އިންޑިޔާގެ ބެލުމުގެ ދަށުގައި އޮތް ޖާމޫ ކަޝްމީރުގައި ރޭޕުކުރުމަށް ފަހު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އާސިފާގެ ޤާތިލުންނަށް، އެމީހުންނަށް ޙައްޤުވާ މަރުގެ އަދަބު ދޭން ޖެހޭކަމަށް އާސިފާގެ މަންމަ ބުނެފިއެވެ. އާސިފާގެ މަންމަ މިހެން ބުނެފައިވަނީ، މައްސަލައާ ގުޅޭގޮތުން ބައެއް ނޫސްތަކަށް މައުލޫމާތު ދެމުންނެވެ.

"ކީއްވެ އޭނާ މަރާލީ؟ އޭނާ (އާސިފާ) އުޅުނީ ގެރިތަކާއި އަސްތަކާ އެކު. އެއީ އަށް އަހަރުގެ ކުއްޖެއް. ކީއްވެ އެމީހުން އޭނާ އެހާ އަނިޔާވެރިކޮށް މަރާލީ. އެމީހުންނަށް މަރުގެ އަދަބު ދޭން ޖެހޭ." އަސަރާއެކު ވާހަކަ ދައްކަމުން އާސިފާގެ މަންމަ ބުނެފައިވެއެވެ.

އާސިފާގެ މަންމަ އިތުރަށް ބުނެފައިވާ ގޮތުގައި އާސިފާ ގެންގުޅުނު އެއްޗެއްސަށް ބެލުމާއި އޭނާ ލައި އުޅުނު އަންނައުނަށް ބެލުމަކީވެސް މިހާރު ކެތް ވާވަރުގެ ކަމެއް ނޫނެވެ. އެއެއްޗެއްސަށް ބަލާލާ ކޮންމެ ފަހަރަކު ލަގޮނޑިއަށްވެސް އުނދަގޫވާކަމަށް ބުނެފައިވެއެވެ. އެހެންކަމުން، އޭގެ ތެރެއިން ބައެއް ތަކެތި އެހީގެ ގޮތުގައި ޞަދަޤާތްކޮށް، ބައެއް ތަކެތި ބޮޑު ފޮއްޓަކަށް އަޅާވަނީ ބަންދުކޮށްފައެވެ.

އާސިފާ

މިކަމާ ގުޅިގެން އާސިފާގެ ބައްޕަވެސް ވަނީ އަސަރުގަދަ ވާހަކަތަކެއް ދައްކާފައެވެ. ހަމައެހެންމެ، އޭނާވަނީ މިކަމާ ގުޅިގެން އެތަކެއް ސުވާލުތަކެއް ކޮށްފައެވެ. ބައްޕަ ބުނެފައިވާ ގޮތުގައި އެއީ އަތާއި ފައިވެސް ވަކިކުރަން ނޭނގޭ، ހިންދޫންނާއި މުސްލިމުންގެ މެދުގައި އޮތް ތަފާތުވެސް ނޭނގޭ ކުއްޖެކެވެ.

"އޭނާ (އާސިފާ) އަކަށް ނޭނގޭނެ އަތާއި ފަޔަކީ ކޮބައި ކަމެއްވެސް، ކަނާތަކީ ކޮބައިކަމެއް، ވައަތަކީ ކޮބައިކަމެއް. އޭނާއަކަށް ނުވިސްނޭނެ ހިންދޫ އަކީ ކާކުކަމެއް އަދި މުސްލިމަކީ ކާކުކަމެއް." މައްސަލައާ ގުޅިގެން މީގެކުރިންވެސް ވާހަކަ ދައްކާފައިވާ އާސިފާގެ ބައްޕަ ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެންވެސް، ބައެއް ސިޔާސީ ފަރާތްތަކުން އަދި ގިނަ ހިންދޫ އިން ބުނެފައިވަނީ، މައްސަލައިގައި ކުށްވެރިވާ ފަރާތަކީ އާސިފާކަމުގައެވެ. އަދި، އެހެން ރޭޕުގެ މައްސަލަތަކުގައިވެސް ކުށްކުރާ މީހަކީ ޝިކާރައަށްވާ މީހާކަމުގައި ބުނެ، މި ލަދުވެތި ޢަމަލު ހިންގާ ފަރާތްތަކުން ކުރަނީ ކުށެއް ނޫންކަން ދޭހަވާ ގޮތަށް ދަނީ ވާހަކަ ދައްކަމުންނެވެ.

އާސިފާގެ މައްސަ؛ލައާ ގުޅިގެން މިހާރު ނެރެފައިވާ މައުލޫމާތުތަކަށް ބަލާއިރު އޭނާވަނީ އެތައް ފަހަރެއްގެ މަތިން ރޭޕުކޮށްފައެވެ. ހިންދޫ އިންގެ ފައްޅިއެއްގައި މިކަން ކޮށްފައިވާއިރު އެތަނުގައި ކުއްޖާ ބަންދުކޮށްފައި ހަތް ދުވަސް ވަންދެން ބޭއްވިކަންވަނީ ހާމަވެފައެވެ. އެތަނުގައި އާސިފާއަށް ކާބޯތަކެތި ދީފައިނުވާއިރު، އެންމެ ފަހު އޭނާ މަރާލާފައިވަނީ ގައު ބުރިއަކުން ބޮލުގައި ޖަހައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޑިމޮކްރަސީ

    އަދިވެސް އިންޑިއާ ފަހަތުން އަތްޖަހަމުން ދުވަންވީ! ޖާހިލިއްޔަ ޒަމާނެކޭ ތިޑިމޮކްރަސީއެކޭ އެއްގޮތެއްނު ދޯ. އެ މަޢުޞޫމް ކުއްޖާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ. އާމީން.

    • ދިވެހިބަސް

      މި އިންޑިއާ ޗައިނާ ވެގެން ޥާކަމެއް ނޫން.. ޗައިނާގަ ލާއިންސާނީ އަނިޔާކޮށް ކިތަން މީހުންތޯ ދުވާލަކު އެމަރަނީ؟ މުސްލިމުންނަށ ްކުރާ ޖެއްސުން ކުޑަތޯ؟ ރޮހިންގާ މުސްލިމުންނަށް އަނިޔާ ކުރާ މިޔަންމާއަށް ޗައިނާއިން އެހީނުދޭތޯ އެމީޙުން ދިފާއު ނުކުރޭތޯ؟ އިންޑިއާގަވެސް ޗައިނާގަވެސް ރަނގަޅު ކަންކަން ކުރާ ވަރަށ ްރަނގަލު މީޙުންވެސް އުޅޭ..ޚާރޖީ ގުޅުމަކީ ވަކިކަމެއް..

  2. މީ

    ވަރަށް ދެރަވޭ.
    އިންޝާﷲ ކުއްވެރިންނަށް ހައްގު އަދަބުލިބޭނެ.

    • ހާމިދު

      ހައްޤު އަދަބު ކޮއްކޯ ނުލިބޭ ޑިމޮކްރަސީ ގެ ތެރެއަކު، ނޫސްވެރިންނާއި ބޮޑު ބައިގަނޑު ކިޔާ ނިރުބަވެރި ހަރުކަށި އަދަބު އަޅުގަނޑު ކިޔާގޮތުންނަމަ އިސްލާމީ ޝަރީއަތުގައިވާ ހައްދު ޤާއިމް ނުކުރެވެނީސް ތިޔަކަންތައް މި ދުނިޔެމަތީ ނުފިލާނެ. ޤަބޫލުކުރިޔަސް ނުކުރިޔަސް މީ ތެދު.

      • ާއަލީ

        ކުރިމަތި ފަރާތް ބުރިކޮއްފަ މިރުސް އަޅަން ފެނޭ،،،،،،،،،،،،l

        • ޢާއިޝާ

          ހައްހައްހާ....ތީ ވ.އަސަރު ހުރި އަދަބަކަށްވާނެ....އުމުރަށްވެސް ހަނދާންނުނެތޭނެ.