ހަލުވި ކަމާ އެކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ފިލިޕީންސްގައި ފެތުރެމުން އަންނައިރު އެ ގައުމުން އެ ބަލި ފުރަތަމަ ފަހަރަށް އެކަކު ގައިން އަނެކަކު ގަޔަށް ފެތުރިއްޖެއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގެ މީހުންނަށް މި ބައްޔަކީ ކިހާ ނުރައްކާތެރި ބައްޔެއް ކަން އެނގެއެވެ. ގިނަ ބަޔަކަށް މި ބައްޔަށް ބިރުގެންފައި ވަނީ އެކަކު ގައިން އަނެކަކު ގަޔަށް އަރާތީއެވެ.

ފިލިޕިންސްގެ ހެލްތް މިނިސްޓްރީން ވަނީ އެގައުމުން ފުރަތަމަ ފަހަރަށް މީހެއްގެ ގައިން ކޮވިޑް-19 ފެތުރިފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. މިކަމާ ގުޅިގެން އެ ގައުމުގެ ހެލްތް މިނިސްޓްރީން ވަނީ އެ ގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓް އަށް ގައުމުގައި ކުއްލި ހާލަތު އިއުލާން ކުރުމަށް ލަފާ ދެއްވައިފައެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީން އެކަން ކަށަވަރުކޮށް ބުނީ އެ ގައުމުން މިހާރު އެ ބަލި ޖެހިފައިވަނީ އެ ގައުމުން ބޭރަށް ދަތުރުކޮށްފައި ނުވާ އުމުރުން 62 އަހަރުގެ ފިރިހެނަކާއި އޭނާ 59 އަހަރުގެ އަންހެނަކަށް ކަމަށެވެ. މި ދެ މީހުންނަށް ފަރުވާ ދިނުމަށް މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

މި ދެމީހުންނާ އެކީ އެ ގައުމުން ބަލި ޖެހިފައިވާ މީހުން އަދަދު މިހާރު ވަނީ ހަޔަކަށް އަރާފައި ކަމަށް އެ ގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން އެގައުމުގެ ހެލްތުން ވަނީ ހޮސްޕިޓަލް ތަކުގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރުންގެ އިތުރުން ނަރުހުން އެލާޓްގައި ތިބުމަށް ގޮވާލާފައެވެ.

ނޭވާލާ ނިޒާމް އެއްކޮށް ދަށްކޮށްލާ ކޮވިޑް-19ގެ ސަބަބުން ބަލި ޖެހިފައިވާ ގައުމުތަކުން މިހާތަނަށް ވަނީ 3،000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. މި ބަލި ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ބަލި ފުރަތަމަ ފެތުރެން ފެށި ޗައިނާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ވާލު ސޫޕް

  ވާލުގެ ކޮންމެވެސް ތާކުން މި ބައްޔަށް ފަރުވާ އެއް ނޯންނާނެބާއޭ މި ހިތަށް އަރަނީ....

  3
  1
 2. ސްޓަރ

  ހެޔޮނުވާނެ އަޚުންނާއިއުޚުތުންނޭ މިއީ ބިރުވެރިވބާއެއްކަންދަނޭ މިކަން ސިޔާސީ ކަމަކަށް ހަދައިގެން އެއްބަޔަކު އަނެއްބަޔަކަށް ހަޖޫޖަހަންވި ވަގުތެއްނޫންމީ މުޅިދުނިޔެއަށް ވެސް ވަރަށް ޚުތޫރަތްތެރި ދަނޑިވަޅެއްކަން ޤަބޫލްކޮށް ސީރިއަސްކޮށް ވިސްނެވުމަށް ދަންނަވަން.

 3. ޓޮމް

  މިބަލިޖެހިގެން ހާލު ބޮޑުވަނީ މުސްކުޅިން ނަށްވުމުން އެމީހުންގެ ރައްކާތެރިކަމަށް އެއްވެސް ފިޔަވަޅެއް ކަމާބެހޭއިދާރާއިން އެބަޢެޅޭބާ! ޢެމީހުންގެ ލައފްސްޓައިލް އެބައެގޭބާ!