޣާނިސްތާނުގެ މައިނޯރިޓީ ދީންތައް ކަމުގައިވާ ބުދިސްޓުންނާއި ކްރިސްޓިއަނުންގެ އިތުރުން ހިންދޫ ދީންތަކުގެ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ބޭނުންވެއްޖެ ހިނދެއްގައި ލިބިގެން ދާނެއެވެ. ނަމަވެސް މި ހުރިހާ ދީންތަކުގެ މީހުންނަށް މި ހުއްދަ ދީފައި ވާއިރު އެ ގައުމުތަކުގެ މުސްލިމް ރައްޔިތުންނަށް އިންޑިއާގެ ރަށްވެރިކަމަށް އެދުމުގެ ހުއްދަ ދީފައެއް ނުވެއެވެ.

މިކަމާއި ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަމުން ގެންދާ މުސްލިމުންނާއި ދެކޮޅަށް އެ ގައުމުގެ ފުލުހުން ބާރުގެ ބޭނުން އިންތިހާ އަށް ކުރަމުން ގެންދިޔަ ނަމަވެސް ދުވަހެއް ދުވަހަކަށް މުޒާހަރާގެ ބައިވެރިންގެ އަޑު ދަނީ ގަދަވަމުންކަން ފާހަގަކޮށްލެވެއެވެ.

އެ ގައުމުން މިފަދަ ގާނޫނެއް ފާސްކުރި ނަމަވެސް، އިންޑިއާގެ 3 ސްޓޭޓަކުން ވަނީ އެ ގާނޫނަށް އަމަލު ނުުކުރާނެކަން އިއުލާން ކޮށްފައެވެ. މިގޮތަށް އިއުލާން ކުރި 3 ސްޓޭޓަކީ ކެރެލާ، ޕަންޖާބް އަދި ހުޅަނގު ބެންގާލް އެވެ.

ބުދު ދީނުގެ މެޖޯރިޓީ އޮންނަ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މުސްލިމުންނާއި ދެމެދު ބޮޑެތި ތަފާތުކުރުންތަަކެއް ގެންގުޅޭ އިރުގައި ޔަހޫދީ އިސްރާއިލް އާއިވެސް އެ ގައުމުން ގާތް ގުޅުންތަކެއް ބާއްވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

އިންޑިއާ އިން މުސްލިމުންނާއި ދެކޮޅަށް މިފަދަ ލާއިންސާނީ ޖަރީމާތައް ހިންގާ އިރުގައިވެސް ރާއްޖޭގެ ސަރުކާރުން އެ ގައުމަށް އެއްބާރުލުން ދެމުން އަންނާތީ ގިނަ ދިވެހި ރައްޔިތުންތަކެއް އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޅަކޮއި

    ލޮލާ ލޯ

    52
  2. ހަނަ

    ޢެއްކަލަ ނަޝީދު ދެންވެސް ބުނާނީ އަމާނޭ މުސްލިމުން ފުލުހުންނަށް ދިން ހަމަލަ އެކޭ

    78
    1
  3. ކަނަމަނަ

    ރާއްޖެއިން އަދިވެސް ތިއިންޑިޔާ ކޮޑައްލައިގެން މިވަރެއްނެތޭގޮވަމުން ދުވޭ

    60
  4. ސައްބު

    މީދޯ އިންޑިއާ އަ ކީ މުސްލިމުންނަށް އަމާން ތަނެ ކޭ ބޮއްޅަބޭ އެބުނާ ސަބަބަ ކީ. ???

    63
    1
  5. ސެންޓޯ

    އިންޑިޔާގެ މީހުން އެމީހުންގެ ޤައުމުގެ ރައްޔިތުން ދެކެ ނުވާ ލޯތްބެއް އެހެން ޤައުމެއްގެ ރައްޔިތުން ދެކެ ނުވާނެކަން ކަޝަވަރު. މިކަން ދޮގުކުރަނީ ބޮޑު ގަމާރެއް.

    69
    1
  6. ނަޝީދު

    މިރާއްޖޭގެ ލޮބުވެތި ރައްޔިތުން މިހާރުން މިހާރަށް މަގުމައްޗަށް ނިކުމެ މި ސަރުކާރާ ދެކޮޅަށް އަޑުއުފުލާ މިސަރުކާރު ހަމަ މަގަށް އަޅުވަން ޖެހޭ... މީ މިޤައުމަށް ޖެހިފަ އޮތް މުސީބާތަކަށް ވެއްޖެ....

    48
    2
  7. ނަޝީދު

    ޗައިނާއަށްވުރެ ގިނައިން މުސްލިމުންނަށް އަނިޔާކޮށް ޖެއްސުންކޮށް ހަދާ ގަޢުމެއް ދުނިޔޭގައިވެސް ނުވާނެ އެކަމަކު ރައީސް ޔާމިން ޗައިނާ އަށް ތާޢީދުކޮށް މުސްލިމުންނަށް ކުރާ އަނިޔާގެ ވާހަކަ ދައްކާލަން ނުކެރޭވަރަށް ޗައިނާ ދަށުވެފައި ހުރި ކަން މި ނޫހުން ފާހަގަ ކޮށްލަން ނުކެރުނު
    މި ކޮމެންޓް ހިޔެއް ނުވޭ ޑިސްޕްލޭ ކޮށްލަން ކެރޭނެ ހެނެއްވެސް

  8. ޟިޔަރު

    އައްނިބުނީ އިސްލާމްދީނަށް އިހްތިރާމް ކުރާ ގައުމެކޯލަ !!!

    39
    1
  9. ހަނު

    ކިހާ ދެރަ ކަމެއް ދޯ މިކަންކަމުން އަޅަމެން ހުރިހާ މުސްލިމުން ސަލާމަތް ކޮއްދެއްވާށިއެވެ.??

    25
  10. ޢާދަނުބެ

    މިހާރު މިއޮތް ސަރުކާރުން އިންޑިޔާއިން ތިކުރިކަންކަަމަށް ވަރަށްބޮޑައް ތާއީދުކުރާނެ ހާއްސަކޮށްނަސީދު ނަސަދަކީ ދުވަހަކުވެސް މުސްލިމުންނަށް ހެވެއްއެދޭނެ މީހެތްނޫން

    2
    2
  11. ޙަސަނާ

    ދިވެހިރާއްޖޭގަވެސް ވަރައް އަވަހައް ތިކަހަލަ ގާނޫނެއް ފާސްކޮއްފާނެ ކަމައްލަފާކުރެވޭ މޮޑީ ސުޕޮންސަރ ކޮއްގެން ކަންނޭގެ ބޭރުގެ މީހުންކުރެ މުސްލިމް ނޫން މީހުނައް ދިވެހިރައްޔިތުކަން ދޭ ގާނޫނެއް މުސްލިމުންނަކީ ނިރުބަވެރިންނޯ މިސަރުކާރުން އެންމެ ރުޅިއަންނަބަޔަކީ ސުންނަތައްއުޅޭމުސްލިމުން ވީމަ..

    8
    1
  12. ނާޒިމް ސައްތާރު

    މޯދީ ގެ ލޮލާ ލޯ މި ދިމާވަނީ އަދި ކިރިޔާ

  13. ޝާއިރާ

    އިންޑިއާއިން މިފަހަރު ލިޔެފަ ދިން ޕްރޮޕެގެންޑާ ނަޝީދާއި ސަރުކާރުން މިހާރު ކުރިއަށް އެގެންދަނީ.