ކޮވިޑް19 ޖެހިގެން އީރާނުން އިތުރު އަށް މީހަކު މަރުވެއްޖެ އެވެ.

މިއީ އެއް ދުވަހެއްގެ ތެރޭގައި އީރާނުން އެންމެ ގިނަ މީހުން މަރުވި ފަހަރެެވެ.

އެ ގައުމުން ކޮވިޑް 19 ޖެހިގެން މިހާތަނަށް 34 މީހަކު ވަނީ މަރުވެފައެވެ.

އެ ގައުމުން މިހާތަނަށް މި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 388 އަށް އަރާފައެވެ.

އީރާނުގައި ކޮވިޑް 19 ޖެހޭ މީހުންގެ އަދަދު ދަނީ ކޮންމެ ދުވަހަކުވެސް އިތުރުވަމުންނެވެ. އެގޮތުން ޗައިނާ ފިޔަވާ ކޮވިޑް 19 ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައި ވަނީ އީރާނުންނެވެ.

އީރާންގައި ގިނަ ބަޔަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާއިރު، އެެ ވައިރަސް ޖެހުނު މީހުންގެ ތެރޭގައި އެ ގައުމުގެ ވަރަށް އިސް ބޭފުޅުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި އެގައުމުގެ ނައިބު ރައީސް މައުސޫމާ އެބްތެކަރް ވެސް ހިމެނެއެވެ. އޭނާގެ އިތުރުން ޤާނޫނު ހަދާ މަޖިލީހުގެ ދެމެންބަރުންނަށް ވެސް ވަނީ ކޮވިޑް-19 ޖެހިފައެވެ.

ކޮވިޑް-19 ޖެހިގެން ދުނިޔޭގެ ހުރިހާ ހިސާބަކުން މަރުވި މީހުންގެ ޖުމްލަ އަދަދު 2858 އަށް ވަނީ އަރާފައެވެ.