ކުއްލި ހާލަތުގައި ތްރުކީ އެއާޕޯޓަކަށް ޖެއްސި ފްލައިޓެއް ތިން ބުރިއަށް ބިންދައިގެން ހިނގައްޖެއެވެ.

177 މީހުން ތިބި ފްލައިޓަކީ ތްރުކީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ "ޕެގަސޫސަސް" އެއާލައިންގެ ފްލައިޓެކެވެ. ޑޮމެސްޓިކް ފްލައިޓް ބިންދައިގެން ދިޔައީ ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި އޮންނަ ސަބިހާ ގޫކްޗެން ނަމަކަށް ކިޔާ އެއާޕޯޓަށް ޖެއްސިތަނުންނެވެ.

މީޑިއީ ރިޕޯޓްތައް ބުނާ ގޮތުގައި ފްލައިޓް ބިންދައިގެން ދިޔަ ވަގުތު ކޮންމެވެސް ވަރަކަށް އަލިފާން ފެނުނު ނަމަވެސް ފްލައިޓްގައި އަލިފާން ރޯވެފައެއް ނުވެއެވެ. ފްލައިޓްގައި ތިބި އެންމެން ވަނީ ބިންދައިގެން ގޮސް ވަކި ވެފައި އޮތް ތަނަކުން ނެރެފައެވެ. މިހާދިސާގައި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

މި ހާދިސާގައި އަނިޔާވި މީހުންގެ ތަފްސީލެއް އަދި ނުލިބެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފްލައިޓް ބިންދައިގެން ދާން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.

https://twitter.com/OlaCak_OlaCak34/status/1225081220326940675

ޕެސަގޫސަސް އެއާލައިންގެ ފްލައިޓަކަށް 2018 ވަނަ އަހަރު ވެސް މިފަދަ ހާދިސާއެއް ދިމާވިއެވެ. އެފަހަރު ފްލައިޓް ރަންވޭގައި ކޮންޓްރޯލް ނުވެގެން ގޮސް ފަރުބަދައެއް މަތިން ތިރިއަށް ނުވެއްޓުނީ ކިރިޔާއެވެ.

މިހާދިސާ ހިނގި އިސްތަންބޫލްގެ އެއާޕޯޓަކީ ތުރުކީގެ ދެވަނަ އަށް އެންމެ ބާރުބޮޑު އެއާޕޯޓެވެ. އިންޓަނޭޝަނަލް ފްލައިޓްތައް ވެސް ޖައްސާ މި އެއާޕޯޓަކީ ހާއްސަ ގޮތެއްގައި ޑޮމެސްޓިކް ފްލައިޓްތަކުގެ ހަބެކެވެ. މި އެއަޕޯޓުން އަހަރަކު 30 މިލިއަން މީހުން ޚިދުމަތް ހޯދައެވެ.