ޗައިނާގައި ކޮރޮނާވައިރަސް ފުރަތަމަ ފެތުރެން ފެށި ސިޓީ ކަމުގައިވާ ވުހާން ކަރަންޓީންކޮށްފިއެވެ.

ވުހާން ސިޓީގެ އެތެރޭގެ އާއްމު ދަތުރު ފަތުރުތައް މިހާރުވަނީ މަޑު ޖައްސާލާފައެވެ. ކޮރޯނާވައިރަސް ކޮމާންޑް ސެންޓަރ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން އެސިޓީގެ އެތެރޭގެ އާއްމު ދަތުރުފަތުރުތައް ކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށާއި މީގެ ތެރޭގައި ބަސް، ފެރީ ދަތުރުތައް ހިމެނޭ ކަމަށެވެ. އަދި މާދަމާއިން ފެށިގެން ވުހާންގެ އެއަރޕޯޓްތައްވެސް ސިޓީއިން ބޭރަށް ދަތުރު ކުރާ ފަރާތްތަކަށް ވަގުތީ ގޮތުން ބަންދު ކުރެވޭނެއެވެ. އަދި ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި މެދުވީ ސިޓީ އިން ބޭރަށް ނުދިއުމަށްވަނީ އިލްތިމާސްކޮށްފައެވެ.

ކޮރޯނާވައިރަސް ކޮމާންޑް ސެންޓަރ އިން ބުނެފައިވަނީ މިގޮތަށް ނިންމާފައިވަނީ ވައިރަސް އިތުރަށް ފެތުރުނު ނުދީ ކޮންޓްރޯލް ކުރުމަށެވެ.

ކޮރޯނާވައިރަސްގެ އަސަރު ކޮށްފައިވާ މީހުން އެންމެ ގިނައިން ފެނިފައި ވަނީ ވުހާން ސްޓޭޓުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ ވުހާން ސްޓޭޓް ކަރަންޓީން ކުރުމަށް ނިންމި ނިންމުމަށް މަރުޙަބާ ކިޔާފައެވެ. ޑަބްލިއުއެޗްއޯ އިން ބުނީ ވުހާން ސްޓޭޓް ކަރަންޓީން ކުރުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވަން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު