ކޮވިޑް-19 ޖެހިގެން އީރާނުން އިތުރު މީހަކު މަރުވެއްޖެ އެވެ. މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 8 އަށް އަރާފައެވެ.

އަދި އިރާނުން އިތުރު 15 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް އެ ގައުމުން 43 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްފެފައެވެ.

ކޮވިޑް19 ފެތުރެމުންދާ ގައުމުތަކުގެ ތެރެއިން ބަލި ޖެހޭ މީހުން މަރުވާ ނިސްބަތް އެންމެ މަތީ އީރާނުގައެވެ.

އެގޮތުން މިހާތަނަށް އެ ގައުމުން ބަލި ޖެހުނު މީހުންނަށް ބަލާއިރު، 18.60% މީހުން ވަނީ މަރުވެފައެވެ.

އީރާނާއި ދެކުނު ކޮރެއާގައި ހަލުވިކަމާއި އެކު ކޮވިޑް-19 މިހާރު ފެތުރެމުން ދާތީ ބިރުވެރިކަން ވަނީ އިތުރުވެފައެވެ.

ކޮވިޑް 19 ޖެހިގެން ގިނަ މީހުން މަރުވެފައި ވަނީ ޗައިނާއިންނެވެ.

ޗައިނާ އިން އިއްޔެ އާއި ހަމައަށް ކޮވިޑް 19 ޖެހިގެން މަރުވި މީހުންގެ އަދަދި 2442 އަށް ވަނީ އަރާފައެވެ. ޗައިނާ ފިޔަވައި އެހެން ގައުމުތަކުން ވަނީ 19 މީހަކު މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު