ކޮވިޑް 19 އާއި ގުޅިގެން އަޔަލޭންޑް ލޮކްޑައުން ކުރަން އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ޤައުމުން ވަނީ އެ ޤައުމުގެ ސްކޫލްތައް ބަންދުކޮށް، އާއްމުން އެއްވާ އެއްވުންތައް ބޭއްވުން މަނާކޮށްފައެވެ.

އަޔަލޭންޑްގެ ލޮކްޑައުން ފެށެނީ މިރެއިން ފެށިގެން ދެ ހަފްތާގެ މުއްދަތަކަށެވެ.

ސްކޫލްތައް ބަންދުކޮށްފައި ހުންނަ މުއްދަތުގައި، އޮންލައިންކޮށް ތައުލީމް އުނގަންނައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދަން އެ ޤައުމުން ވަނީ ނިންމާފައެވެ.

ސްކޫލްތަކާއި ކޮލެޖްތައް ބަންދު ކުރާ މި މުއްދަތުގައި ކުޑަކުދިން ބަލަހައްޓާ ސެންޓަރތައް ބަންދުުރުމުގެ އިތުރުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އެ ޤައުމުގެ ސަރުކާރުން ބާރު އަޅައެވެ.

މީގެ އިތުރުން ކޮންމެހެން މަސައްކަތް ކުރަން ދާން ޖެހޭ މީހުން ނަގާ ބްރޭކް ގަޑި ކުޑަކޮށް، ވީހާވެސް ބޮޑަށް ސާފުތާހިރު ވުމަށް އެ ގައުމުން އިރުޝާދު ދެއެވެ.

އަޔަލޭންޑް އިން މި ނިންމުން ނިންމާފަިއ ވަނީ އެ ޤައުމުން ކޮވިޑް 19 ޖެހުނު މީހަކު މިދިޔަ ބުދަ ދުވަހު މަރުވެފައި ވަނިކޮށްވެ.

އެ ގައުމުން ކޮވިޑް 19 އަށް ފައްސި ވި މީހުންގެ އަދަދު 43 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު